އެމްއެމްއޭއިން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަވަރުނަރު އަލީ ހާޝިމް (މ) ވާހަކަދައްކަވަނީ-- ފައިލް ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
17 ފެބުރުއަރީ 2022 - 16:14
ރާއްޖެއަށް ޑިޖިޓަލް ފައިސާ ތައާރަފުކުރުމަށް ބޭނުންވާ ދިރާސާތައް ކުރަމުން އަންނަ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މިއަދު ވިދާޅުވެއްޖެ އެވެ.
އުރީދޫގެ އެމްފައިސާ ހިދުމަތް ވައިބަ މެދުވެރިކޮށް ދޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ގަވަރުނަރު ވިދާޅުވީ ރާއްޖޭގެ ޕޭމަންޓް ސިސްޓަމް ތައާރަފުކުރުން ކޮވިޑާ ހެދި ލަސްވިޔަސް އަންނަ ސެޕްޓެމްބަރު މަހު އެ ސިސްޓަމް ލައިވްކުރެވޭނެ ކަމަށެވެ. އަދި ޕޭމަންޓް ޕްރޮޖެކްޓުގެ ދަށުން ކުރިއަށް އޮތްތަނުގައި ބައިނަލްއަގުވާމީ ޓްރާންސެކްޝަން ހެދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުރިއަށް އޮތްތަނުގައި ޑިޖިޓަލް ފައިނޭންސް ކުރިއަރުވަން ރާއްޖޭގައި ޑިޖިޓަލް ކަރަންސީ ތައާރަފުކުރުމަށް ބޭނުންވާ ދިރާސާތައް ކުރަމުން އަންނަ ކަމަށް ވެސް ހާޝިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ދަނީ ޑިޖިޓަލް ކަރަންސީ ތައާރަފުކުރުމަށް އޭގަ ހުރި ޗެލެންޖުތަކާއި ފުރުސަތުތަކުގެ ދިރާސާތައް ކުރަމުން،" ހާޝިމް ވިދާޅުވި އެވެ.
ޑިޖިޓަލް ފައިސާ އާއި ކްރިޕްޓޯ ކަރަންސީއާ ތަފާތުތަކެއް ހުރެ އެވެ. ކްރިޕްޓޯ ކަރަންސީއަކީ ޑީސެންޓްރަލައިޒްޑް ފައިސާއަކަށްވާއިރު މި ފައިސާގެ ބެލެނިވެރި ފަރާތެއް ނޯންނާނެ އެވެ. ނަމަވެސް ޑިޖިޓަލް ފައިސާ އަކީ ބެލެނިވެރި ފަރާތެއް އޮވެ، ސެންޓްރަލައިޒްޑްކޮށް ދޫކުރާ އެއްޗެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރެޓޭ
18 February 2022
އެހެންވީމާ މިތަނުން ކޮމެންޓް ކުރާ ކޮންމެވެސް ކުއްޖަކު ގަވަރަނަ އަލީ ހާޝިމަށް ސެޝަންއެއް ނަގާދޭންވީ ނޫންތޯ؟
އެތައްވާހަކަ
18 February 2022
ތިޔަ ހަބަރު ކިތަންމެ އުފާވެރިޔަސް، އެމްއެމްއޭ އިން ކުރާ ކަމަކަށްވާތީ ތިކަން ހާސިލުވާނެކަމަށް ލަފާކުރެވެނީ 30 އަހަރު ފަހުން. އޭރު އޮންނާނީ އެހެން ކަމެއް ފަށަން ޖެހިފަ. ތީ ވަރަށް ސްލޯ ތަނެއް. ކައިރި ލަންކާ ބަނގްލަދޭޝްއަށް ލިބޭ އެތަށް ހިދުމަތެއް ފިންޓެކް ދާއިރާއިން ރާއްޖެއަށް ނުލިބޭ. އެކަމުގެ ޒިންމާ ނަގަންޖެހޭނީ އެމްއެމްއޭއާއި އެތަން ޖަވާބުދާރީކުރުވާ ފަރާތްތައް. ޕޭޕަލްވެސް މިހާރު ބައުވެއްޖެ. އެހިދުމަތްވެސް ނުލިބުނު. ކީސާވެސް ވީ ހިސާބެއް ނޭނގޭ.
ލަމް
18 February 2022
އެސްޓީއޯ ގެ ޑިޖިޓަލް ބޭންކްއަށް ހުއްދަ ނުދިނީ އެމް.އެމް.އޭ ގައި ނެތް ޑިޖިޓަލް ބޭންކް އަކީ ކޯޗެއެއް ކަމެއް އިގޭ ބަޔަކު. އެހެންވެ ގެން ފުރަތމަ އެމީހުން އެދަސްކުރަން ، ޓައިމް ބޭނުން ވާނެ .ވަރަށް ސަލާމް
ކުޗީ
17 February 2022
ކަންކަން ނުވަނީ ގާބިލް މީޙުންނެތީމަ. ކޮންމެ މީހެއްގެ އަތުގައި ޑިގްރީ ، މާސްޓަރސް އޮވޭ އެކަމަކު އެނގޭ އެއްޗެއް ހަރާން. އެމެރިކާއިންވެސް މިވިސްނުން އެބަގެންގުޅާ ، ޗައިނާއިން މިހާރުވެސް އެބަބޭނުން ކުރޭ. ޑިޖިޓަލް ކަރަންސީއަކީ ވަރަށް މުހިންމު ކަމެއް. މިކަންވެސް 15 ވަރަކަށް އަހަރުވާނެހެން ހީވަނީ.
