ޚަބަރު / މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)

މުހުސިނާއި ނަޝީދު އެމްއެންޕީއާ ދުރަށް!

ނާޒިމް އިސްވެ އުފައްދަން މަސައްކަތް ކުރައްވާ އެމްއެންޕީގެ ފުރަތަމަ ޕްރެސް ކޮންފަރަންސްގައި މެމްބަރު ނަޝީދާއި މުހުސިން އަދި އެހެން ފައުންޑަރުން މިދިޔަ ޖުލައި 26 ގައި ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

14 ސެޕްޓެމްބަރ 2021 - 23:35

23 comments

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އިސްވެ އުފައްދަން މަސައްކަތް ކުރައްވާ ޕާޓީ ރަޖިސްޓަރީ ކުރަން މާދަމާ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ތައްޔާރުވަނިކޮށް، އެ ޕާޓީއާއެކު ކުރިން ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކު އެމްއެންޕީއާ ދުރަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

މިދިޔަ ޖުލައި 26 ގައި ބޭއްވި އެމްއެންޕީގެ ފުރަތަމަ ނިއުސް ބްރީފިންގައި ނިލަންދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އާއި ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ބައިވެރިވެވަޑައިގެންނެވި ނަމަވެސް އެ ދެ ބޭފުޅުން މިހާރު ނިންމަވާފައި ވަނީ އެމްއެންޕީއާ ދުރަށް ވަޑައިގަތުމަށެވެ.

ނަޝީދު "މިހާރު" އަށް މިރޭ ވިދާޅުވީ، އެމްއެންޕީގެ ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތީ އެ ޕާޓީ އުފެއްދުމަށް އެހީތެރިވި މެމްބަރެއްގެ ހައިސިއްޔަތުން ކަމަށެވެ. ނަމަވެސް އެމްއެންޕީ އަށް ސޮއި ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިޔާސީ މަސްރަހު މިހާރު އެނބުރޭ ގޮތުން އެ ޕާޓީއާއެކު ކުރިއަށް ދާ ގޮތަކަށް ނޫން އަޅުގަނޑު މި ހުރީ،" ނަޝީދު ވިދާޅުވި އެވެ.

"ދިވެހި ޗެނަލް" ގެ ޕްރޮގްރާމެއްގައި މުހުސިން މިރޭ ވިދާޅުވީ، އޭނާގެ ސޮއެއް ވެސް އެމްއެންޕީގައި ނޯންނާނެ ކަމަށެވެ.

މުހުސިނާއި ނަޝީދު އެމްއެންޕީއާ ދުރަށް ވަޑައިގަންނަވަން ނިންމެވުމުން ނާޒިމްއާއެކު މިހާރު ތިއްބަވާނީ އޭނާ ހިމެނިވަޑައިގަންނަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އެންމެ ތިން މެމްބަރެކެވެ. އެއީ ދަނގެތި ދާއިރާގެ މެމްބަރު ނާޒިމްގެ އިތުރުން އަނެއް ފައުންޑިން މެމްބަރުން ކަމަށްވާ ތިމަރަފުށި ދާއިރާގެ އަބްދުﷲ ރިޔާޒާއި ވިލިމާލެ ދާއިރާގެ އަހުމަދު އުޝާމެވެ.

މުހުސިން ވިދާޅުވީ، އެމްއެންޕީއާއެކު މަސައްކަތް ކުރައްވަން ނިންމެވީ ރައްޔިތުންގެ މަޖިލީހުގެ އިތުރު މެމްބަރުންތަކެއް ވެސް އެ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމުގެ އުއްމީދާއެކު އަދި އެ ގޮތަށް ވާހަކަތައް ވެސް ދައްކައިގެން ކަމަށެވެ. އެކަމަކު، މިއަދާ ހަމައަށް ވެސް އެކަން އެ ގޮތަށް ކުރިއަށް ނުދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

