18 ޖެނުއަރީ 2022 - 06:14
ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އީލޮން މަސްކްގެ ކާރު ކުންފުނި ޓެސްލާގެ ވިޔަފާރި އިންޑިއާ އަށް ގެންނަން އެ ގައުމުގެ މަޝްހޫރު ފިލްމީ ތަރިއެއް ކަމަށްވާ ތެލެގޫ އެކްޓަރު ވިޖޭ ދެވަރަކޮންޑާ ލޮބީކުރަން ފަށައިފި އެވެ.
އިންޑިއާގެ އެންމެ ކުރިއަރާފައިވާ އެއް ސިޓީ ކަމަށްވާ ހައިދަރުއާބާދުގައި އިލެކްޓްރިކް ކާރު އުފައްދާ ޓެސްލާގެ ވިޔަފާރި ފެށުމަށް އީލޮން އަށް ވިޖޭ ގޮވައިލީ ތެލަންގަނާ ސްޓޭޓްގެ އިންޑަސްޓަރީ އެންޑް ކޮމާސް މިނިސްޓަރު ކޭޓީ ރާމަ ރާއޯ ކުރެއްވި ޓުވީޓަކާ ގުޅިގެންނެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓެސްލާގެ ވިޔަފާރި އިންޑިއާގައި ފަށަން އީލޮންއާ އެކު ޕާޓްނާޝިޕް ހަދަން ޝައުގުވެރިވާ ކަމަށާއި އެކަމަށް ހުރި ގޮންޖެހުންތައް ވެސް ހައްލުކޮށް ދެއްވާނެ ކަމަށެވެ.
— Vijay Deverakonda (@TheDeverakonda) January 15, 2022
މިނިސްޓަރުގެ އެ ޓްވީޓާ ގުޅިގެން ކާމިޔާބު ފިލްމު "އަރުޖުން ރެޑީ" ގެ ބަތަލު ވިޖޭ އެއަށް ފުރަތަމަ ރިޕްލައިކުރީ "ޕްލަސް 1" ޖަހައިފަ އެެވ. އޭގެ ފަހުން އޭނާ ކުރި ޓުވީޓެއްގައި އީލޮން ޓެގްކޮށް ހައިދަރުއާބާދަށް އަންނަން އެދޭ ކަމަށް ބުނެ އޭނާގެ ވިޔަފާރި އިންޑިއާ އަށް އައުމަކީ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ ކަމަށް ބުނެފައިވެ އެވެ. އަދި ޓެލަގަންނާ ސްޓޭޓްގެ ސަރުކާރު ވެސް ވަރަށް ބަރާބަރު ވާނެ ކަމަށް މި އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު "ލައިގާ" ގެ ބަތަލު ބުންޏެވެ.
މިނިސްޓަރުގެ ޓުވީޓަށް ބޮލީވުޑްގެ އެކްޓަރު ރިތޭޝް ދޭޝްމުކްގެ އަންހެނުން ބަތަލާ ޖެނެލިއާ ޑި ސޫޒާ ވެސް ތާއީދުކޮށްފައިވެ އެވެ.
.@elonmusk -
— Vijay Deverakonda (@TheDeverakonda) January 15, 2022
Come to Hyderabad - India!!!
It will be epic to have you 🤍
The Government here in Telangana is terrific too..
އިންޑިއާ އިން އީލޮން އަށް ޝައުގުވެރިކަން ފާޅުކުރަން ފަށާފައި މި ވަނީ ޓެސްލާގެ މަސައްކަތްތައް އިންޑިއާގައި ފަށަން ނިންމާފައިވާކަން ކުރިން އިއުލާން ވެސް ކޮށްފައި ވަނިކޮށެވެ. އެގޮތުން ކުންފުނީގެ އިންޑިއާގެ ހެޑްކުއާޓަރު މުމްބާއީގައި ގާއިމުކުރަން ނިންމާފައިވާ ކަމަށް ބުނެފައި ވަނީ މިދިޔަ އަހަރު އެވެ.
Love this car so so much @elonmusk
— Genelia Deshmukh (@geneliad) January 15, 2022
Feels like hope is around the corner @KTRTRS https://t.co/Ee5qVUz4FW
ޓެސްލާ އަކީ އިލެކްޓްރިކް ކާރު އުފެއްދުމުގައި މިހާރު އެންމެ ނަގާކިޔާ ކުންފުންޏެވެ. އެ ކުންފުނީގެ އަގު ދާދި ފަހުން ވަނީ ޓްރިލިއަން ޑޮލަރަށް ވެސް އަރައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދުންްގެ ހުސޭން
18 January 2022
އޭ އީލޯން އަޅުގަނޑު ބޭނުން ޓެސްލާ ރާއްޖެ ގެންނަން 2+
މޫނިމާ.
18 January 2022
ރާއްޖެއަށްތޯ ނުވަތަ މުޤައްދަސް ރަށްކޮޅު ކ.އަތޮޅު މާލެއަށްތޯ ؟