ޚަބަރު / އުމަރު ޒާހިރު

އަގުހުރި ހިދުމަތްތެރިޔާ އުމަރު ޒާހިރު އަވަހާރަވެއްޖެ

އުމަރު ޒާހިރު އަވަހާރަވީ ކޮވިޑްގެ އާލާސްކަންފުޅުގައި، އުމުރުފުޅުން 85 އަހަރުގައި

20 ޑިސެމްބަރ 2021 - 14:28

34 comments

ރާއްޖެ އަށް ވަރަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި، އަދި އެތައް ބައެއްގެ ލޯބި ލިބިވަޑައިގެންފައިވާ ކުރީގެ މިނިސްޓަރު އުމަރު ޒާހިރު ދާދިދެންމެއަކު އަވަހާރަވެއްޖެ އެވެ.

އުމުރުފުޅުން 85 އަހަރުގެ އުމަރު ޒާހިރު އަވަހާރަވީ ކޮވިޑް-19 އަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ދަރުމަވަންތަ ހޮސްޕިޓަލްގަ އެވެ.

އުމަރު ޒާހިރުގެ ގާތް ބޭފުޅަކު "މިހާރު" އަށް ވިދާޅުވީ، އުމަރު ޒާހިރު އަވަހާރަވީ ހާލުކޮޅު ސީރިއަސް ވެގެން އިއްޔެ ހަވީރު 3:30 ހާއިރުން ފެށިގެން އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ކަމަށެވެ.

އަވަހާރަވިއިރު، އަންހެން ބޭފުޅަކާއި ކާފަ ދެ ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ.

އުމަރު ޒާހިރު ވަނީ 1983 އިން 2008ގެ ނޮވެމްބަރުގެ ނިޔަލަށް އެކި މިނިސްޓްރީތަކުގެ މިިނިސްޓަރުކަން ކުރައްވައިފަ އެވެ. މި މުއްދަތުގެ ތެރޭގައި އެމަނިކުފާނު އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ ކޮންސްޓްރަކްޝަން މިނިސްޓަރު ކަމުގައި ހުންނަވައިގެން ކުރެއްވި އަގުބޮޑެތި މަސައްކަތްތަކުންނެވެ. މާލޭގެ މަގުތަކުގައި ގާއެތުރުމުގެ މަޝްރޫއު ފެށުމާއި ހުޅުމާލެ ހިއްކުމުގެ މަޝްރޫއާއި ތިލަފުށި ހިއްކައި އެތަނުގައި ކުނި އަންދަން ފެށުމާއި މާލޭގެ އާޓިފިޝަލް ބީޗް ހެދުން ކަހަލަ ވަރަށް ބޮޑެތި މަޝްރޫއުތައް ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ވަނީ ހިންގަވައިފަ އެވެ. އެހެން ބައެއް ވަޒީރުންނާ ހިލާފަށް އުމަރު ޒާހިރު ފާހަގަކުރެވެނީ މަޝްރޫއު ހިންގާ ތަންތަނަށް ވަޑައިގެން އަމަލީ ގޮތުން އުޅުއްވި ބޭފުޅެއްގެ ގޮތުގަ އެވެ.

ރާއްޖޭގެ އެންމެ މަތީ ފެންވަރުގައި ވަޒީފާ އަދާކުރެއްވުމުގެ އިތުރުން ސަރުކާރަށް ސީދާ ހިދުމަތް ފެއްޓެވުމުގެ ކުރިން އެމަނިކުފާނު ވަނީ ބަނޑޮހުގެ މެނޭޖަރު ކަން ވެސް ކުރައްވައިފަ އެވެ. އޭގެ އިތުރުން މަޖީދިއްޔާ ސްކޫލުގެ ހެޑްމާސްޓަރު ކަން ވެސް ކުރެއްވި އެވެ. އެމަނިކުފާނުގެ ހެޑްމާސްޓަރުކަމުގައި މަޖީދިއްޔާ ސްކޫލަށް ގެންނެވި ބަދަލުތައް އެއީ، އޭރު ތައުލީމު ހާސިލް ކުރި އެތައް ބަޔަކު ނަމޫނާއެއްގެ ގޮތުގައި ފާހަގަކުރަމުން އަންނަ ކަމެކެވެ.

އުމަރު ޒާހިރުގެ ހޯމް މިނިސްޓަރު ކަމުގައި ފަހުން ހުންނެވި އިރު، 2004 އާއި 2005 ގައި ވެސް ރާއްޖޭގެ ވަރަށް ތާރީހީ ނިންމުންތައް ނިންމައިފައި ވެ އެވެ. އޭގެ ތެރޭގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިޔާސީ ޕާޓީތައް އުފައްދަން ހުއްދަ ދިނުމާއި ފުލުހުން މަދަނީ ބައެއްގެ ގޮތުގައި ހަމަޖެހުން ހިމެނެ އެވެ.

އުމަރު ޒާހިރު އާންމުން ފާހަގަކުރާނީ ފަހުގެ ތާރީހެއްގައި ރާއްޖެ ދުށް އެންމެ ބޮޑު ހިދުމަތްތެރިޔާގެ ގޮތުގަ އެވެ.

