ޚަބަރު / ކަނޑުމަތީގެ ހާދިސާ

އިންނަފިނޮޅު ދެބުރިވިއިރު ގަރުނެއްވީ ލޭންޑްމާކް ގެއްލިއްޖެ

މިއީ 1917 ވަނަ އަހަރު އިންނަފިނޮޅު ފަރަށް އެރި ބޯޓެއް. އެތަނަށް ފީނައިގެން ބެލުމުން ބޯޓުގެ އެކި ބައިތައް ފެނޭ

ހއ. އިންނަފިނޮޅު ފަރަށް މީގެ 104 އަހަރު ކުރިން އަރާފައިވާ ބޯޓުގެ ބައިތައް ކުރިން ފެންނަން ހުރި ގޮތް (ކ) އަދި މިހާރު އެތަން އޮތް ގޮތް. -- ފޮޓޯ:/އަރުޝަދު އަހްމަދު

ރާއްޖޭގެ އުތުރުގައި ހުންނަ ރީތި ފަޅުރަށްތަކުގެ ތެރެއިން ހއ. އިންނަފިނޮޅުގެ ވާހަކަ މީގެ ދުވަސްކޮޅެއް ކުރިން ދެކެވުނީ ގަދަ ވިއްސާރާގައި އެ ރަށް ދެ ބުރިވުމުންނެވެ. މި ބޮޑު ހާދިސާއަށް އެންމެންގެ ސަމާލުން ލިބުނު އިރު މީހުންނަށް ނޭނގި އޮތް ކަމަކީ އެ ރަށު ފަރަށް މީގެ 100 އަހަރަށް ވުރެ ކުރިން އަރާފައި އޮތް ބިޔަ އާގު ބޯޓުގެ ނިޝާންތައް ވެސް ގަދަ ކޮޅިގަނޑުގެ ރާޅުތަކާ އެކު ގަރުނެއް ފަހުން ގެއްލިގެން ދިޔަ ކަމެވެ.

އެ ރަށަށް ދަތުރުދާ މީހުންނަށާއި އެ ހިސާބު ކަނޑުތަކަށް ނުކުމެ މަސްވެރިކަން ކުރާ މީހުންނަށް "އިންނަފިނޮޅު ބޯޓުގަނޑު" އެއީ ލޭންޑް މާކެކެވެ. އެކަމަކު މިދިޔަ މެއި މަހު ފަހުކޮޅު ކުރި ގަދަ ވިއްސާރާގައި ރާއްޖޭގެ އުތުރުގެ ރަށްތަކަށް ލިބުނު ބޮޑެތި ގެއްލުންތަކާ އެކު ބޯޓުގަނޑު ވެސް ގެއްލިއްޖެ އެވެ. އެކަމަކު މަސްވެރިން ބުނާ ގޮތުގައި ވިއްސާރައަށް ފަހު ވެސް ބޯޓުގަނޑު ފެންނަން ހުއްޓެވެ. އެކަމަކު ގަދަ ރާޅާ އެކު ބޯޓުގަނޑު ބަލިވެ ފަހުން ބިނދިގެން ވެއްޓުނީ ކަމަށް ބެލެވެ އެވެ.

ހއ. އިންނަފިނޮޅު ފަރަށް މީގެ 104 އަހަރު ކުރިން އަރާފައިވާ ބޯޓުގެ ބައިތައް ރަށުގެ ފަޅުތެރެއަށް ރާޅާ އެކު ގޮސްފައި. -- ފޮޓޯ:/އަރުޝަދު އަހްމަދު

މެއި މަހުގެ ވިއްސާރާގައި ހއ. ތުރާކުނުން ބައެއް ގިރާލައި އެ ރަށުގެ ލޭންޑްމާކް ބައްތި ވެސް މޫދު ތެރެއަށް ދިޔަ އެވެ. ހޯރަފުށީ އެއާޕޯޓް ސަރަހައްދަށް ރާޅު އަރައި ގެއްލުންވެ ދަތުރުތައް ހުއްޓާލަން ޖެހުނެވެ. އަދި އެހެން ރަށްތަކަށް ވެސް އެކި ވަރުގެ ގެއްލުންތައް ވި އެވެ. އިންނަފިނޮޅު ވެސް އޮތީ ދެބުރިވެ ދެ ރަށެއްގެ ގޮތުގަ އެވެ.

