ޔޫތު މިނިސްޓްރީގައި ކުރިން އޮތް ބައްދަލުވުމެއްގައި މިނިސްޓަރު އަހުމަދު މަހުލޫފް ވާހަކަ ދައްކަވަނީ-- މިހާރު ފައިލް ފޮޓޯ
10 ޖޫން 2021 - 18:19
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްއާ މެދު ޒާތީވެ، އަމަލުކުރަމުން އަންނަނީ "ސިޔާސީ ކަންބަޅިއެއް" ގޮތަށް ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.
މަހްލޫފްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީގެ އޮފީހަށް އިއްޔެ ފޮނުވުމާ އެކު މަސައްކަތުން އެކަހެރިކުރި އެވެ. މަހްލޫފް އޭނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ފެށުނީއްސުރެ އޭނާއާ މެދު އަމަލުކުރަމުން އަންނަނީ ޒާތީކޮށް ކަމަށެވެ. އެކަމަކީ ބަޔަކު އަޑީގައި ތިބެގެން އޭނާ މަގާމުން ވަކިކުރުމަށް ކުރަމުން އަންނަ މަަސައްކަތެއް ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ. ނަމަވެސް މަގާމުގަައި "ބަގުޑިބައްދައިގެން" ހުންނަވަން ނޫޅުއްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފެށުނީއްސުރެ ވެސް އެމްއެމްޕީއާރުސީ މައްސަލައިގަ އަޅުގަނޑާާމެދު އަމަލުކުރަމުން އަންނަނީ ޒާތީކޮށް، ސިޔާސީގޮތުން ކަތިލާ ކަންބަޅިއެއް ގޮތަށް. އެކަންކުރަނީ ސިޔާސީ ބަޔަކު އަޑީގަތިބެގެންކަން އެންމެ އިސްވެރިންނަށް އެނގިވަޑައިގަންނަވާ. ބޭނުމަކީ ހަމައެކަނި މަގާމުން ވަކިކުރުން." އޭނާ ވިދާޅުވި އެވެ.
"ކުރި ތުހުމަތު ވެސް ގޯސް. ތުހުމަތުކުރީ ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ވޯޓުދީގެން. ނަމަވެސް އޭރު އަޅުގަނޑަކީ ޕީޕީއެމްގެ މަޖިލިސް މެމްބަރެއް. ވޯޓު ދިނީ ތްރީލައިން ވިޕާ އެއްގޮތަށް."
މަހްލޫފް ވިދާޅުވީ އެ މައްސަލައިގައި އޭސީސީ އަށް ދައުވާ ކުރުމުގެ އެއްވެސް ގާނޫނީ ބާރެއް ނުލިބޭނެ ކަމަށެވެ. އެކަން އެސެޓް ރިކަވަރީ ކޮމިޝަން އުފައްދަވަން ރައީސް ނެރުއްވި ގަރާރުން އަދި ރިޔާސީ ކޮމިޝަންގެ ގާނޫނުން ވެސް ސާފުވާ ކަމަށް ވެސް ވިދާޅުވި އެވެ.
މަހްލޫފް ވިދާޅުވި ގޮތުގައި މީގެ ކުރިން އެ މައްސަލައާ ގުޅިގެން ދައުވާ އުފުލި އެންމެންގެ މައްސަލަަައް ވެސް ފޮނުވީ ކޮމިޝަނުންނެވެ. އޭނާ ވިދާޅުވީ ހެކި ކަމަށް ބުނެ ހޯދާފައިވާ ބައެއް ތަކެއްޗާއި ބަޔާނަކީ ގާނޫނާ ހިލާފަށް ހޯދައި އަދި ނަގާފައިވާ ތަކެތި ކަމަށާއި އެތަކެތި ކޯޓުން ވެސް ބަލައި ނުގަންނާނެ ކަމަށެވެ. އެކަމަކު އޭގެ ތަފްސީލެއް ހިއްސާއެއް ނުކުރައްވަ އެވެ.
