ޚަބަރު / ރައީސް އަބްދުﷲ ޔާމީން

ސުޕްރީމް ކޯޓުން ޔާމީންގެ މައްސަލަ އަންގާރަ ދުވަހު ނިންމަނީ

މިދިޔަ އޯގަސްޓް ދެ ވަނަ ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހަށް ހާޒިރުވުމަށް ފަހު ގެޔަށް ވަޑައިގެން ކުޑަދޮރު ކައިރީ ހުންނަވައިގެން ސަޕޯޓަރުންނަށް އަތުން އިޝާރާތް ކުރައްވަނީ--. ފޮޓޯ ނިޝާން އަލީ / މިހާރު

25 ނޮވެމްބަރ 2021 - 10:56

17 comments

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމުގެ އެންމެ ފަހު މަރުހަލާގެ އިސްތިއުނާފު ހުކުމް އަންނަ ހަފްތާގެ އަންގާރަ ދުވަހު ކުރަން ސުޕްރީމް ކޯޓުން ތާވަލްކޮށްފި އެވެ.

ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކޮށްފައިވާ ހުކުމަށް ހައި ކޯޓުން ތާއީދު ކުރުމުން ސުޕްރީމް ކޯޓުގައި ކޮށްފައިވާ އިސްތިއުނާފުގެ ހުކުމް ކުރަން ތާވަލްކޮށްފައި ވަނީ އަންނަ އަންގާރަ ދުވަހުގެ ހެނދުނު 9:00 އަށެވެ.

ގއ. ވޮޑަމުލާ ކިޔާ ރަށެއް ކުއްޔަށް ދޫކުރުމުގައި ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު، އެމްއެމްޕީއާރްސީ ޚިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުނިން ޔާމީންގެ އެކައުންޓަށް ޖަމާކުރުމުން އެ ފައިސާގެ އަސްލު އޮޅުވާލައި ލޯންޑާކުރި ކަމުގެ ކުށުގައި ޔާމީން ޖަލަށް ލާން ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން ހުކުމް ކުރީ ނޮވެމްބަރު 28، 2019 ގަ އެވެ.

ޔާމީން ޖަލަށް ލާން ކުރި ހުކުމާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމާއިރު ކްރިމިނަލް ކޯޓުގައި މިހާރު ވެސް ރިޝްވަތާއި މަނީ ލޯންޑަރިންގެ މައްސަލައެއް ޔާމީނާ ދެކޮޅަށް އަންނަނީ ހިންގަމުންނެވެ. އަދި އިއްޔެ ވެސް ވަނީ މަނީ ލޯންޑަރިންގެ އާ ދައުވާއެއް ކޮށްފަ އެވެ. އެއީ ވ. އާރަށް ކުށްޔަށް ދޫކުރުމުގައި އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނަގައި އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގަ އެވެ.

17 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 45%
icon sad icon sad 18%
icon angry icon angry 27%
icon wow icon wow 9%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބުލް ބުލެއްޔާ

26 November 2021

ދަށު ކޯޓު ގެ ޙުކުމް ސްޕްރީމް ކޯޓުން ދަމަހައްޓާނެ ކަން ޔަޤީން!

The name is already taken The name is available. Register?

120687

26 November 2021

ތިޔަ އެއް މިލިޔަން ޑޮލަރު ޗެކަކީ ކުއަންޓަމް ޗެކެއްތަ؟ ކުއަންޓަމް އޯ ނޮޓޯ ދެޓް 1 މިލިޔަން ޗެކް އިޒް އަ ޗެކް އޮފް މެނީ ޕްރޮބަބިލިޓީޒް.

The name is already taken The name is available. Register?

ޥަކީލު

26 November 2021

އިންސާފު ލިބުންކަމަށްވާނީ ޔާމީނު ދޫކޮށްލުން ކަމަށްވާނަމަ ޔާމީނު ދޫވާނެ.

The name is already taken The name is available. Register?

ދޯރި

25 November 2021

މާގިނަ ވަގުތެއް ނަގާ ދިރާސާތަކެއް ހަދަންޖެހޭ ވަރަށް ވުރެ މާ ސާފު މައްސަލައެއް. ތިޔަ މައްސަލައިގަ ޔާމީނު ކުށްވެރި ނުވާނަމަ މިރާއްޖޭގަ ކުށްވެރިޔަކު ނުހުންނާނެ.

The name is already taken The name is available. Register?

ބޯބޮޑޭ

26 November 2021

އުފެދުމުގަވެސް ބާތިލް މައްސަލައެއް.

The name is already taken The name is available. Register?

ގަލަނ

26 November 2021

އެއަށްވުރެ މާ ސާފު މައްސަލަ އެބަހުރި. މިއީ އުރަތްޕެއް ހުރި މައްސަލައެއް ނޫން.

The name is already taken The name is available. Register?

