ފެންޓަސީ ސުޕަމާޓް ހިންގާ ހުޅުމާލެ ސެންޓްރަލް މޯލް-- ފައިލް ފޮޓޯ: މިހާރު
16 ޑިސެމްބަރ 2021 - 12:27
ޖާގަ ދަތިވުމުގެ ސަބަބުންނާއި އިމާރާތް ހުންނަ ގޮތުން ކަސްޓަމަރުންނަށް އަނިޔާވުމުގެ ހާދިސާތައް ހިނގާތީ ފެންޓަސީގެ ހުޅުމާލެ ފިހާރަ "ފެންޓަސީ އެކްސްޕްރެސް" ދާއީމީކޮށް ބަންދުކުރަން ނިންމައިފި އެވެ.
ފެންޓަސީ ކުންފުނިން އާންމުކޮށްފައިވާ ނޯޓިސްއެއްގައި ބުނީ، ހުޅުމާލެ ސެންތްރޯ މޯލްގައި ހުންނަ އެ ފިހާރަ ހިންގާ ތަނަކީ ޖާގައިގެ ގޮތުންނާއި ޑިޒައިންގެ ގޮތުން ސުޕަމާކެޓް ވިޔަފާރި ހިންގަން ކަމުދާ ތަނެއް ނޫން ކަމަށެވެ. އެހެންވެ އަންނަ އަހަރު ޖެނުއަރީ 31 އިން ފެށިގެން އެތަން ދާއިމީކޮށް ބަންދުކުރަން ނިންމާފައިވާ ކަމަށް ނޯޓިސްގައިވެ އެވެ.
ޖާގަ ދަތިވުމުގެ ސަބަބުން ކަސްޓަމަރުންނަށް އެންމެ ރަނގަޅަށް ހިދުމަތް ނުދެވޭ ކަމަށާއި ސުޕަމާކެޓަށް ވަންނަން ހުންނަ މައިދޮރުގެ އެތޭރޭގެ ހަރުފަތްތަކުގައި އަޅައިގަނެ، އެތައް ކަސްޓަމަރުންނެއް ވެއްޓި، އެކިވަރުގެ އަނިޔާ ވެފައިވާ ކަމަށް ފެންޓަސީން ބުންޏެވެ. ފެންޓަސީން ބުނެފައިވާ ގޮތުގައި، އެގޮތަށް ލިބޭ އަނިޔާގެ ބަދަލު ހޯދަން ވެސް ބައެއް ކަސްޓަމަރުން އެދެ އެވެ.
"އިމާރާތުގެ ތަނބުތަކާއި އެތެރޭގެ ޖާގަ ހުންނަ ގޮތުން ހިދުމަތް އަވަސްކުރުމަށް ކައުންޓަރު އިތުރު ކުރެވޭނެ ނުވަތަ އެތެރޭގެ ތަރުތީބު ބަދަލުކޮށްލެވޭނެ ވަރުގެ ޖާގައެއް ވެސް ނެތެވެ،" ނޯޓިސްގައިވެ އެވެ.
އެ ފިހާރާއިގެ ވިޔަފާރި ހުޅުމާލޭގެ އެހެން ތަނަކަށް ބަދަލުކޮށްގެން ދެވޭތޯ ވެސް މަސައްކަތްކުރި ކަމަށާއި ނަމަވަސް، ސުޕަމާކެޓެއްގެ ހިދުމަތް ދޭން އެކަށީގެންވާ ތަނެއް ހުޅުމާލޭން ނުލިބު ކަމަށް ބުނެފައިވެ އެވެ.
ފެންޓަސީން ހުޅުމާލޭގައި ސުޕަމާކެޓެއް ހުޅުވީ 2017 ގަ އެވެ. ފެންޓަސީއަކީ ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ އެއް ސުޕަމާޓެވެ. ފެންޓަސީގެ ސުޕަމާކެޓާއި ބޭކަރީއެއް މާލެ ފަރީދީ މަގުގައި ވެސް ހުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
17 December 2021
ފެންޓަސީއިން އެބުނަނީ ރެޑްވޭވް ސަލީމަށް ހުޅުމާލޭގެ ބިން ހަދީޔާ ކޮއްދިންގޮތައް ތިމަންނާމެންނަށްވެސް ހަދިޔާއެއް ދޭށޯ އެގޮތައް! އަހަރުމެންނަށް ކީއް ތިޔަ ފެންޓަސީ ސްޓޯރ ބަންދުކުރިއްޔާ! އިންތިހާއަށް ތަކެތި އަގުބޮޑު ތަނެއް ތިޔައީ!
މާކުންބޭ
16 December 2021
ރެޑް ވޭވަށް ޔާމީން ގެ ދުވަސްވަރު 2 ބިން ދިން، އެގޮތަށް ފެންޓަސީ އަށް ބިމެއް އެޗްޑީސީ އިން ނުދޭތީ ދިމާވާ ކަންތައްތައް މިއީ، ފެންޓަސީއަށްވެސް ތިކަން ކުރެވޭނީ ހަމަ ރެޑްވޭވް ގެ ފޯމިއުލާއިން އަންޑަރދަޓޭބަލް ޓްރިކް ކުޅެގެން.
