ގަވައިދު ބުނާ ގޮތުން ހޯމްސްޓޭ ވެސް ހިންގަން ޖެހޭނީ ގެސްޓް ހައުސްގެ ގޮތުގައި ރަޖިސްޓްރީކޮށްގެން. ވަކި ޝަރުތުތަކެއްގެ ތެރޭގައި އަދި ވަކި ފެންވަރެއްގައި
ފަތުރުވެރިންތަކެއް ޕިކަޕެއްގައި ދަނީ-- މިހާރު ފައިލް ފޮޓޯ
30 ޑިސެމްބަރ 2021 - 22:52
މީހުން ދިރިއުޅޭ ގޭގޭގެ ވަކި ކޮޓަރިތަކުގައި ރާއްޖެ އަށް އަންނަ ޓޫރިސްޓުންނަށް ތިބެވޭ ގޮތަށް ތައާރަފުކުރާ "ހޯމްސްޓޭ" ޓޫރިޒަމް ގަވާއިދު މިރޭ އާންމުކޮށްފި އެވެ.
އަންނަ ހޮނިހިރު ދުވަހު ހޯމްސްޓޭ ޓޫރިޒަމް މ. ދިއްގަރުގައި ތައާރަފުކުރުމަށް ތައްޔާރުވަމުން އަންނައިރު ޓޫރިޒަމް މިނިސްޓްރީން އެކަމަށް އެކުލަވާލާފައިވާ ގަވާއިދުގައި ވަނީ ހޯމްސްޓޭ ގެސްޓްހައުސްގެ ގޮތުގައި ބަލާނެ ތަންތަނާއި އެތަންތަނަށް ހުއްދަ ދޫކުރުމުގައި އަމަލުކުރާނެ ގޮތާއި ހުއްދަ ބާތިލުކުރާނެ ކަންކަމުގެ އިތުރުން އެތަން ބަލާފާސްކުރާނެ ގޮތްތައް ވެސް ހިމަނައިފަ އެވެ.
އެ ގަވާއިދުގައި ބުނާ ގޮތުން ހޯމްސްޓޭގެ ގޮތުގައި ގެސްޓްހައުސް ހިންގުމުގެ ހުއްދަ އަށް ހުށަހަޅާ ވިޔަފާރީގެ ހުރިހާ ބައިވެރިންނާއި ޑިރެކްޓަރުންގެ ކުށުގެ ރިކޯޑް ހުށަހަޅަން ޖެހެ އެވެ. އަދި ޓޫރިޒަމް ގުޑް އެންޑް ސާވިސަސް ޓެކްސް ދެއްކުމަށް މީރާގައި ރަޖިސްޓްރީ ވާން ޖެހެ އެވެ.
ޓޫރިޒަމް މިނިސްޓްރީ އަށް ހޯމްސްޓޭގެ ގޮތުގައި ގެސްޓްހައުސްގެ ހުއްދަ އަށް އެދުމުން މިނިސްޓްރީން އައްޔަނުކުރާ ފަރާތެއް ގޮސް އެ އިމާރާތް ބެލުމަށް ފަހު އެތަނަކީ ޓޫރިސްޓުން ބައިތިއްބަން ގާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ތަނެއްތޯ ބަލާނެ އެވެ. އަދި އެކަމަށް އެދޭ މީހަކީ ދައުލަތަށް އެއްވެސް ފައިސާއެއް ދައްޖަން ޖެހޭ މީހެއްތޯ އާއި ފައިސާ ދައްކަން ޖެހޭ މުއްދަތުގައި ދައްކާފައިވާ މީހެއްތޯ ބަލާނެ އެވެ.
ހޯމްސްޓޭ އަށް ހުއްދަ ދޫކުރަން މިނިސްޓްރީން ނިންމާފައި ވަނީ ފަސް އަހަރަށެވެ. އެއީ ގެސްޓްހައުސް ހިންގުމުގެ ހުއްދަ އަށް އެދި ހުށަހަޅާ ފަރާތަކީ ގޯއްޗާއި އިމާރާތުގެ ވެރި ފަރާތް ނޫން ނަމަ، އެގްރީމަންޓުގެ މުއްދަތަކީ ފަސް އަހަރަށް ވުރެ ކުރު މުއްދަތެއް ނަމަ، ހުއްދަ ދެނީ އެ އެގްރީމަންޓުގެ ހުއްދަ ހަމަވާ ދުވަހަށް ވުރެ ކުރު މުއްދަތަކަށެވެ.
ރާއްޖެ އައި ޓޫރިސްޓުންތަކެއް އެއާޕޯޓު ފެރީއަށް އަރަންދަނީ-- މިހާރު ފައިލް ފޮޓޯ
ގަވާއިދުގައި ބުނީ ކުށުގެ ރިކޯޑު ސާފުކުރާއިރު ހުއްދަ އަށް އެދޭ ފަރާތުގެ ވިޔަފާރީގެ ބައިވެރިއެއް ނުވަތަ ޑިރެކްޓަރެއްގެ ކުށުގެ ރިކޯޑު އޮތް ނަމަ، އެ ކުށަކީ ހޯމް ސްޓޭ އަށް ޒިޔާރާތްކުރާ ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ބުރޫއަރާ ފަދަ އަމަލެއް ކަމަށް ގަބޫލުކުރެވޭ ނަމަ، ހުއްދަ ދޫނުކުރުމުގެ އިހްތިޔާރު ވެސް މިނިސްޓްރީ އަށް ލިބޭ ކަމަށެވެ.