އަނެއް ކަމެއްގެ ގޮތުގައި މުހުސިން ފާހަގަކުރެއްވީ 2023 ގައި އޮންނަ ރިޔާސީ އިންތިހާބަށް ވާދަކުރައްވަން ޕާޓީގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށް ފުރަތަމަ ނިއުސް ކޮންފަރެންސްގައި ވެސް ނާޒިމް އިއުލާނު ކުރެއްވުމެވެ. ސިޔާސީ ދާއިރާ އަށް އާ މީހުންނަށް ފުރުސަތު ދިނުމަށް އޭގެ ސަބަބުން ހުރަސް އެޅޭނެ ކަމަށް މުހުސިން ދެކެވަޑައިގަންނަވަ އެވެ.

"ދިވެހި ޗެނަލް" ގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އޭނާ އަކީ އަދިވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަޕޯޓަރެއް ކަމަށެވެ. އެ މަނިކުފާނުގެ ސިޔާސަތުތަކަށް "ދެގޮތެއް ނުވެ" ތާއީދު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އޭނާގެ އެއް ކަންބޮޑުވުމަކީ ފަސް ބޭފުޅަކު ގުޅިގެން އުފައްދަން މަސައްކަތް ފެށި އެމްއެންޕީއަކީ "ނާޒިމްގެ ޕާޓީ" ކަމަށް މީޑިއާ އިން ކިޔާތީ އެވެ.

"އުޝާމްގެ ނަމުގައި އިލެކްޝަންސް އިން ހުއްދަ ދީފައި އޮތީ. ދެން ކީއްވެބާ އުޝާމްގެ ޕާޓީއޭ ނުކިޔަނީ. ނާޒިމް ކަންނޭނގޭ އެންމެ އެކްޓިވްކޮށް މީގައި ހަރަކާތްތެރިވާ ތަން މި ފެންނަނީ،" ނަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ނޮޅިވަރަމް ދާއިރާގައި އެމްއެންޕީގެ ފިކުރެއް އަދި ނެތް ކަމަށާއި އެ ފުރުސަތު އެ ޕާޓީގެ ތެރެއިން ވެސް ފަހިވެފައި ނެތް ކަމަށެވެ. އެގޮތުން އެމްއެންޕީ އަށް މީހުން އިތުރުކުރަން ފޯމުތައް ފުރުމުގެ މަސައްކަތަށް އަމިއްލަ ޖީބުން ހަރަދު ކުރެވެން ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެ ހަރަދުތައް ކުރެވޭނީ ޕާޓީން އެ ކަންތައް ކުރީމާ. އަޅުގަނޑުމެން ފުރަތަމަ ވެސް ޕާޓީގައި އެދުނިން ހިނގާށޭ މި ގޮތަށް ފޯމުތަކެއް ފުރިދާނެއޭ. އެކަމަކު އޭގައި ވެސް އެއްވެސް އަލިމަގެއް ނުފެނޭ. އަޅުގަނޑު ހަފުތާއަކަށް ބެލިން. ބަލާފައި އެއްވެސް އަލިމަގެއް ނުފެނުނީމާ އަޅުގަނޑު މި ހިސާބުން ދުރަށް ޖެހުނީ ވެސް،" އެންމެ ފަހުން އިދިކޮޅު ޕީއެންސީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ނަޝީދު ވިދާޅުވި އެވެ.

އެމްއެންޕީން ބުނެފައި ވަނީ އެ ޕާޓީ ރަޖިސްޓަރީ ކުރަން އިލެކްޝަންސް ކޮމިޝަނަށް މާދަމާ ހެނދުނު ހުށަހަޅަނީ 5،000 މީހުންގެ ސޮޔާއެކު ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގައި ސިޔާސީ ޕާޓީއެއް ރަޖިސްޓަރީ ކޮށްދޭނީ ސައްހަ 3،000 މެމްބަރުންގެ ސޮޔާ އެކުގަ އެވެ.

