މެދުސަފުހާ / ތިލަފުށި

ތިލަފުށީގެ ބޮޑު ބަދަލު

ކުނި ވަޅުލައިގެން މީގެ 29 އަހަރު ކުރިން އުފެއްދި ތިލަފުއްޓަށް ކުނި ޖަމާކޮށް އުފެދުނު ފަރުބަދައިގައި ރޯވެ އަނދަނީ. މިތަނުން އަރާ ވިހަ މި ދުމުގެ އަސަރު މާލެ ސަރަހައްދުގެ ރައްޔިތުންނަށް ކުރާތީ ޝަކުވާ ބޮޑު.

ތިލަފުށި: ސަރުކާރާއި އޭޑީބީ އަދި އިތުރު ފަންޑިން އެޖެންސީތަކެއް ގުޅިގެން ހިންގާ ބިޔަ މަޝްރޫއުގައި މިހާތަނަށް ވެސް ކުރިއެރުންތަކެއް ވަނީ ހޯދާފައި. -- ފޮޓޯ/ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

23 ސެޕްޓެމްބަރ 2021 - 08:48

ކުނިން ތިލަފުށި ގޮނޑުވެ، ކުނި އަންދައިގެން އަރާ ވިހަ ދުމުން ސަލާމަތްވެވޭނެ ގޮތެއް ހޯދަން ކުރި މަސައްކަތަށް އެހީވީ އޭޑީބީ އާއި އިތުރު ފަންޑިން އެޖެންސީތަކަކުން. ބިޔަ މަޝްރޫއެއްގެ ގޮތުގައި 2018 ގައި ފަށައި މިހާރު ވަނީ ބޮޑު ހައްލެއް ހޯދާފައި. އެތަނުން ދުން އެރުން ވަނީ މުޅިން ހުއްޓުވާފައި.

އޮކްޓޯބަރު، 17، 2017 ގައި ތިލަފުއްޓަށް އެރިއިރު އެ ސަރަހައްދުގައި މެހި މަރުވެ ފުނި ޖެހިފައި: އެކަމަކު މެއްސާއި ވިހަ ދުމުގެ އުނދަގުލުން ވެސް ތިލަފުށި މިހާރު އޮތީ މިންޖުވެފައި.

މެހި ފުނި ކުރިން ފެނުނު ސަރަހައްދުން 15 ހެކްޓަރު ހިއްކައި ތަޅުން އަޅާފައި: މާލެ ސަރަހައްދުގެ ވޭސްޓް ޓްރާންސްފާ ސެންޓަރުތަކުން ކޮންޓެއިނަރުގައި ގެންނަ ހުރިހާ ކުންޏެއް ކުރިއަށް އޮތް ތަނުގައި ބާލާނީ މި ސަރަހައްދަށް. ވެލި އަޅައި ހިއްކައިި މިތަން ކޮންކްރީޓްކޮށްފައި މިވަނީ ކުނި ނައްތާލުމުގެ ނިޒާމުގައި ބޭނުންކުރަން ނިންމާފައިވާ ބަރު އުޅަނދު ދުއްވޭ ގޮތަށް.

ތިލަފުށީގައި ކުނި އެންދިއިރު އެތަނުގައި ދުން ބޯވެފައި: އެތަނުން އޭރު އެރި ދުމުން އާއްމުންގެ ސިއްހަތަށް ނުރައްކާވެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް މި ޕްރޮޖެކްޓުގައި އިސްކޮށް އުޅުއްވާ ފަރާތްތަކުން ބުނޭ. އެކަމަކު ދުން އެރުން ހުއްޓުވުމާ އެކު މި ސަރަހައްދުގެ ވައި ސާފުވެ، ސިއްހީ ގޮތުންނާއި ތިމާވެށީގެ ގޮތުން ލިބުނު ގެއްލުންތައް ވަނީ ކުޑަވެފައި.

ތިލަފުށި ކުނި ފަރުބަދަ: މާލެ ސަރަހައްދުގެ ކުނީގެ މައްސަލަ ހައްލުކުރަން ހިންގާ މަޝްރޫއުގައި މިތަނުން ދުން އެރުން ހުއްޓުވަން އަމާޒު ހިފާފައި ވަނީ އޮކްޓޯބަރުގެ ނިޔަލަށް. އެކަމަކު އޭގެ މާކުރިން މިތަނުން ދުން އެރުން ހުއްޓުވުމަކީ މި މަޝްރޫއުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގައި ގޮތުގައި މި ޕްރޮޖެކްޓް މެނޭޖްކުރާ ޓީމުން ދެކޭ.

