ޔުނައިޓެޑް އޮޕޮޒިޝަންގެ ސްޕޯކްސް ޕާސަން އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު
04 ޖޫން 2016 - 17:08
ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް ފުލުހުން އެދިގެން އަމުރެއް ނެރެފައިވާކަން ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން އާއި ފުލުހަކު ސިއްރުން ދިން ހެކި ބަހުން ސާބިތުވާ ކަމަށާއި އެ އަމުރު ތަންފީޒުކުރަން ޖެހޭ ކަމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ ތަރުޖަމާނު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ދިރިއުޅުއްވާ ހިލާލީގެ ކައިރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު ވިދާޅުވީ އެ ހެކި ބަހުން ރައީސް ޔާމީންގެ ޖިނާއީ ތަހުގީގެއް ހިންގަން ހައްޔަރުކުރަން ފުލުހުން ބޭނުންވެފައިވާ މިންވަރު ހާމަވާ ކަމަށެވެ.
"ވަރަށް ސީރިއަސް މައްސަލަތަކެއެއް އުޅޭތީ ދެއްތޯ އަޅުގަނޑުމެންނަށް މިއީ ކޮމިޝަނާ އޮފް ޕޮލިސްގެ އެދިއްލެއްވުމަށް ކޯޓު އަމުރެއް ނެރެގެން ރައީސުލްޖުމްހޫރިއްޔާ ހައްރުކޮށްގެން ތަހުގީގެއް ހިންގަން ބޭނުންވާކަން. ސިޔާސީ ނުފޫޒުން އެއްކިބާވެގެން ތިބޭފުުން ތިބޭނުންވާ ގޮތަށް ރައީސް ޔާމީން ހައްޔަރުކޮށްގެން ޖިނާއީ ތަހުގީގު އަވަހަށް ހިންގަވާ،" މަހުލޫފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަދި އެ ތަހުގީގު ވާން ޖެހޭނީ އިންސާފުވެރިކަމާއެކު ނުފޫޒުން އެއްކިބާވެގެން ހިންގާ ތަހުގީގަކަށް ވާން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ކޯޓުން ނެރެފައިވާ އަމުރާ އެއްގޮތަށް ވީހާ ވެސް އަވަހަށް ރައީސް ޔާމީން ހައްޔަރުކުރަން ޖެހޭ ކަމަށެވެ.
މާލޭގައި ރޭ ހިނގި މާރާމާރީތަކަށް އިޝާރާތް ކުރައްވައި ވެސް މަހުލޫފު ވާހަކަ ދެއްކެވި އެވެ. އޭނާ ވިދާޅުވީ ގޭންގު މާރާމާރީތައް ހުއްޓުވަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންގެ އެންމެ ބޮޑު ބޭނުމަކީ ދިވެހިންނަށް އަމާން މާހައުލެއް ހޯދައިދިނުން. އެހެން ކަމުން މި ވެރިކަން ބަދަލުކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުނބުށެން
05 June 2016
އިވޭ އަޑުތަކުން ސިޔާސީ ބޭނުމެއްގައި ވިއްޔާ ރޯބުހުނާ ދޮގު ހެދުމަކީވެސް މި ސަތޭކަ ޕަސެންޓް މުސްލިމުންނަށް ހުއްދަކަމެކޭ ހީވާވަރުވެއެވެ.
