ވީކެންޑް ބާސްކެޓްބޯޅަ ލީގު ކާމިޔާބުކުރި ރެޑްވިންގްސް ޓީމު. --ފޮޓޯ:ބާސްކެޓް އެސޯސިއޭޝަން
07 ޑިސެމްބަރ 2021 - 14:59
ފަހު މެޗުގައި ސްޓިންގާސްގެ މައްޗަށް ކާމިޔާބު ހޯދައި، ފުރަތަމަ ފަހަރަށް ބޭއްވި ވީކެންޑް ބާސްކެޓްބޯލް ލީގުގެ ޗެމްޕިއަންކަން ރެޑް ވިންގްސް ބީސީ ހޯދައިފި އެވެ.
މާފަންނު ސްޓޭޑިއަމްގެ އައުޓްޑޯ ބާސްކެޓްބޯލް ކޯޓުގައި ރޭ ކުޅުނު މެޗު ފަހަތުން އަރައި ރެޑް ވިންގްސް ކާމިޔާބުކުރީ 25 ޕޮއިންޓުގެ ތާފަތަކުންނެވެ. ރެޑް ވިންގްސް އިން ހޯދީ 66 ޕޮއިންޓެވެ. ސްޓިންގާސް އަށް ހޯދުނީ 41 ޕޮއިންޓެވެ.
ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިންގެ މައްޗަށް ބިނާވެފައިވާ، ރެޑް ވިންގްސްގެ މި ތައްޓަކީ ރާއްޖޭގެ ބާސްކެޓްގެ ޓޮޕް ލެވަލްގައި ރެޑްވިންގްސް އިން ހޯދި ފުރަތަމަ ކާމިޔާބެވެ.
ބާސްކެޓްބޯލް އެސޯސިއޭޝަނުން މުޅިން އަލަށް ބޭއްވި މުބާރާތަކީ މި އަހަރުގެ ކަލަންޑަރާ އެއްގޮތަށް މުބާރާތްތައް ނުބޭއްވުމުން، ކްލަބުތަކުގެ މަޝްވަރާގެ މަތިން ބޭއްވި މުބާރާތެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަސްބާހު
07 December 2021
ނަޒީ ކޯޗު އަކީ ވަރައް ކާމްް ކޮއް މެޗުގެ ހުރިހާވަގުތެއް ގަވެސް އިންނަ ކޯޗެއް އަދި ކޯޗް ގެ މޫނުމަތިން އަބަދުވެސް ވަރައް ކޮންފިޑެންޓް ސްމައިލް އެއް މެޗުތެރޭ ފެނޭ، ބޮޑައް ހީވަނީ ކުޅުން ތެރިންނައް ކުރާ އިތުބާރު ބޮޑުވީމަ ހެން އެންމެ ޕްރެޝަރ ގަޑީގަވެސް އެހާ ކާމް ކޮއް އެފެން ނަނީ.
އައްމަ
07 December 2021
ރެޑްވިންގްސްގެ އުވެއިޝް އާދަޔާ ހިލާފަށް މޮޅު.. ހުނަރު ހުރި މުސްތަގްބަލްގައި ބާސްކެޓްގެ ވިދުން ގަދަ ތަރިއަކަށްވާނެ ކުއްޖެއް.. ރަނގަޅު އަހުލާގުގެ މަތީ ހިތްވަރާއެކު މަސައްކަތުގައި ދެމި ހުރެއްޖެނަމަ ވަރަށް ކާމިޔާބު ކުއްޖަކަށް ވެވިދާނެ. އުވެއިޝްގެ މަންމަގެ ސަޕޯޓަކީވެސް ފާހަގަކޮށްލެވޭ ތަފާތު ކަމެއް..
ބޭނަޒީރު ބެ
07 December 2021
މޮއްޑެ ކޯޗް ގެ ފެން ވަރު ، ތަޖުރިބާ ތިބި ކުޅުން ތެރިން ގޮވައިގެން ފަހަތުނަ އަރާ ޒުވާން ކުޅުން ތެރިން ކާމިޠާބު ހޯދީ ލޮލް
ކިރިސްޓިއާނޯ މެސީ
07 December 2021
ރެޑްވިންގްސް ހަމަ މޮޅީއޭ ދޯ