މިފްކޯގެ ފިހާރަޔަކުން މީހަކު ރޭ މަސްދަޅު ކޭސްތަކެއް ގަނެގެން ދަނީ. މަސް ދަޅުގެ އަގު ބޮޑުކުރަން ނިންމުމާ އެކު ގިނަ ބަޔަކު ކިއޫގައި ޖެހިގެން މަސް ގަނެފައިވޭ. -- ފޮޓޯ: ނިޝާން އަލީ/މިހާރު
01 މާޗް 2022 - 07:23
މިފްކޯ އިން ވިއްކާ މަހުގެ ބާވަތްތަކުގެ އަގު މިހާރު ކުރިއަށް ރޯދަ ޕްރޮމޯޝަނާ އެކު އެއްވަރެއްގައި ހުންނާނެ ކަމަށް އެ ކުންފުނިން ރޭ ބުނެފި އެވެ.
މިއަދުން ފެށިގެން މިފްކޯއަށް މަސް ގަންނަ އަގު ބޮޑުކޮށް އެ ކުންފުނީގެ ބައެއް އުފެއްދުންތަކުގެ އަގަށް ގެންނަން ނިންމި ބަދަލާ އެކު ގިނަ ބަޔަކު އިއްޔެ އާއި ރޭ މިފްކޯގެ ފިހާރަތަކަށް ގޮސް މަސްދަޅު ގަނެފައިވެ އެވެ.
ނަމަވެސް ފަހުން ނެރުނު ބަޔާނެއްގައި ބުނީ މަސްވެރިން އަތުން މަސް ގަންނަ އަގު ބޮޑުކުރި ނަމަވެސް މިހާރު ކުރިއަށްދާ "އެންމެ މީރު" ޕްރޮމޯޝަނާ އެކު މިފްކޯގެ އުފެއްދުންތަކުގެ އަގު އެއްވަރެއްގައި ހިފަހައްޓާލެވޭނެ ކަމަށެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މެއި މަހުގެ ނިޔަލަށެވެ.
މީގެ އިތުރުން އެހެން އަހަރުތަކާ އެއްގޮތަށް މި އަހަރުވެސް އެ ކުންފުނީގެ އުފެއްދުންތައް ހުސްނުވެ ލިބެން ހުންނާނެ ކަމަށް ވެސް މިފްކޯގެ ބަޔާނުގައި ބުންޏެވެ.
މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ "މިހާރު" އަށް އިއްޔެ ވިދާޅުވީ މަސްދަޅު ކޭހަކުން 50-60ރ. ދެމެދުގެ އަދަދަކަށް ބޮޑުވާނެ ކަމަަށެވެ. އަދި އެ ކުންފުނީގެ އެހެން އުފެއްދުންތަކުގެ އަގަށް ވެސް ބަދަލު އައުން އެކަށީގެންވާ ކަމަށް ސީއީއޯ ވިދާޅުވި އެވެ.
އިސްމާއިލް ވިދާޅުވި ގޮތުގައި މަސްދަޅުގެ އަގު ބޮޑުކުރަން ޖެހުނީ ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ.
"މިދިޔަ ދެ ފަހަރު ވެސް ތެލުގެ އަގު ބޮޑުވި އިރު އަޅުގަނޑުމެން އަގަށް ބަދަލެއް ނުގެންނަން. އެކަމަކު އޮޕަރޭޝަނަލް ކޮސްޓުގެ ބޮޑު ބައެއް ހޭދަ ވަނީ ތެލަށް. އެހެންވެ އޭގެ އަސަރުތަކެއް ކުރާނެ،" އިސްމާއިލް ވިދާޅުވި އެވެ.
ބާޒާރުގައި 48 ދަޅުގެ ތެޔޮ މަސްދަޅު ކޭހެއް މިހާރު ލިބެނީ 610ރ. އަށެވެ. އަދި 24 ދަޅުގެ ކުޑަ ކޭހެއް ލިބެނީ 305ރ. އަށެވެ.
މިފްކޯއިން ދަޅުމަހުގެ އަގު ބޮޑުކުރަން ނިންމުމާ އެކު އިއްޔެ އާއި ރޭ ގިނަ ބަޔަކު ވަނީ މިފްކޯގެ ފިހާރަތަކަށް ގޮސް ކިއޫގައި ޖެހިގެން މަސް ދަޅު ކޭސްތައް ގަނެފަ އެވެ. ރޯދަ މަހާ ދިމާކޮށް، ރޯދަ މަހު އެންމެ ޑިމާންޑް ބޮޑުވާ ބާވަތްތަކުގެ ތެރޭގައި ހިމެނޭ މަސް ދަޅުގެ އަގު ބޮޑުކުރަން ނިންމުމުން އާންމުންގެ ނުރުހުން ވެސް ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
01 March 2022
މާދަމާ (1 މާރޗް) އިން ފެށިގެން މަސްދަޅުގެ އަގު ބޮޑުވާނެ ކަމަށް މިފްކޯ އިން (28 ފެބްރުއަރީ ގަ) މިއަދު ބުނެފި!