ހއ. އިންނަފިނޮޅު ފަރަށް މީގެ 104 އަހަރު ކުރިން އަރާފައިވާ ބޯޓުގެ ބައިތައް ފަރުމަތީގައި -- ފޮޓޯ:/އަރުޝަދު އަހްމަދު

އިންނަފިނޮޅު ބޯޓުގަނޑާ ބެހޭ ގޮތުން މީގެ ކުރިން "މިހާރު" ގައި ލިޔުނު ރިޕޯޓަށް ހޯދި މައުލޫމާތުން އެނގިފައިވާ ގޮތުގައި އެއީ ޖުލައި 19، 1917 ގައި އިންނަފިނޮޅު ފަރަށް އެރި ބޯޓެކެވެ. އެއީ އިނގިރޭސި ވިލާތުގެ ކާގޯ ބޯޓް އެސްއެސް. އޯޝަނޯ އެވެ. ބޯޓު ބަނދެފައި ވަނީ ޓައިޓެނިކް ބަނުމުގެ މަސައްކަތް ފެށުމުގެ ނުވަ އަހަރު ކުރިން 1900 ވަނަ އަހަރު އެވެ. ރަސެލް އެންޑް ކޯ ކުންފުނިން ބަން މި ބޯޓުގެ ދިގުމިނުގައި 112.62 މީޓަރު ހުރެ އެވެ. ފުޅާ މިނުގައި 15.85 މީޓަރު އަދި އުސްމިނުގައި 8.23 މީޓަރު ހުރެ އެވެ. މިއީ އޭރުގެ ނިސްބަތުން ބޮޑު ބޯޓެކެވެ. ބޯޓު ފަރަށް އެރީ މިސްރުން ފުރެއްދެ ލޮނު ހިފައިގެން އިންޑިއާގެ ކަލްކަތާ އަށް ދަތުރުކުރަނިކޮށެވެ.

Farah erithaa garuneh, mi boat ge hageegathakee koba?

Farah erithaa garuneh, mi boat ge hageegathakee koba?

The most trusted news source in the Maldives

Mihaaru

އިންނަފިނޮޅު ފަރަށް އެރި ބޯޓާ ބެހޭ ގޮތުން ކުރިން ލިޔެފައިވާ ރިޕޯޓް

ބޯޓާ ބެހޭ ގޮތުން ކުރިން ލިޔުނު އިރު އެތަނަށް ފީނައި މުޅި ތަން ރަނގަޅަށް ބަލައިލަން ފުރުސަތު ހުޅަނގު މޫސުން ކަމަށް ވާތީ މި ދުވަސްވަރު އެ ހިސާބަށް ކައިރިއެއް ނުވެވެ އެވެ. މެދުކެނޑުމެއް ނެތި ފަރުމައްޗަށް ޖަހަމުންދާ ރާޅުތަކާ ހެދި އެތަން ބަލަން ޖެހުނީ ޑްރޯން ފޮނުވައިގެންނެވެ. ޑްރޯން ފޮޓޯތަކުން ފެންނަ ގޮތުގައި އެއް ގަރުނު ވަންދެން ފަރުމަތީ ފެންނަން ހުރި ބައިތައް މިހާރު އޮތީ ފަރުމައްޗަށް ވެއްޓިފަ އެވެ. އިހަކަށް ދުވަހާ ޖެހެންދެން ވެސް ބޯޓުގެ ސްޓީމް އިންޖީނުގެ ތިން ޕިސްޓަން ފަރުމަތީ ހުރެ އެވެ. ދަބަރު ޖަހާފައި ހުއްޓަސް އޭގެ މައްޗަށް އެއްފަހަރާ އެތައް ބަޔަކަށް އަރައިގެން އުޅެވޭހާ ވަރުގަދަ އެވެ.

މިދިޔަ މެއި މަހު ކުރި ވިއްސާރާގައި ހއ. އިންނަފިނޮޅު ދެބުރި ވެފައި، މިއީ ރަށުން ބުރިވި އެއްކޮޅުގައި ހުރެފައި އަނެއްކޮޅު ފެންނަ ގޮތް.

ފަރުމަތީ ފެނުން މައްޗަށް ފެންނަ ގޮތަށް ގަރުނެއް ވަންދެން ހުރި ބައިތައް ޑްރޯން ފޮޓޯތަކުން ވެސް ފެންނަނީ ރާޅު ޖަހާ ދަމާލާ ވަގުތު އެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އެ ހުރި ދިމާލަށް "ބޯޓުގަނޑު" އޮތީ ވެއްޓިފަ އެވެ. އެ ހިސާބުގެ މޫދު އަޑީގައި ބޯޓުގެ އެކި ބައިތައް ހުރި ތަން ވެސް ފެނެ އެވެ.

ބޯޓުގެ ބުރަފައްޗާއި ދުންހޮޅި އާއި އެކި ބައިތައް، ފަރުމައްޗަށް ފީނައިގެން ފެނެ އެވެ.

މި ހާއްސަ ލޭންޑްމާކް ގެއްލިގެން ދިޔައިރު ހަމަ އެ ފަރުމައްޗަށް މީގެ ދެތިން އަހަރު ކުރިން އަރާފައި އޮތް ބާޖެއް ވެސް އެބަ އޮތެވެ. ހަވާލުވާނެ ބަޔަކު ނެތި އެ ބާޖު ދޫކޮށްލާފައި އޮތީ އެވެ. "އިންނަފިނޮޅު ބޯޓުގަނޑު" ގެ ތާރީހާ އެ ބާޖާ އެއްވެސް ގުޅުމެއް ނެތަސް ޒަމާންތަކެއް ފަހުން މި ދެ ހާދިސާ އޮޅުން ވެސް އެކަށީގެންވެ އެވެ.