23 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 0%
icon angry icon angry 30%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަތީބާ

15 September 2021

ލާރިކޮޅެއްދީގެން ބަޔަކު ޕާރޓީއަށް ވެއްދިދާނެ. އެކަމަކު ބާގީޕާރޓީ ތީ މާ ކާމިޔާބު ޕާރޓިއަކަށް ނުވާނެ. ބަގާވާތްކުރި ގިނަ މީހުނަށް ގަބޫލްކުރެވިއްޖެ ބަގާވާތައްފަހު ގައުމު ވެއްޓުނު ވަޅުގަނޑު.

The name is already taken The name is available. Register?

ވާވާނަޝީދޫ

15 September 2021

ފައިސާ ބޭނުންވާ މީހުންނަށް ނިމިދިޔަ ސަރުކާރުގެ ސިޔާސަތުތައް ރަނގަޅުވާނެ. އަދި އޭރުގެ ވެރިމީހާއަށް ވުރެ ހެޔޮ މީހަކު ނުހުންނާނެ. ސަބަބަކީ ތިމާ ބޭނުންވަރަކަށް ފައިސާ ލިބޭނެތީވެ. "ތެލާއި ފެން އެއްނުކުރެވޭނެ." އެކަމަކު އެފައިސާއަކީ ދިވެހި ރައްޔިތުންގެ ފައިސާކަމާއި އެފައިސާއަށް ޚިޔާނާތްތެރިވުމަކީ ހަރާމްކަމެއްކަން މިމީހުންނަށް ނޭނގެނީބާ ނުވަތަ އެގެން ބޭނުންނުވަނީބާ؟

The name is already taken The name is available. Register?

ކޮންހާދޮގެއް

15 September 2021

ތިމާމެން ބޭނުން ވަރަކަށް ފައިސާއެއްވެސް އެހެން އެއްޗެއްވެސް އެވެރިކަމުގަ ނުލިބޭކަމަށް ޝައިނީވެސް އޮތީ ބުނެފައި. އަދި ގާސިމްވެސް ފެއަށްޖެހުނީ ބޭނުންވާހާ އެއްޗެއް ނުލިބޭތީ. ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް އެއްބަސްވީ މީހުންނާ މިވެރިކަމުން އެގްރީމެންޓެއް ހަދާފަ އަދަބު ނުދީ ގޭގަ އަރާމުގަ ބޭތިއްބުމަކީވެސް ދީނުގަ އޮންނަ ގޮތެއް ނޫން. ކޮމެންޓަށް ދީން ނުވައްދާ ސިޔާސީވިއްޔާ މާ ރަގަޅުވާނެ.

The name is already taken The name is available. Register?

ފޮނިޓައްޕު ހަސަނު

15 September 2021

ނާޒިމުސޯ އަކީ އުމަރު ނަސީރު ފަދަ ސިޔާސީ އެއްވެސް އުރަތްޕެއް ލިބިގެންވާ މީހެއް ނޫން. ގާސީމު އިބުރާހީމު ގެ ނުފޫޒާއި، ފައިސާގެ ބާރުގައި ގާސިމު އިބުރާހިމްގެ އުފަން އަތޮޅުގެ ރަށެއްގެ ދާއިރާއަށް ހޮވިފައި އެހުރީ. ނާޒިމްސޯގެ އުފަންރަށް ތިމަރަފުށްޓަށް ކުރިމަތިލީމަ ދާނީ ޗޮކުން. ތިމަރަފުށީ ރިޔާޒަކީ ބޮޑާކަމާއި ކިބުރުވެރިކަމުން އެހާ ފުންނާބު އުސް މީހެއް.

The name is already taken The name is available. Register?

އެމްއެން

15 September 2021

ގާސިމް ބޭނުންވަނީ ބޮޑުވަޒީރުކަން. ނަޝީދު ބޭނުންވަނީ ގާސިމް އަތުއަޅުވާލައިގެން ސަރުކާރު ހަލާކުކޮށްލަން. ސަރުކާރު ބޭނުންވަނީ ނަޝީދު ދުރުކޮށްލަން. އެންމެސް ފައިސާ . ފައިސާ. ނާޒިމް އަތުން ފައިސާ ނުލިބުނީމަ ފެއަށް ޖެހިލީ. ގައުމާއި ގެން ވިސްނާ ބަޔަކުނެތް. އެންއެންޕީ ރަޖިސްޓްރީވެސް ވާނެ. ތިބުނާ އެމްޕީ ނެތަސް.