ގަދަކަޅު

25 November 2021

ތީން އެއްވެސް މައްސަލައެއްގަ ޔާމީން ތާށިނުވާނެ. އެއަށްވުރެ މާ މޯޅުވާނެ.

The name is already taken The name is available. Register?

ބޭފުޅާއަށް

25 November 2021

ގައިދީ ޔާމީނު ގޭގަ އެހެން ކުށްވެރިން ވާނުވާގަ ހުރަގޭގަ

The name is already taken The name is available. Register?

ބަޖިޔާ

25 November 2021

ގައިދީ އަދީބު ގޭގަ. ގައިދީ ޒިޔަތު ގޭގަ. ގައިދީ ނަޝީދު އިންގެރޭސި ވިލާތުގަ. ގައިދީ އަޑުބަރޭ ގައުމީ ފުޓުބޯޅަ ޓީމުގަ. މިހެން ލިޔެވިދާނެ ކިތަންމެ ގިނައިންވެސް.

The name is already taken The name is available. Register?

ގެދާނޯމޮސް

25 November 2021

ޒާތީކަމަކީ އީމާންކަން ނެތިކޮށްލާ ބައްޔެކެވެ.

The name is already taken The name is available. Register?

އުމޭދު

26 November 2021

ކަލޯ. ނަޝީދުގެ ހހުކުމް ތަންފީޒުކުރެވޭ ތަން ދުނިޔޭގައި ތިބޭ ބަޔަކު އަދި ދެކޭނެ. ބޮޑުޖަލުހުކުމެއް އޮތް މީހެއް އެއީ.

The name is already taken The name is available. Register?

އުމޭދޫ

26 November 2021

ނަޝީދު ޖަލަށްލާނެ މީހަކު ދެން ނާންނާނެ. ވަން އެންޑް އޮންލީ ޗާންސް ޔާމީން ހުރިއިރު އެ ލިބުނީ. ދެން އޭނައަށް އޮތީ ހުސް ފްރީޑަމް.

The name is already taken The name is available. Register?

ސޭމްގެ އެޑަމް

25 November 2021

އިރާދަކުރެއްވިއްޔާ ރައީސް ޔާމީން މިނިވަންވެ އެމަނިކުފާނު ރާއްޖޭގެ ވެރިކަމަށް އަލުން އެނބުރި ވަޑައިގެން މި އަނިޔާވެރިކަން ނިމުމަކަށް އަންނާނެ!

The name is already taken The name is available. Register?

@ސޭމާގެ އަޑު

25 November 2021

ޠާމީނަކީ ވެރިކަމަށް ކުދޫ ހަމަވާ މީހެއް ނޫން ީހުން ދަންނަ މީހެއް ނޫން އަމިއްލަ ފައިކޭޓުގެ ތަނަވަސް ކަމަށް އަބަދު ދަހިވެތިވެ ހުްންނަ ޔާމީނަށް ވޯޓުލީ ރައީސް މައުމޫނު އެސިވަޑަްިގަތުމަށް ދުވަހަކު ވެސް ރައީސް މައުމޫނު އެމިސްޓޭްކު ފަށްފަށް ނުކުރައްވާނެ އޭޜު މުޅި ގައުމުގައި އިވެމުން ދިޔައީ ރޯއަޑު ޔާމީނުގެ އަނިޔާވެރިކަމާއި ހުރެ އއކަމުގެ ރަހަ ރައީސް މައުމޫނަށް ލައްވާލީވެސް ހުވަފެނުން ނުދެކޭ ފަދަ އަނިޔާވއރި ގޮތަކަށް

The name is already taken The name is available. Register?

ސޭމާގެ އަޑާ

26 November 2021

މައުމޫންގެ އަނިޔާވެރިކަން ލައްވާލި މީހުން ތިކަމާ ބުނާނީ ކީކޭބާ؟ މައުމޫނަކީ ވެރިކަން ބާއްވަންވެގެން އެގޮތަށް އަތްނުލާ އެއްވެސް ކަމަކަށް ޖަވާބުދާރީ ނުކުރުވާ އަރާމުކޮށް ގޮނޑިއެއްގަ ބައިންދަންޖެހޭފަދަ މީހެއްބާ؟

The name is already taken The name is available. Register?

ސީޒަން ޖެކްޝަން

25 November 2021

ޖަލުގާހުންނަންޖެހޭމީހެއް ގެއެއްދޫކޮށްފާހުރުމަކީ ވަރަށް ބޮޑު ނާއިންސާފެއް. މިދައްކަނީ އާދައިގެ ހުކުމެއްގެވާހަކައެއްްނޫން. މިދައްކަނީ އެތައްމިލިޔަން ރުފިއާއެއްގެ ފަސާދައިގެ ބޮޑު ޖަރީމާއެއްގެ ވާހަކަ.

The name is already taken The name is available. Register?

ހަސަނު

25 November 2021

މި މައްސަލައިގަ ސުޕްރީމް ކޯޓުން ޔާމިނާ އެއްކޮލަށް ނިންމިއަސް އޯކޭ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454