ޝަލީފް
05 June 2016
ފޭކު އަމުރެކޭ ދެން މިކިޔަނީ އޮޅުވާލަން އުތަ؟ ހުރިހާ އަޑުއެހުމެއް ސިއްރުކޮށްގެން ރައްޔިތުންގެ ލޮލުގަ އަނދުން އަޅުވައިގެން މިކުރަނީ އަޅެފަހެ ކީއްތަ؟
އަނގަތަޅާ
05 June 2016
އަނގަތަޅާކަށް ރީއްޗެއް ނޫނެވެ. އެހެން މިބުނީ، މޫސާ އަންވަރު އާއި މަޙްލޫފް އާއި މިހެން ގޮސް ކިޔާނެ ކަމެއް ނެތް! އެންމެން، ޔާމީނު އާއި ޖަމީލު ހޮވަސް ހޭބޯނާރާ މަސައްކަތްކުރިއެވެ. އެދުވަހުވެސް އަހުން ބުނީ، ތީކީ ރަނގަޅު ކަމެއް ނޫނެވެ. އެކަމް އަހުންވީ ލާދީނީ މީހުންނަށެވެ. އަންދަލުސް އެވެ ކިޔާ ޤައުމަކަށް މިތަންވެދާނެ ކަމުގެ ބިރުގައެވެ. ސުވާލަކީ، މިޔަދު މޮޔަފުޅުވީތޯ އެވެ. އެއީ، ހަމަ ސޭމް ޔާމީނު އެވެ. ނޮތިންގ ޗޭންޖް ބުރޯ
ަހަސަނު
04 June 2016
މަހުލޫފް ކަލޭ މޮޔަ ނުގޮވާ.. ތި ޔުނައިޓަޑަކީ އަންނި އަށް މޮޅު ހޯދަން ހަދާފަ އޮތް އެއްޗެއް.. ތިކަމެއް ނުވާނެ.. ގާނޫނީ ސަރުކާރެއް އޮތީ ސަލާމަތީ ބާރުތަކުން ގާނޫނީ ސަރުކާރު ހިމާޔަތް ކުރާނެ
އުމަރު
04 June 2016
އެހެންވީމާ އެއަމުރަކީ ފޭކު އަމުރެއްނޫންތާ؟ އަހަރެން ގަބޫލުކުރާ ގޮތުގައި ކޯޓަކުން ފޭކު އަމުރެއް ނުނެރޭނެ
ޖުހާ
04 June 2016
މީނާގެ ގޮވާލުމަށް ފުލުހުން ނިކުމެ ޔާމީނު އެހެރީ ހައްޔަރު ކޮށްފައެއްނު؟ މިނާމީ ސިޔާސީ ޖަޑިބު. އަވަހށްގޮސް ފިލަން މިސްކިތަށްވަދެ އޮވޭ.
ޝިހާބު
04 June 2016
މަހުލޫފު ހައްޔަރު ކުރޭ
ކުއިއްކޮ
04 June 2016
ހަޖަމް ކޮށްބަލަ! ޔާމީން ވަރަށް އަވަހަށް ހައްޔަރު ކުރާނެ! އެދުވަހަކުން ރޯން ތިބޭ!
މުޙައްމަދު
04 June 2016
ރާއްޖޭ ގެ ރައީސް ދިރިއުޅުއްވާ ގެ ހިލާލީ ގޭ ކައިރީގައި ރާއްޖޭގެ ޔުނައިޓެޑް އޮޕޮޒިޝަން ސްޕޯކްސް ޕަރސަން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ހައްޔަރުކުރަން ގޮވާލުމުން އެގެނީ މިހާރު ރާއްޖޭގައި ޚިޔާލު ފާޅުކުރުމު ގެ މިނިވަން ކަން އޮތް މިންވަރެވެ. ޔުނައިޓެޑް ނުވެ އޮތް އޮޕޮޒިޝަނަށް ވަރަށް ވެދުމާއި ސަލާމް!!!
ލުގުމާން
04 June 2016
މަހްލޫފަށް ހީވެގެން އުޅެނީ ދިވެހިރާޖޭގެ ސުޕްރީމް ލީޑަރުކަމަށް ތިމަންނާއަކީ އިރާނުގައި ނަމަ ޚާމަނާއީ. މަޚްލޫފުލް ޚާމަނާއީ. ކާކުތޯ ހައްޔަރު ކުރަނީ؟ މިރާއްޖޭގައި އެބަޔަކު ނުވަތަ އެމީހަކު އެބަހުރިތޯ؟
ާފާތުމަ
04 June 2016
މަހުލޫފު އަކީ ބުއްދި ސަލާމަތުން ހުރި މީހެއްތޯ ފުރަތަމަ ބަލަން އެބަޖެހޭ.
ކުއިއްކޮ
04 June 2016
ޔެސް ޕްލީސް.. އެކަމް ޔާމިނު ހައްޔަރުކޮށް ތަހުގީގު ކޮށް ހުކުމް ކުރުމަށް ފަހު.. އޯކޭ ތަ؟