8 ކޮމެންޓް, 28 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 71%
icon angry icon angry 4%
icon wow icon wow 4%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތިލައުތުރު

04 August 2021

މިއީ ރާއްޖޭގެ އާޖުފާޖުނުދަންނަ މީހަކުހެދި އީއައިއޭގެ މައްޗަށް ބަލައިގެން ވައިގެ ބަނދަރެއް އަޅަންނުވާ ތަނުގައި އެޅުމުގެނަތީޖާއެވެ.އެއަރޕޯރޓް މިއޮތީމައިތޮށީމަތީގައެވެ. މިހާ ބައިމަދު ތަނެއްގައި އެޅުމުން އެކަން ވަނީ ފޫނުބެއްދޭ ކަމަކަށް ވެފައެވެ. އެއަރޕޯރޓް އަޅަންވީ އަތޮޅުގެ މެދުތެރޭގައެވެ.އަތޮޅުގެ ބޮޑު އާބާދީއަށް މިކަމުގެ ފައިދާ އޮތީ އެއިރުންނެވެ. ދެން ހޭއަރާ ޓްރާންޝިޕްމެންޓް ބަނދަރު ކެލާ ފަޅުގައި އަޅަންވީ އެވެ. އެއީ ބޮޑެތި ބިންތައް ހުރި ދިމާއެވެ.

The name is already taken The name is available. Register?

ކުލަޕަރީ

04 August 2021

އެބާޖަކީ އެ ބޯޓް ފުންކުރަން އައި ބާޖެއް 104 އަހަރުވީ ބޯޓް މިހާރު ފުންކޮއްގެން ބައިބައި ވަކިން ގެންދަނީ. ބާޖް ބަލާ އަދި އެހެން ޓަގެއް އެބައާދެ.

The name is already taken The name is available. Register?

ނަސީމް

03 August 2021

ރަށްރަށަށްވާގޮތް ސަރުކާރުން އެއްގޮތަކަށްވެސް ނުބަލާކަން އެނގޭހެއްކެއް ލިޔެލާނަން. ގިރައިގެންގޮސް ހުސްވެފައިވާ ރަށްރަށް ޓޫރިޒަމްއަށް ހުޅުވާލުން.

The name is already taken The name is available. Register?

ޔޯލަ

03 August 2021

ރާއްޖޭގެ ރަށެއް ބުރިވުމަކީ މިހާރަކަށްއައިސް މޫސުމަށް އަންނަ ބަދަލުތަކާ ތޫފާންތަކުގައި ދެންހުރި ރަށްތަކަށް ކިހާވަރެއްގެ ގެއްލުމެއް ލިބިދާނެ ކަމެއްބާއޭ ހިތައްއަރާ. https:///ESA_Multimedia/Images/2021/07/Male_the_Maldives..މީގެ 4 ދުވަސްކުރިން ޝައިއުކުރެވުނު އާޓިކަލް އެއްގައިވަނީ ރާއްޖޭގެ ވެރިކަންކުރާރަށަކީ މީހާރު ދުނިޔޭގޭ އެންމެ ޕޮޕިއުލޭޝަން ޑެންސިޓީ ބޮޑުތަނޭ. މިރަށަށް ކަމެއްވެދާނެތީ ބަޔަކު ވިސްނާނެބާއޭ

The name is already taken The name is available. Register?

ރާނަނީ

04 August 2021

ނުވިސްނާތީތާ އަދިވެސް ހަމަ ބިޔަ އިމާރާތްތައް އެތަނުގަ އެ ނަގަނީ. މާލޭގެ ލިމިޓް ހަމަވެދާނެ މިހާރު. އެކަން ދަންނާނެ މީހަކު ނެތް.

The name is already taken The name is available. Register?

ބައިރޯ

03 August 2021

ތާރީޙީ ސާމާނު ހުންނާނެ ހޯދާ

The name is already taken The name is available. Register?

ސަސި

03 August 2021

ތި ސާމަނު ހުރެގެން ފަރަށް ގެއްލުންވެސް ވާނެތާ، ތިމާވެށި ޓެކްސް ބޭނުން ކޮއްގެން ތި ނަގަން އުޅޭނެ ޖެހެންއެބަ

The name is already taken The name is available. Register?

ކީބޯޑް ވޯރިއާ ސޭވް އޯސަން

03 August 2021

އެވެސް ހަލާކުވީ ވެލާ ނަގާ ގިނައިން ފަރުމަސް ބާނާތީ އެސަރަހައްދުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454