"އަޅުގަނޑުގެ މައްސަލަ ވެސް ހަމަ ބަލަންވީ. އެކަމަކު އެކަން ކުރަންވާނީ ގާނޫނީ އިމުގެ ތެރެއިން ތަފާތުނުކޮށް. ސިޔާސީ ނުފޫޒުން ބައެއް ނަންތައް އުނިކުރުމަށް ފަހު ވެސް އެކުލަވާލާފައި އޮތް 300 މީހުންގެ ލިސްޓަކުން ވެސް ކޮމިޝަނަށް ތިން އަހަރު ވީއިރު ފެނުނީ އަޅުގަނޑުގެ ނަން އެކަނިތޯ،" އޭނާ އެއްސެވި އެވެ.
މަހްލޫފްް ވިދާޅުވީ އޭނާގެ މައްސަލަ އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދާ ނަމަ، އެންމެ ދުވަހަކު ވެސް އެ މަގާމުގައި ނުހުންނަވާނެ ކަމަށެވެ.
ކަންބަޅިއެއްހެން ހަމައެކަނި އަޅުގަނޑު ކަތިލިޔަސް އެހިސާބުން އެމްއެމްޕީއާރުސީގެ މައްސަލަ ނިމުނީކަމަށް ރައްޔިތުން ދެކޭނެކަމަށް ހީކުރުމަކީ ގޯހެއް... ވަރުބަލިވެއްޖެ، އަޅުގަނޑަށް ވެސް އަބަދު އަނގަ ބަންދުކޮށްގެން ނުހުރެވޭނެ -- މަހްލޫފް
މީގެ ކުރިން ވެސް ތަކުރާރުކޮށް މަހްލޫފް ވިދާޅުވަމުން އައީ އޭނާގެ ނަން އޮތީ "ސިޔާސީ" ލިސްޓެއްގައި ކަމަށެވެ.
އެސްއޯއެފްްއާ އެކު ޑޮލަރުގެ މުއާމަލާތެއް ހިންގުމުން، މަހްލޫފްް އެންމެ ފުރަތަމަ ސަސްޕެންޑް ކުރީ ފެބްރުއަރީ 14، 2019 ގަ އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި މަހްލޫފްގެ މައްސަލައެއް ނެތުމާއި ބަލަން ޖެހޭ އިތުރު ކަންކަމަށް ބެލުމަށް ފަހު، މަހްލޫފްގެ ސަސްޕެންޝަން އުވާލީ، އޭގެ ދެ މަސް ފަހުން، 16 އޭޕްރީލްގަ އެވެ. މަހްލޫފް ސަސްޕެންޑްކުރީ އެސްއޯއެފުން ޑޮލަރު ޖަމާކުރި ފަރާތްތަކުގެ ތަފްސީލު ހިމެނޭ ރިޕޯޓް އޭސީސީން ނެރުމުން، މަހުލޫފްގެ މުއާމަލާތެއް ވެސް އޭގައި ހިމެނުމުންނެވެ. އެކަމުގައި މަހުލޫފް ވިދާޅުވީ އޭނާގެ އެކައުންޓަށް 33،000 ޑޮލަރު ވަދެފައި ވަނީ، ޑޮލަރު ގަތުމަށް ހިންގެވި ސައްހަ މުއާމަލާތެއްގެ ތެރެއިން ކަމަށެވެ. އަދި އެސްއޯއެފުން ބޭނުންކުރީ އެމްއެމްޕީއާރުސީގެ ފައިސާކަން އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. މަހުލޫފުގެ އެދިވަޑައިގަތުމަކަށް އޭނާގެ މައްސަލަ ބެލުމަށް ފަހު އޭސީސީން ވަނީ އެކަމުގައި އޭނާގެ ހިޔާނާތުގެ ކަމެއް ނެތް ކަމަށް ނިންމައިފަ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓު މަޖިލީހުން އާންމުކުރިއިރު އޭގައި މި ސަރުކާރުގެ ވަޒީރުންގެ ތެރެއިން ނަން އޮތީ މަހްލޫފްގެ އެކަންޏެވެ. އޭރު މަހްލޫފް ވަނީ އޭނާގެ މައްޗަށް ދައުވާއެއް ކޮށްފި ނަމަ، މިނިސްޓަރުކަމުގެ މަގާމުގައި އެންމެ ދުވަހަކު ވެސް ނުހުންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަދު
12 June 2021
މިތިބަ ގައުމަށް ތެދުވެރި އިޚްލާސް ދެރި ސިޔާސީ މީހުން ކަތިލަން ހަމަ ހެޔޮނުވާނެ. ހެހެހެ.
