ކްރިމިނަލް ކޯޓް: މާދަމާއިން ފެށިގެން މި މަހުގެ ނިޔަލަށް އެ ކޯޓު ރިސެސްއަށް ދާން ވަނީ ނިންމާފައި--
15 ޑިސެމްބަރ 2021 - 10:41
ކްރިމިނަލް ކޯޓުން މާދަމާ އިން ފެށިގެން މި މަހުގެ ނިޔަލަށް ރިސެސް އަށް ދާން ނިންމައިފި އެވެ.
އެ ކޯޓުން މިއަދު ބުނީ، އެ މުއްދަތުގެ ތެރޭގައި ކުރިއަށް ގެންދާނީ ކޮންމެހެން ބާއްވަންޖެހޭ ހާއްސަ ޝަރީއަތްތަކުގެ އަޑުއެހުންތައް އެކަނި ކަމަށެވެ.
އެކަމަކު ކުށުގެ ތުހުމަތުގައި ހައްޔަރު ނުވަތަ ބަންދުކުރާ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމުގެ މަޖިލިސްތައް ބޭއްވުމާއި ތަހުގީގު ކުރާ އިދާރާތަކުން އެދިގެން ނެރެދޭ އަމުރުތައް ނެރުމުގެ މަސައްކަތްތައް ކުރިއެކޭ އެއްގޮތަށް ކުރަމުން ގެންދާނެ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.
މާދަމާ އިން ފެށިގެން ކްރިމިނަލް ކޯޓު ރިސެސް އަށް ދިޔަ ނަމަވެސް މި މަހު ރިސެސް އަށް ނުދާން ސިވިލް ކޯޓުން ވަނީ ނިންމައިފަ އެވެ.
ގާނޫނުގައި ކަނޑައަޅާފައިވާ ރިސެސްގައި އާންމު އުސޫލުން ޝަރީއަތްތަކެއް ނުހިންގާނެ އެވެ. އެކަމަކު ކޮންމެހެން ނެރެންޖެހޭ އަމުރުތައް ނެރުމާއި ކޮންމެހެން ބާއްވަންޖެހޭ ޝަރީއަތްތައް ބާއްވާނެ އެވެ. އަދި އާންމު އުސޫލުން މައްސަލަތައް ބަލައިގަތުމާއި އިދާރީ މަސައްކަތްތައް ކުރިއަށް ގެންދާނެ އެވެ.
ކޮންމެ އަހަރެއްގެ ވެސް ޖޫން މަހާއި ޑިސެމްބަރު މަހުގެ ވަކި ދުވަސްތަކެއްގައި ދަށު ކޯޓުތައް ރިސެސް އަށް ދާނެ އެވެ. ހައި ކޯޓާއި ސުޕްރީމް ކޯޓުގެ ރިސެސް އޮންނާނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
15 December 2021
ތިތަން ހުޅުވާފަ ހުއްޓަސް ޑުރަގު އެތެރެކުރާމީހުނައް ހަމަ ސެއްލަ
ފެމިލީ ކޯޓު
15 December 2021
އަހަރުމެންވެސް