ފިނޭންސް މިނިސްޓްރީ އޮފީސް. ލޯނު އަނބުރާ ދައްކަން 980 މިލިއަން ރުފިޔާ ހަރަދުކޮށްފި
04 ޑިސެމްބަރ 2021 - 11:22
ސަރުކާރުން ނަގާފައިވާ ލޯނުތަކަށް މި އަހަރު 4.4 ބިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ހިސާބުތަކުން ދެއްކި ނަމަވެސް އަހަރު ނިމުމަކާ ހިސާބަށް ދިޔައިރު އަދި މިހާތަނަށް ލޯނުތަކަށް ދައްކާފައިވަނީ 980 މިލިއަން ރުފިޔާ ކަމަށް މާލީ ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި ލޯނު ދެއްކުމަށް މިއަހަރަށް ބަޖެޓްކޮށްފައިވާ 4.4 ބިލިއަން ރުފިޔާއިން މިހާތަނަށް ދައްކާފައިވާ އަދަދަކީ ބަޖެޓްކޮށްފައިވާ އަދަދުގެ 22 ޕަސެންޓެވެ.
މިދިޔަ އަހަރު ދަރަނި އަދާކުރަން ދައުލަތުން ހޭދަކުރީ 800 މިލިއަން ރުފިޔާ އެވެ. މިއީ އެއަހަރު އަންދާޒާކުރިވަރަށް ވުރެ 25 ޕަސެންޓް ދަށްވުމުންނެވެ. ދަރަނި އަދާކުރަން ޖެހޭ އަދަދު މިހާ ބޮޑަށް ކުޑަވީ ކޮވިޑާ ހެދި ދިމާވި ދަތިކަމަށް ފަހު ދަރަނި އަދާ ކުރުމުގައި ގައުމުތަކުން ދިން ލުއިތަކާ ހެދި އެވެ.
މިއަހަރު ދަރަނި އަދާކުރުމުގެ ހޭދައިގެ ތެރޭ ބައިނަލްއަގުވާމީ މާލީ ބާޒަރުގައި ވިއްކާފައިވާ 250 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑުގެ ބޮޑު ބައެއް އަދާކުރުން ހިމެނެ އެވެ.
މިދިޔަ ހަތަރު ވަރަކަށް އަހަރު ތެރޭ ދައުލަތުގެ ދަރަނި ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެހެންވެ، އަނބުރާ ދައްކަން ޖެހޭ ފައިސާ ވެސް އިތުރުވާނެ އެވެ. އަންނަ އަހަރު ނިމޭ އިރު ދައުލަތުގެ ދަރަނި 91 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރެ އެވެ.
އަންނަ އަހަރު ދަރަނި އަދާކުރަން ބަޖެޓުން 5.7 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މިއީ މިއަހަރަށް ކަނޑައެޅި އަދަދަށް ވުރެ ގާތްގަނޑަކަށް 18 ޕަސެންޓް އިތުރު އަދަދެކެވެ. މީގެ ތެރެއިން 3.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބެލެވެނީ ބޭރުގެ ދަރަނި އަދާކުރުމަށެވެ.
ކުރިއަށް އޮތް އަހަރުތަކުގައި ވެސް، ދަރަނި އަދާކުރަން ހޭދަކުރާ ވަރު ވަރަށް ބޮޑަށް އިތުވާނެ ކަމަށް ބެލެވެ އެވެ. މީގެ އެއް ސަބަބަކީ ކޮވިޑް-19 ގެ ސަބަބުން ދައުލަތުން ދަރަނި ނަގަންޖެހޭ މިންވަރު ފާއިތުވި ދެ އަހަރުގެ ތެރޭގައި އިތުރުވެފައިވުމާއި ދަރަނީގެ ޕޯޓްފޯލިއޯގެ އިންޓްރެސްޓް ރޭޓު މަތިވަމުން ކަމަށް ބަޖެޓު ފޮތުގައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފދސަ
05 December 2021
ގައުމު ވިއްކާލަނީ ދޯ.