މަރީނާތ
01 March 2022
ތެޔޮއަގު ބޮޑުވިއަސް މަސްވެރިންނަށްދޭ އަގެއް ބޮޑެއް ނުކުރޭ ދެން ކީއްވެ މަސްދަޅު އަގު ބޮޑު ކުރަންވީ
އިބުރާ
01 March 2022
ސްޓަންޓެއް ޖައްސާލިދޯ. ފެބްރުއަރީ މަހުގެ ސޭލްސް މަތިކޮށްލާނެ މޮޅު ގޮތެއް ހަދާލީ. ހަމަ ޔަގީނުންވެސް ރޭ އެފިހާރައިން މަސްދަޅު ކޭސް ގަތް މީހުން ކޮންމެ މީހަކަށް 4-5 ކޭސް ގަތް.
ޒިޔާދާ
01 March 2022
ހާދަ ޒިންމާދާރުކަން ކުޑަ އެމް.ޑީއެކޭ މިއީ. ވަރަށް ފީކަޅާ. ބޮލެއް ހުރިއްޔާ އެނގެންވާނެ މިއީ މިވަގުތުކުރުން އެއްގޮތަކަށްވެސް ރަނގަލުކަމެއް ނޫންކަން.
އެމްސް
01 March 2022
ތިފެންނަނީ ޙަޤީގީ ސޭލްގެ ކުލަވަރު!
ރަދީފު ބިން ރަފައިދާ
01 March 2022
ޝުކުރިއްޔާ އިބޫ. އެކަމަކު މަހެއްފަހުން މި ޝުކުރު އަނބުރާ ނަގާނަން.
ޣަރޫ
01 March 2022
ޙާސްނުވޭ އެހެން ބުރޭންޑަކަށް ބަދަލުކޮއްލާ. ބައިވަރު ބިޓުން އެބައުޅެއެށްނު. 1 ބިޓު ފަހަތުން ދުވިޔަސް ކަމަކު ނުދާނެ އޭނަ އެހާވަރަށް ނޯ ޖަހާއިރު. ޢެހެން ބިޓެއްގެވެސް އަޖުމަ ބަލާލީމަ އިނގޭނީ ފެންވަރު. ހަމަ ސީދާ އެކައްޗެށް. ގޯސް ހަދަނީ ހަމަ "ހިތް*
ކާމިޔާބު
01 March 2022
ސްޓްކް ހުސްކޮލަށް ޖެއްސި ސްޓަންޓެން ދޯ މިއީ
ރަދީފްއޮފިޝިއަލް
01 March 2022
އެއްވެސް ކަހަލަ ވިސްނުމެއް ނެތި ބާ އަގު ބޮޑުކުރަން ކުރިން އިއުލާން ކުރީ؟ ރޭގަ މިފްކޯ ފިހާރަތެރޭގަ މީހުން އުޅުނު ގޮތުން ހީވަނީ މުޅި ރާއްޖެއިން މަސްދަޅުހުސްވެދާނެހެން.ދިވެހިން މި ކިހިނެއް ވެގެން އުޅޭ ބައެއްތަ؟؟
އައްބެ
01 March 2022
ރައްޔިތުން ލޭމައްޗަށް ދިޔައީމައި ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކަށް ހޭވެރިކަންމިވަނީ. ހޭބުއްދި ފިލާފައިތިބޭ ބަޔަކަށް ހެދޭ ނުހެދޭައެއް ވާއެއްނުވާއެއް ނޭނގޭނެ ދެން ކިހިނެއް ތަންތަން ހިންގާނީ.
އެމްސް
01 March 2022
ސަނަދަށް އެކަނި ބަލައިގެން މަޤާމުތައް ދިނީމަ ވާގޮތް!
ކުޗީ
01 March 2022
އިންތިހާބެއް ބޯމަތިވާންފެށިމަ މުޅިންވެސް އޮންނަނީ މިކަހަލަ މަޅި ޖަހާފަ " ހެޔޮފުޅު " ކަން ދެންކުން. މިއީ ސަޔާސީ ގުނނޑޑ އިން ރަށްޔިތުން ތާއީދު ހޯދަން ކުރާ ކަމެއް.
އެމްސް
01 March 2022
ތާއީދު ގެއްލުނީ ނުން!