ފުވައްމުލަކުގައި އުމަރު ޒާހިރު ބިނާކުރެއްވި މިސްކިތް، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް މި މަހުގެ ދެ ވަނަ ދުވަހު ހުޅުވައިދެއްވާ އިރު އުމަރު ޒާހިރު އަރިހުގައި .- ފޭސްބުކް ފޮޓޯ: ޑރ. ޝަހީމް

އުމަރު ޒާހިރަށް ކޮވިޑްގެ އާލާސްކަންފުޅު ކުރިމަތިވީ، އެމަނިކުފާނުގެ ހިލޭ އެހީގެ ދަށުން ފުވައްމުލަކުގައި އިމާރާތް ކުރި މިސްކިތް ހުޅުވުމަށް، މި މަހުގެ ދެ ވަނަ ދުވަހު އެ ރަށަށް ވަޑައިގަތުމަށް ފަހު އެނބުރި މާލެ ވަޑައިގެންނެވުމާ އެކު އެވެ. އެ މިސްކިތަކީ އެމަނިކުފާނުގެ އެންމެ ފަހުގެ ގައުމީ ހިދުމަތެވެ.

34 ކޮމެންޓް, 85 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 96%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 1%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖެނޮސައިޑް ނާސިރު

21 December 2021

إنا لله وإنا إليه راجعون

The name is already taken The name is available. Register?

ޢަހްމަދު 2

21 December 2021

ކަންދިމާ ކުރި ގޮތުން ވަރަށް ގިނަ ދުވަސް ދުވަހު އިޝާނަމާދަށް އެރެނީ ދުނބުރި މިސްކިތައް މިސްކިތުން ކޮންމެރެއަކުންވެސް ފައިބާއިރު އުމަރު ޒާހިރު ފެނާނެ ހިންގަވާފަ ވަޑައިގަނަވަނީ އަރިހުގައި ހުންނަ ބޭރުމިހާ އެކު ކާރުބާރު ބޮޑު މަގުގާ ހިންގަވާފަ މިސްކިތައް ވަޑައިގަންނަވަނީ إنا لله وانا اليه راجعون. ޢުމަރު ޒާހިރުގެ ފުރާނަފުޅަށް ﷲ ހެޔޮ ރަޙްމަތް ލައްވާށި

The name is already taken The name is available. Register?

ހުވާ

20 December 2021

ހަގީގަތުގައި ގައުމީ ހިތާމާގައި ސަރުކާރު ބަންދުކުރަންޖެހެނީ މިފަދަ ވެރިން ވަކިވެދިއުމުން.

The name is already taken The name is available. Register?

ފުން

20 December 2021

إنا لله وإنا إليه راجعون

The name is already taken The name is available. Register?

ޑިސްއޮނަރަބަލް ޑީޑީ

20 December 2021

އުމަރު ޒާހިރަކީ ވަރުގަދަ ފަހުލަވާނެކެވެ. ދީލަތިވެސް ބޭކަލެކެވެ. މަރުޙޫމުގެ ފުރާނަފުޅަށް ރަޙްމަތްލައްވާށިއެވެ. އާމީން.

The name is already taken The name is available. Register?

ގަލަން

20 December 2021

إنّالله وإنّاإليه راجعون عمر زاهر އަކީ މުރާލި ހީވާގި ވަފާތެރި އަމާނާތްތެރި ކެތްތެރި ނަމޫނާ ޚިދުމަތްތެރިއެއް. ﷲ މައްޔިތާގެ ފާފަ ފުއްސަވައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. آمين

The name is already taken The name is available. Register?

ޙިނި

20 December 2021

ފުވައް މުލަކުގައި މިސްކިއް އާޅާދެއްވީތީ އުމަރު ޒާހިރުއައް ހެޔޮދަރުމަ ލިބޭނެ.

The name is already taken The name is available. Register?

ނަރެންދްރާމޯދީ

20 December 2021

ބައެއް ދިވެހިން ހަދާން ނެތިފައި ވާ އެއް ކަމަކީ 70 ޔާއި 80 ގެ އަހަރުތަކުގައި ދިވެހި ރާއްޖެޔަކީ ދުނިޔޭގައި އޮތް އެންމެ ފަގީރު އެއް ގައުމުކަން.މިކަން މިގޮތައް އޮތް އޮތުން ބަދަލު ކޮއްދެއްވީ އުމަރު ޒާހިރު ފަދަ ހިދުމަތް ތެރި ބޭކަލުންގެ ގިނަ އަގުހުރި މިންނެއް މަސައްކަތުން. މަރުހޫމައް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށި.

The name is already taken The name is available. Register?

ކުޗީ

20 December 2021

ވަރަށް ހިތްހެޔޮ މީހެއް. ހަދާންވޭ ކުޗީ މެން ބޮޑުވެގެން އައިއިރު ހުކުރު ދުވަހު ދިހައެއް އެގާރަ ޖަހާއިރު މާފަންނު ހިއްކި ބިމުގައި ފުޓުބޯޅާ ކުޅޭ ކުދިން ހުކުރަށް ދާން ގެއައް ފޮނުވާލަން އަންނާނެ. އުޅޭނީ ބައިސްކަލެއްގަ. އޭނައަކީ ހަމައަސްލުގަވެސް ހިތްހެޔޮ ހިދުމަތް ތެރިޔެއް.

The name is already taken The name is available. Register?

ދިވެހި ދަރި

20 December 2021

‏إنا لله وانا اليه راجعون. ޢުމަރު ޒާހިރުގެ ފުރާނަފުޅަށް ﷲ ހެޔޮ ރަޙްމަތް ލައްވާށިއެވެ. އާމީން! ޔާ ރައްބަލް ޢާލަމީން!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454