ތިލަފުށީގެ ކުނި ފަރުބަދައިން އެކި ބާވަތްތައް ވަކިކުރުމުގެ މަސައްކަތް ކުރިއަށް ދަނީ: ކުނީގެ މައްސަލައަށް ހައްލު ހޯދަން ހިންގާ މަޝްރޫއުގައި މިތަނަށް ކުނި އެޅުން ހުއްޓާލަން ވަނީ ނިންމާފައި. ތިލަފުއްޓަށް ގެންދާ ކުނި ދެން ހުންނާނީ އެއް ޓަނުން ބެއިލްކޮށް ރައްކާތެރިކަމާ އެކު ބަހައްޓާފައި. އެ ކުނި ނައްތާލާނީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް އެކަން ކުރެވޭނެ ހުރިހާ ވަސީލަތްތައް ހަމަވެ ޕްރޮޖެކްޓް އެވޯޑް ކުރެވުމުން.

ތިލަފުއްޓަށް ކުރިން ކުނި ގެންދާ ގޮތް. އާ މަޝްރޫއުގައި ކުނި ގެންދާނީ ރައްކާތެރިކަމާ އެކުގައި. މި މަޝްރޫއަށް ހާއްސަކޮށްގެން ވޭސްޓް ޓްރާންސްފާ ސެންޓަރުތަކެއް މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ވެސް ހަދާނެ. ކޮންޓެއިނަރުތަކުގައި ކުނި ގެންދާއިރު މޫދަށް އަދި މަގުމައްޗަށް ވެސް ކުނި އެޅުމުގެ ފުރުސަތެއް ނޯންނާނެ.

ތިލަފުއްޓަށް ޖަމާކުރާ ކުނިތައް ބޭލްކޮށްފައި: އިންސިނިރޭޓާ ލިބެންދެން ތިލަފުށީގައި ކުނި ހުންނާނީ މިގޮތަށް އެއް ޓަނުން ބަންދުކޮށްފައި. އޭގެއިން ކުނި ނައްތާލާނީ ތިމާވެއްޓަށް ގެއްލުން ނުވާ ގޮތަށް.

ތިލަފުށިން ދުން އަރަނީ: މާލެ ސަރަހައްދަށް ޖަމާވާ ހުރިހާ ކުންޏެއް ތިލަފުއްޓަށް ޖަމާކޮށް، އަންދަން ފެށީ ކުނީގެ މައްސަލައަށް އޭރު ފެނުނު އެންމެ ރަނގަޅު ހައްލުގެ ގޮތުގައި ދެކިގެން.

ދުން އެރުން ހުއްޓުވައި ކުނީގެ ފަރުބަދަ ސާފުކުރަނީ: ކުނި ޖަމާކޮށް މާލޭގެ އަށް ބުރީގެ އިމާރާތެއްހާ މި ފަރުބަދަ ވަނީ އުސްވެފައި. ކުނިން މި ރަށް ވަނީ 4.6 މިލިއަން ފޫޓަށް ބޮޑުވެފައި.

ރާއްޖޭގައި މިހާތަނަށް ހިންގާ ކުނީގެ އެންމެ ބޮޑު މަޝްރޫއުގެ ދެ ވަނަ ފިޔަވަހި ނިމުމުން ތިލަފުށި އޮންނާނެ ގޮތް. މިއީ، ޖުމްލަކޮށް ފުރިހަމަ ނަތީޖާއެއް ނުކުންނާނެ ގޮތަށް ދިރާސާކޮށް ޑިޒައިންކޮށް އެއަށް ބޭނުންވާ ސާމާނު ހޯދައި އިމްޕްލިމެންޓްކޮށް އެއް ނިޒާމެއްގެ ތެރެއިން ހުރިހާ ކަމެއް ކުރިއަށް ގެންދާ އެންމެ ބޮޑު ވޭސްޓްމެނޭޖްމަންޓް މަޝްރޫއު.

ރާއްޖެއަށް ކުރިމަތިވެފައި އޮތް ކުނީގެ ކާރިސާއަށް މި މަޝްރޫއުގައި ގެނެސްދެނީ ބޮޑު ހައްލެއް. ކަހަލަ ޖަޒީރާ ގައުމަކަށް ފައްކާކުރާ މި މަޝްރޫއު ކާމިޔާބުވެއްޖެ ނަމަ މި މަޝްރޫއު ވާނީ ނަމޫނާ ޕްރޮޖެކްޓަކަށް.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454