The name is already taken The name is available. Register?

ލާރި

15 September 2021

ތީ ފައިސާ ގަޑަކައްތި ކޮޅުވީއްލާލީ ކަމަށް މި ބެލެވެނީ ރަގަޅު ޕެކޭޖެއްލިބުނީ ކަންގީން....ފައިސާ ފައިސާ

The name is already taken The name is available. Register?

ޢެޑްމުންޑޯ

15 September 2021

ބަޔަކު ގަބޫލުކުރިއަސް ނުކުރިއަސް އަދި ރާއްޖޭގެ ވެރިކަމުގައި ތިބޭނީ މައިދެޕާޓީ އެމްޑީޕީ އާއި ޕީޕީއެމް ، އެއްފަހަރު ޕީޕީއެމް އަނެއްފަހަރު އެމްޑީޕީ ، އެހެންޕާޓީތަށް މަދުމިންބަރުންތަކަކާއި އެކު ކުޅިބަލަން ތިބެންޖެހޭނީ ، މީސްކޮޅު މަދުވެ ހަރަކާތެއްނެތި ތިބެންޖެހޭނީ.

The name is already taken The name is available. Register?

ގައްސާނު

15 September 2021

ޕީޕީއެމްގެ ސަރުކާރުން ދައުލަތް ދަވާލީމަ ދެން ހިޔެއްނުވޭ އެ ފިކުރު (ދަވާލާފިކުރު) ދެން ބަލައިގަންނާނެހެނެއް.

The name is already taken The name is available. Register?

ބައްސާނު

15 September 2021

ޕީޕީ ފިކުރަށް އޮތް ތާއީދު ކައުންސިލް އިންތިހާބުން ސާފުކޮށް ފެނިފަ އޮންނާނީ. ދަވާލިކަމަށް ކިޔަނީ ބަޔަކު ޖަހައިގެން އުޅޭ މަޅިއަކުން. އެ ވެރިކަމުގަ އެމްޑީޕީން އެޅުވި ފަނި އެނބުރިހާ ގޭސްތައް ހަމަ ވަޔާ އެކުވެގެން އެއޮތް ދަނީ.

The name is already taken The name is available. Register?

އަޅުގަނޑު ޗޭއެއް ނުވާނެ

15 September 2021

ތިޔަ ނާޒިމް ތިއީ ދަހިކަމުން ލަގޮނޑީގަ ނާށި ލައިފަ ހުންނަ މީހެއް. ސަރުކާރުގެ ޕްރޮޖެކްޓްތައް ކލކށގނނނ (މާފްކުރައްވާ ޑރ. ގާސިމްގެ ބަހުރުވައިން) މިލިއަނަރަކަށްވެގެން އުޅޭ މީހެއް ތިއީ.

The name is already taken The name is available. Register?

ހިމާރުލްގައުމު

15 September 2021

ފިސްތޯލަ ޕާޓިން އުންޑައެއް ޖަހައިފި. ޕަކާސް ޕަކާސް. ވެރިކަމަށް އާދެވިފަ ތިއޮތީ ކަލެއަށް ނާޒިމޫ

The name is already taken The name is available. Register?

ފާނަކޮށި

15 September 2021

ތިޔާޢި ޕީޕީއެމް ޕާރޓީގައި އެއްގައި ނީންދެވިގެން ގަނަތޭ؛ުނުގޮލާ.......ރާއްޖޭގައިސީޔާސީ ކަމަކީ ހަމަ ހިންގަންނޭނގޭ ޅައެއްޗެއް......

The name is already taken The name is available. Register?

ރާނިއާ

15 September 2021

ގާސިމާ ނުކުޅެވޭނެ އިނގޭތޯ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454