އިޙްސާސް
16 December 2021
ތިހާ ދުވަސްވީ ސުޕަމާކެޓަކަށް ތިވަރު ތަނެއްގަ ވިޔަފާރި ފެށީތީ ހައިރާންވަން. ހުޅުމާލެއިންވެސް އޮންނަ އުސޫލުތަކުގެ ތެރެއިން ރަގަޅު ތަންތަން ހޯދޭ. ކަން ކުރަން ނޭންގި ގެއްލުން ވީއޭ ބުނެބަަލަ.
ރެޑޭ
17 December 2021
މޭޒު ދަށުން؟
ށަވިޔަނި
16 December 2021
މަދުފަހަރަކު ނޫނީ ތިތަނަށް ނުވަންނަން. ތިއީ މަހުޖަނުންނަށް ޚާއްޞަ ތަނެއް. ސަހަރެއް ވެއްޖެއްޔާ ހުރިހާ ފެންވަރުގެ މީހުންގެ ތަންތަން ހުންނަންޖެހޭ ކަމަށް ގަބޫލުކުރެވޭތީ އެއްވެސް ޝަކުވާއެއް ނެތް. މަގޭ ފެންވަރުގެ ތަންތަނަށް ދަނީ.
ބަހަނާ
16 December 2021
އެމެއްނާރައޭ މަހެއްނުބޭނުނޭ ނުކިޔާ ރީތިކޮށް ބުނަންވީނު ފައިދާ ނުވާތީއޭ ބަންދުކުރަނީ. ކަސްޓަމަރުން ވެއްޓި އަނިޔާވާތީ ކަންބޮޑުވާބަޔަކު އެވަރުކަމެއް ރަނގަޅުކޮށްނުލާ މިހާ ދުވަހު ފިހާރަ ހިންގާނެތަ؟ އެވަރުންވެސް އެއްޗެހީގެ އަގުހެޔޮ ކޮށްލައިގެން ފައިދާވާނެ ގޮތަކަށް ހިންގަންނޫޅެ ތަން ބަންދުކޮށްލަނީ އެއީ ކަސްޓަމަރުންދެކެ އެހާވަރަށް ލޯބިވާތީ.
ކޮލިޓީގޮލާ
16 December 2021
ފެންޓަސީ ގްރޫޕަށް ކުލީ ބިމެއް ދީފައި އަމިއްލަޔަށް ޑިވެލޮޕް ކޮށްގެން އަދި އެޗްޑީސީ އަށް ކުލިވެސް ދީގެން ހިންގަފާނެ. ތަނެއް ދިނީމާ ނިމުނީ. ޝޮޕިންގ ކުރަން ކޮންމެ ދުވަހަކު މާލެ ދާންވީމާ ކިހާ ދަތިވާނެ. ބޭނުންވާ މުހިންމު އެއްޗެތި ލިބެނީ އެތަނުން.
ދުއްކާންދާރު
16 December 2021
މާލޭގަ އެންމެ ހާޑްވެއާ އެއް ހިންގިއިރު މީހުން ކިއު ގަ ތިބެގެންވެސް ވިޔަ ފާރި ކުރި. މިހާރު އެހެނެއް ނުވާނެ. އަގުބޮޑު ޚިދުމަތުގެ ފެންވަރު ދަށް ތަންތާކުން ވިޔަ ފާރިއެއް ނުވާނެ.
ވެއްޓިދާނެ
16 December 2021
ފެންޓަސީއަށް ވަންނައިރު އެއިންނަ މީހުން ވެއްޓޭފަދަ ކުޑަކުޑަ ތަންކޮޅު އެއީ ފަސޭހައިން ބަދަލުކޮށްލެވިދާނެ ތަންކޮޅެއް ނޫންބާ؟ މިހާ ދުވަސްވީއިރު އެތަން ބަދަލުކޮށްލަން ނުއުޅެ ތިބުމަކީ ހަމަ ބޮޑު އަޖައިބެއް.
ދީދީގެދޫ
16 December 2021
އެޗު ޑީ ސީ އަކުން ހުއްދައެއްނުދޭ އިސްކުރެއް ޖަހާލާކަށްވެސް
ސުުހެއިލް
16 December 2021
އިސްކުރު ޖަހާކަށް ނުޖެހޭ، އެތާ ޑެކް އެއްހަދާލީމަ ނިމުނީ އިސްކޫރެެއް ނުޖެހިއަސް ވާނެ، އަސްލު ވެގެން އުޅޭ ގޮތަކީ އަދިކިރިޔާ ރޭކާލީ މުހިއްމުކަން ހުޅުމާލެ މިހާރު ބޭނުންވަނީ ހިލޭ ބިމެއް އެއްޗެކޭ ކިޔައިގެން.. ކީކެ ދެން ބުނާނީ!
ބަހަނާ
16 December 2021
ތީ ހަމަ ވިޔަފާރިވެސް ދަށީ އަދި ކޮން ކައުންޓަރެއް އިތުރު ކުރާވާހަކަ ފުރަތަމަ ތިބި 3 ކައުންޓަރު ތެރެއިން އެންމެ ކައުންޓަރެއްގަ ކުއްޖެއް ހުންނައިރު...
ސުލައިމާނު
16 December 2021
އިބްރާހިން ރަޝީދަކީ ބިޒިނަސް މައިންޑެއް، އެކަށީގެންވާ ފައިދާއެއްވެސް އެތަނުން ނުލިބޭތީ ރެޑްވޭވުގެ ކޮމްޕެޓިޝަންވެސް އޮތުމާއެކު އަދި އެވިދާޅުވާ ދަތިތައްވެސް ހުރުމާއެކު ބަންދުކުރަން ނިއްމީ!!!