ސކަމޮޓޮ
12 June 2021
ރައްޔިތުންނަށް އެނގޭ އެލެކްސް އަށް ބޮޑު އެއްޗެއް ލިބުނުކަން ތި ޑީލުތަކުން
އަގްލީމް
12 June 2021
ހިނިއަންނަނީ، ތްރީލައިން ވިޕެއްގެ ވާހަކަ ނުދައްކާ މިތާކު، އަމިއްލައަށް ފަލީހަތްތިވީ، މިދައްކަނީ އެކައުޓަން ވަތް ޑޮލަރުގެ ވާހަކަ، މިހާރު އެސްއޯއެފް ވެސް ނޭގޭނެ ދެއްތޯ. އަދިވެސް ހެޔޮ ވިސްނުމާއި އެކު ޑީލް ކުރައްވާ، ސަލާމަތްވެވިދާނެ. ކުރެވިފައިވާ ކަމަކުން އެހެން ބައެއް ބަދުނާމްކުރުމަކީ ވިސްނުންތެރިންގެ ގޮތެއް ނޫން...!
ކިނބޫ
12 June 2021
ސިޔާސީ ފުޅައެއް ގޮތައް ކަންތައް ކުރަންވީމަ ކަންބަޅިއެއްހެން ކަންތައް ކޮށްގެން ނުވާނެނު!
އަބްދޫ
11 June 2021
އަދީބުއަތުން ފައިސާ ހޯދުމަށްފަހު އެފައިސާ މަދުވެގެން ޔާމީނުއަތުންފައިސާހޯދަން ބުނުމުން ޔަމީނު ފައިސާ ނުދިނީމަ ޔާމީނާއިދެކޮޅަށް ތެދުވީ.
ހށނ
11 June 2021
ސިޔާސީ އެންމެންނަކީވެސް ތިބުނާ ކެޓެގަރީގެ މީހުން.
ހަމަބަސް
11 June 2021
މަހުލޫފުގެ ޖިންސު ވިއްކާފިހާރައިންނާ ޕާލިމެންޓު މުސާރައިން ލިބުނު ފައިސާއިންތޯ ކޭޝްކޮއް ހުޅުމާލޭގެ ސީވިއު ލަގްޒަރީ އެޕާޓުމަންޓުތައް 4-5 މިލިއަނުން ގަނެފައެހެރީ.ރިޝްވަތު ނަގާ ނާޖާއިޒު ގޮތްގޮތަށް ހޯދާފަހުރި ފައިސާތަކުން ލިބުނު މަންފާއަށް ޖަލުގަ ދުވެސްކޮޅެއްހޭދަ ކޮއްލުމަކީ ރަނގަޅުގޮތެއްކަމަށް އަޅުގަނޑަށް ވަރަށްފެނޭ.
ޙަބީބު.
11 June 2021
މަހުލޫފޫ އަދީބު ހަދިޔާއެއްގެ ގޮތުގަ ގޭގަ ބަހައްޓާފަ އެހެރީ ކީއްވެތަ އެއީވެސް އިންސާފުގައިމު ކުރާގޮތްތޯ
ޙަބީބު
11 June 2021
ވާނުވާގަ މިހާރު ތިޔަހުރީ ސަރުކަރުން ވެސް ވާނުވާގަ ކަތިލާނީތޯ އީދައް ބައިންދާނިތޯ ބޮޑުއީދު ވަރައްކައިރިވެފަ މިއޮތީ ވީމާ މިހާރު މަހުލުފުގެ ފިރިހެން ވަންތަކަން ދައްކާފަ ނިކުމެ ސަރުކާރުން ކޮއްފަހުރި ކަންކަމައް ޖަވާބުދާރީ ކުރުވަންވީ
3333
11 June 2021
ކަންބަޅިޔަކީ ކޮބާ