މި ހުއްދަ ދޭ ތަންތަނަށް މަދުވެގެން 24 ގަޑިއިރުގެ ނޯޓިހެއް ދިނުމަށް ފަހު ބަލާފާސްކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށާއި މިނިސްޓްރީން އައްުޔަންކުރާ މީހުންނަށް ލިބެ އެވެ.
މިނިސްޓްރީން ހުއްދަ ދޭ ހޯމްސްޓޭތައް ހުއްޓާލަން ބޭނުންވެެއްޖެ ނަމަ، ހުއްދަ ބާތިލުކުރުމަށް އެދި މިނިސްޓްރީ އަށް ހުށަހަޅަން ޖެހޭއިރު ހުއްދަ ބާތިލުކުރުމަށް ފަހު ހަތް ދުވަހުގެ ތެރޭގައި މިނިސްޓްރީން އެކަން ހުއްދަ ދިން މީހާ އަށް އަންގަން ޖެހެ އެވެ.
- އެއް ކޮޓަރިން ފެށިގެން ފަސް ކޮޓަރިއާ ހަމައަށް ޓޫރިސްޓުން ބޭތިއްބުމަށް ވަކިވަކި ކޮޓަރި ހާއްސަކޮށްފައި ހުންނަން ޖެހޭ. [ކޮޓަރި އާއި ފާހާނާ ހިމެނޭ ގޮތަށް 120 އަކަފޫޓު ހުންނަން ޖެހޭ].
- ކޮންމެ ކޮޓަރިއެއްގައި ވަކިވަކި ފާހާނާ ހުންނަން ޖެހޭ.
- ޓޫރިސްޓުންނަށް ހާއްސަކޮށްފައިވާ ކޮޓަރިއެއްގައި ނިދަން ދެ އެނދު ހުންނަން ޖެހޭ.
- ގެސްޓްހައުސްގައި ހުންނަ ޓޫރިސްޓަކަށް އެތަނެއްގެ ވެރިއަކަށް ގުޅުމުގެ އިންތިޒާމު ހަމަޖެއްސުން
ހޯމްސްޓޭގެ ގޮތުގައި ހިންގާ ތަންތަނަށް ހުއްދަ ދޫކުރާނީ ކައުންސިލުން ކަނޑައަޅާ ތަނެއްގައި ޓޫރިޒަމް ޑެސްކް ގާއިމުކޮށްފައިވާ ނަަމަ އެވެ. ޓޫރިސްޓުން ރަށު ތެރޭގައި ހިފަަހައްޓަން ޖެހޭ މިންގަނޑުތައް ބަޔާންކޮށް، މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ރަށުގައި އަމަލުކުރާނެ އުސޫލު އެކުލަވާލަން ޖެހެނީ ކައުންސިލުންނެވެ. އަދި އިމަޖަންސީ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް ވެސް އެކުލަވާލަން ޖެހޭއިރު ހޯމްސްޓޭތަކުގައި އިމަޖަންސީ ހާލަތެއް މެދުވެރިވެއްޖެ ނަމަ އަމަލުކުރަން ޖެހެނީ އެ ޕްލޭނަށެވެ.
ގަވާއިދުގައި ބުނާ ގޮތުގައި މި ތަންތަނުގައި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް އެއްވެސް ކަމެއް ނުކުރެވޭނެ އެވެ.
- ޕާސްޕޯޓާއި ފާއިސާ ފަދަ ތަކެތި ރައްކާކުރުމަށް ތަޅުލެވޭ ސެކިއުރިޓީ ބޮކްސްއެއް ހުންނަންޖެހޭ.
- ކޮޓަރީގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ނަމަ، އެކަމުގެ ނިޝާން ކޮޓަރީގައި ފެންނަން ހުންނަން ޖެހޭ.
- ކޮންމެ ކޮޓަރިއެއްގައި މަދުވެގެން ދެ ލީޓަރުގެ ފެން ލިބެން ހުންނަން ޖެހޭ.
- ކޮޓަރި އާއި ފާހާނާގައި މަތިލެއްޕޭ ގޮތަށް ކުނި އަޅާ ވަށިގަނޑެއް ހުންނަން ޖެހޭ.