އުދުހޭ
17 February 2022
ބޮޑެތި ރައްރަށް ވިއްކައިގެން ލާރިކާރިރު ލޮލަށް ނުފެންނަ ފައިސާ ވިއްކާ އަދި މާ ފަސޭހަވާނެ ދޯ؟
އޮނަރަބްލް އަފީފު ދީދީ
17 February 2022
ޤަވަރުނަރުކަމަށް އަލީ ވަޑައިގަތުމުން އެންމެބޮޑު ހިތްހަމަޖެހުމެއްލިބުނީ އަލީގެ ދައުރުގައި ރާއްޖެއަށް ވިޔަފާރީގެގޮތުންވަންނަ އާމްދަނީ (ޙާއްސަކޮށް ރިސޯޓްތަކަށް ވަންނަފައިސާ) ދިވެހިރާއްޖޭގައި ރެޖިސްޓްރީ ކުރެވިފައިވާ ބެންކަކަށްވެއްދުމަށާއި ޓެކުހުގެ ނިޒާމްގެ ތެރެއިން އެފައިސާގެ ހިސާބު ފެންނާންޖެހޭނެ ގޮތަށް މާލީ ޤަވާއިދަށް ބަދަލު ގެނެސް ރާއްޖޭގެ ފޮރިންގކަރަންސީ ޝޯޓޭޖްގެ މައްސަލަ ހައްލުކޮށް ކަޅުފައިސާ ހުއްޓުވަން ހަރުދަނޭ ޤަވާއިދުތަކެއް ހައްދަވާނެކަމަށް.
ނުވާނެ
18 February 2022
ހައްދަވާނެކަމަށް. އަމަލީ ސިފައަށް އަދި 30 އަހަރު ބޭނުންވާނެ
މުއަށި
18 February 2022
ޢަލީ އަކަށް ތިކަމެއް ނުވި. ނުވެސްވާނެ.
ބޮޑުމީހާ
17 February 2022
ޕޭޕަލް ފަދަ ހިދުމަތް ދުނިޔެއަށް ތައާރަފްކުރިތާ ގަރުނުވެއްޖެ އަދިވެސް މިރާއްޖެއާއި ހަމައަށްލައްވާ ނުލާ އުޅެނިކޮށް އަނެއް މޮޅު ވާހަކަ އެ ދެއްކީ
ސަމްް
17 February 2022
އެސްޓީއޯ އިން ޑިޖިޓަލް ބޭންކްއެއް ހަދަން ހުއްދަނުދިން ބަޔަކު މިހެން މިކިޔަނީ؟ ތިޔައީ ދިރާސާ ކުރަން ޖެހޭ ކަމެއް ނޫން. މިހާރުވެސް އެތައް ގައުމެއްގަ ފަތުއަޑުކިޔާފަ ކުރާކަމެއް. ބީއެމްއެލް އޮތްހާ ހިނދަކު ރާއްޖޭގެ ޕޭމަންޓްގެ ސިސްޓަމް ޑިޖިޓައިޒް ވިޔަކަ ނުދޭނެ. ސަބަބު؛ ބީއެމްއެލްގެ ޕީއޯއެސް ވިޔަފާރި ފުޑޭނެތީ.
ސަމްް
17 February 2022
އެސްޓީއޯ އިން ޑިޖިޓަލް ބޭންކް ހަދަން އުޅުނީ ޖަރުމަނުގަ މިހާރުވެސް ކާމިޔާބު ކަމާއެކީ އެކަން ކުރާ ބައެއްގެ އިރުޝާދާ އެހީއާއިއެކު. އަޅުގަނޑަށް ޑިޖިޓަލް ބޭންކް އެގުނީ ބްރެޒިލްގެ އެންޔޫ ބޭންކް އިން. މީ އަސްލު މާފައްކާ ކަމެއް. އެމްއެމްއޭ އިން ބުނަނީ މީކުރެވޭނެ ކަމެއް ނޫނޭ. ދުނިޔޭގަ ބޭންކިން ނިޒާމް މިހާރު އޮތްގޮތް ނޭންގޭ ބަޔަކަށް ޑިޖިޓަލް ކަރަންސީ ނެރެން މިކިޔަނީ؟ ކަރަންސީގެ ބަދަލުގަ ކަރަންފޫ ނުނެރިފިއްޔާ ރަގަޅު
އަހުމިއްޓޭ
17 February 2022
އާނ، ބޮޑެތި އަދި ސިޔާސީބޭފުޅުންނަށް ކޮންމެވެސް ކަހަލަފައިދާއެއް ފެނުނީ. އެއިރުން ކަޅުކޮތަޅުގަ އުފުލާތަނެއް ނުފެންނާނެތާދޯ!
ފޯފީޓް
17 February 2022
ކިހާވަރަކުން ދާނެބާ؟ ޕޯޓަލްހަދައިގެންވާގޮތް އެބަފެނޭ!