ނަމުގެނަން
04 December 2021
މިއީ ޚަރަދު ބޮޑުކުރަން އެނގޭ ސަރުކާރެއް. ދަރަނި ދައްކާނެ ގޮތް ދަންނަ ވެރިކަމެއް ނޫން މިއީކީ. ފޮތުގަ ޖަހައިގެން ބޭކާރު އެތައް ބޮޑެތި ޚަރަދުކޮށް ގައުމު ދަރުވާފަ އެހެން މީހުންނާ ދިމާއަށް ވަގެކޭ ގޮވުން މިއޮންނަނީ. މިމީހުން ގަވައިދުން ބޮޑެތި މުސާރައާ އިނާޔަތްތަކާ ނަގާފަ، އުފައްދާ ބޭކާރު ކޮމިޝަންތަކާ ކުރާ ބޭކާރު ރަސްމީ ދަތުރުތަކާ ހުރިހާ އެފަދަ ކަންކަމަށް ގަވައިދުން ފައިސާ ނަގާނީ. އެހެންވީމަ ވައްކަންކުރާކަމަކަށް ނުވާނެ.
ސަޓްމަން
04 December 2021
ދަރަނި ސަތޭކަ ބިލިއަނަށް އެރި އިރު ނުވަދިހަ ޕަސެންޓް އުޅެނީ ބޯމަތީ ބާއްވާލާނެ ޓިނު ބުރި އެއްވެސް ނުލިބިގެން. ލާރިއަށް ކުރީ ކީއްހޭ؟ ކޮންމެ އާއިލާއަކަށް ހެޔޮވަރުގެ ގެޔެއް މަހުންމަހަށް ދައްކަން ލިބުނު ނަމަވެސް ރަގަޅު
ރަދުން
04 December 2021
ބޯހަމަނުޖެހޭ މީހަކު ފިނޭންސަށްލާއިރު ސޯލިހަށް ނޭނގުނު.
މިއަދު
04 December 2021
ދައުލަތުގެ ދަރަނި 91 ބިލިއަނަށް އަރާއިރު ހިތަށް އަރަނީ ދިވެހިން މިއީ ކޮނަފެންވަރެއްގައި ކޮންލެވަލެއްގައި އުޅޭ ބައެއްބާއްވައެ ދައުލަތް ހިންގުމަށް ބޭނުންކުރަނީ 2 މެސިނެއް އެއީ ދިވެހިރުފިޔާ ޗާޕްކުރާ މެސިނަކާއި ދަނި ނަގާމެސިނެއް ލޯނުނަގާފަހުރީ މިނިމަސްކާ ބަޔަކު އުޅޭ ގައުމަކުންނަމަ ދިވެހިންގައިންގައިން މަސްނުކަޑާ ވާނެގޮތެއް އޮވެދާނެބާ
އެމްސް
04 December 2021
މަޖިލިސް މެމްބަރުންނަށާއި، ސަރުކާރު ކުންފުނިތަކުގެ ވެރިންނަށާއި، ދައުލަތުގެ އިސްމަޤާމްތަކަށް، ތިއަށްވުރެ މާގިނައިން މިހާތަނަށްވެސް ވާނީ ހޭދަކޮށްފަ!
ދިއްދޫމީހާ
04 December 2021
ދިޔަ ހަތަރު ވަރަކަށް އަހަރު ތެރޭ ދައުލަތުގެ ދަރަނި ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.އެކަމް ކެމްޕޭނުގާ އިބްރާހިމް ބުނީ ދަރަނި ނުނަގާއޭ ދައުލަތް ހިންގާނީ، އެހެންވެގެން އަހުންމެން ވޯޓްދިނީ، ދިމާ އިދިކޮޅަށް ހުރިހާކަމެއް މިވަނީ،
އިންޑިއާރާއްޖެ
04 December 2021
ގައުމެއްނެތް
މެމްބަރު އެކްސްއެމްޕީ
04 December 2021
ދައުލަތުގެ ދަރަނި ދެއްކުމަށް 2021 7.12ބިލިއަން ހަރަދުވާނެ ކަމަށް ރިވައިސް ކޮށްފައިވާ 2021 އަހަރުގެ އަންދާޒާއެއްގޮތުގައި 2022 ވަނަ އަހަރުގެ ފާސްކުރެވުނު ބަޖެޓްގައި ހިމެނިފައިވޭ. އެކަމަކު މުޅިޖުމްލަ މިހާތަނަށް އައި އިރު 1ބިލިއަން ރުފިޔާ ނުދެއްކޭ. އެހެންކަމުން 6.13 ބިލިއަން ރުފިޔާ އަށް ވީގޮތެއް ބުނެދޭން ޖެހޭ.
ޢަލީބެ
05 December 2021
އެހެންވީމާ ބަޖެޓު ހުށަހެޅި އިރު ސަރުކާރުން ހެދީ ދޮގު