- މަދުވެގެން ކޮންމެ މީހަކަށް ތުވާއްޔެއްގެ މަގުން ތުވާލި ދޭންޖެހޭ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ "ނޫ އިގްތިސޯދު" ގައި ވަނީ ހޯމް ސްޓޭގެ ވައުދު ހިމަނައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިތަދޫ ކަލޯ
01 January 2022
ތިކަމުގެ ސަބަބުން ރާއްޖޭގެ އަގު ވެއްޓޭނެ ވަރަށް ބޮޑަށް، މިހާރުވެސް އޯވާ ބުކް ކޮއްފަ އެތައް ބަޔަކަށް ލަނޑުދޭ ދެން ތި ހުޅުވީ އިތުރު ދޮރެއް... ނަން ވާނީ ރާއްޖެ.. ފަހަތުން ސަރުކާރުންވެސް ހަރަދު ކުރާނެ ލަނޑުލިބުނު މީހުންނަށް މީ މިކަން އޮތް ގޮތް
ބަގަޓު
04 January 2022
އޯވަރބުކިންގް ހަދަނީ ސަރުކާރުންތަ؟
މަލާބާރު ސްޓޭ
31 December 2021
ބަލަ ތިޔަ ފެންވަރަށް ހަދަންވެއްޖެއްޔާ ގެސްޓް ހައުސްއެއް ހިންގިޔަސް މާރަގަޅުވާނެ.. ހޯމް ސްޓޭ އަކީ ތިޔަ ފަދަ އެއްވެސް ކަމަކާނުލާ އަމިއްލަ މީހާއަށް ފަސޭހައިން އެކަންކުރެވޭނެ ނިޒާމަކަށް ކިޔާ ނަމެއް. އަމިއްލަ ގޭގެ ކޮޓަރިއެއް ކުއްޔަށް ދޫކުރުަމަށް ތިޔަވަރުގެ އިދާރީ މަސައްކަތް ނުކުރެވޭތީދޯ ގެސްޓް ހައުސް ރަޖިސްޓްރީ ނުކުރަނީ.. އެހެންނަމަވެސް ތިގަވައިދުގެ ދަށުން ގެސްޓްހައުސްއެއްގެ ހުރިހާ އިދާރީ މަސައްކެތެއް ހޯމް ސްޓޭގައިވެސް ކުރަންޖެހޭ.. ތީ ހަމަ އޮޅުވާލުން
ބެގޮފް
04 January 2022
ދެން ހަމައެއް ލަމައެއް ނެތި ދޫކޮށްލަންވީތަ؟ ޓެކްސް ވެސް ދައްކާކަށް ނުޖެހޭނެ އުތަ؟
ކަލްދޯބަޖޭންގާ
31 December 2021
ބަލަ ތިޔަހެން ނުބުންޏަސް އެނގޭ ތިޔަކިޔާމީރާއައް ފައިސަނުދީ އެއްކަމެއްވެސް ނުކުރެވޭނެ ކަން މީހާ ދުނިޔެއައް އައިއްސުރެން ކައްވަޅައް ދަންދެން ތިޔަކިޔާ މިރާޔައް ޓެކްސް ދައްކަންޖެހޭ ވަޅުލެވޭނީވެސް ކަފުނަށާއި ސަންދޯކް ފިލަޔައް ދަންދެން ރުފިޔާ ދައްކާފައި ނަންވާނީ ފިރު އައުނު ރައްޔިތުން އަޅުވެތިކޮއްގެން އުޅޭވަހަކަ ތާރީޙީފޮއްތަކުން އެކަމަކު މިހާރު ލައިވްކޮއް މިފެންނަނީ އެމަންޒަރ ރައްޔިތަކައް ވަޒީފާއެއް ނުހޯދާދެވޭ އެކަމަކު ރައްޔިތުމީހާ އަތުން ޓެކސ
ވަކަފޫޅު
04 January 2022
މީރާއަށް ޓެކްސް ދެއްކީމާ ވާ ފައިދާ ނޭގޭބާ؟
ރަދުން
31 December 2021
މަގުމަތީ ބާޒާރު ހިންގޭނީ ބަންގާޅުގައި ރަޖިސްޓްރީ ވެގެން.ހަމައެއް ލަމައެއްނެތް.
ނާޑުވާ
31 December 2021
އެކަކުވެސް ރަގިސްޓްރީ ކުރާނެކަމެއް ނެތް. ދައުލަތަށް ޓެކްސް ދެއްކުމުގެ އެއްވެސް ފައިދާއެއް ރައްޔިތުުންނަކަށް ނުކުރޭ. ވެރިންނަށާ މަޖިލިސް މެމްބަރުންނަށް ބޮޑިމިސާރަދޭން ރައްޔިތުން ފެލާލުން ނޫންކަމެއް ސަރުކާރުތަކުން ނުކުރޭ.
ބަރުތީލަ
31 December 2021
ސުކުރިއްޔާ ! އަޅުގަނޑުގެ ވޯޓު އެމްޑީޕީއަށް
ލ.އަތޮޅު
31 December 2021
ރައްޔަތުން ފެލާ ސަރުކާރު، އެހެން ގެއެއްގަ ފާހަނާކުރެވޭނީވެސް ރަޖިސްޓްރީކޮށްގެން.....
އުދުހޭ
31 December 2021
ހޯމްސްޓޭ އަށްފަހު ދެންއޮތީ އެނދުސްޓޭ ތޯ؟
އސްލަމް މިޔާ
31 December 2021
މާލޭ ގެ 2 ކޮޓަރި އެއްގައި ހުންނަނީ 120 ފޫޓު