ކުޑަކުދިންގެ ޑިޓެންޝަން ސެންޓަރު މިއަދު ހުޅުވުމުގެ ރަސްމިއްޔާތުގައި ކަމާބެހޭ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ/ ކަރެކްޝަނަލް ސާވިސް
30 ޖެނުއަރީ 2022 - 18:43
ކ. ހިންމަފުށީ އައްސޭރި ޖަލުގައި ކުޑަކުދިންގެ ޑިޓެންޝަން ސެންޓަރު ހަދައި، އެތަން މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.
ހޯމް މިނިސްޓްރީން ބުނީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 82 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ މިނިސްޓްރީގެ މައްޗަށް މައްޗަށް ލާޒިމުކޮށްފައިވާތީ، ހިންމަފުށީ އައްސޭރި ޖަލުގައި "ޖުވެނައިލް ޑިޓެންޝަން ސެންޓަރު" ގާއިމްކޮށްފައިވާ ކަމަށެވެ. އެތަން ހުޅުވަން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.
"ޖުވެނައިލް ޑިޓެންޝަން ސެންޓަރު" ހިންގާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުންނެވެ.
ކުށްކުރާ ކުޑަކުދިން މީގެކުރިން ބަލަހައްޓަމުން ގެންދިޔައީ ސީދާ އައްސޭރި ޖަލުގަ އެވެ. ނަމަވެސް އެތަނަކީ ކުޑަކުދިން ބައިބިއްބަން އެކަށީގެން ނުވާ ތަނެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީމް) އިން ބުނެފައިވެ އެވެ.
ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ 82 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ޖުވެނައިން ޑިޓެންޝަން ސެންޓަރު، ކ.ހިންމަފުށީ އައްސޭރި ޖަލުގައި ޤާއިމުކުރައްވާ އެކަން ޢާންމުކޮށް އިއުލާންކުރައްވާފި.https://t.co/nfv3XZVojG
— Home Ministry, MV (@HomeMinistrymv) January 30, 2022
އެހެންވެ އޭރު އައްސޭރި ޖަލުގައި ތިބި ކުދިންތަކެއް ގޭބަންދަށް ވެސް ބަދަލުކުރި އެވެ.
ކުޑަކުދިންގެ ޑިޓެންޝަން ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތު ހިންމަފުށީގައި ބާއްވަނީ. -- ފޮޓޯ/ ކަރެކްޝަނަލް ސާވިސް
އެކިި ކުށްތަކުގައި ބަންދުކުރާ ކުދިން ބެލެހެއްޓުމުގެ ކަންކަން އަލަށް ގާއިމުކޮށް ބޭނުން ކުރަން ފެށި "ޖުވެނައިލް ޑިޓެންޝަން ސެންޓަރު" ގެ ސަބަބުން ވަރަށް ބޮޑަށް ހަރުދަނާވެގެން އަންނާނެ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.
ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ބެލުމުގެ ދަށުން ކުޑަކުދިން ބޭތިއްބުމަށް ހަމަޖެހިފައިވާ މަރުކަޒެއްގެ މަސައްކަތް ދ. ކުޑަހުވަދޫގައި ވެސް މިހާރު އަންނަނީ ކުރަމުންނެވެ. ހޯމް މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި 2023 ފެށޭ އިރު އެ ތަނުގެ ހިދުމަތް ވެސް ދޭން ފެށޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުމާ
31 January 2022
ތީ ހަމަ ޖަލެއް. އައްސޭރި ޖަލުގެ ގޮޅިބަރިއެއްގަ ނަންބޯޑުޖަހާލީ. ކޮންމެކަމެއްވެސް ކުރަނީ މިހެން. ނަންބޯޑެއް ޖެހީމަވީ
ށަވިޔަނި
31 January 2022
ވަރަށް ރަނގަޅުކަމެއް.
ޖަމީލުބެ
30 January 2022
الحمد لله