ބަޔަކު ދިރާގު ޓީވީ ބަލަނީ--
02 މާޗް 2022 - 18:35
ދިރާގު ޓީވީ ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް އެ ކުންފުނިން މިއަދު ފަށައިފި އެވެ.
މި މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި ހިދުމަތް ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސް ވެސް ހިލޭ ލިބޭނެ އެވެ. އަދި ދިރާގު ޓީވީގެ ބޭސިކް އަދި ގޯލްޑް ޕެކޭޖް ނަގާ ކަސްޓަމަރުންނަށް އެއް މަސްދުވަހަށް ގިނަ ޗެނަލްތަކެއް ހިލޭ ބަލާލުމުގެ ފުރުސަތު ލިބޭނެ އެވެ.
ދިރާގުން ބުނީ މިއީ ރާއްޖޭގެ އެންމެ ފުޅާދާއިރާ އަކަށް ޑިޖިޓަލް ޓީވީ ފޯރުކުށްދެމުން އަންނަ ހިދުމަތާ ގުޅުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ. އެ ޓީވީގައި 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭއިރު މީގެ ތެރޭގައި ސޮނީގެ އެންޓަޓެއިންމަންޓް އަދި ސްޕޯޓްސް ޗެނަލްތަކާއި، ކުޑަކުދިންގެ މެދުގައި މަޝްހޫރު ޗެނަލްތަކާއި، ލައިފްސްޓައިލް ޗެނަލްތަކާއި ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތަކާއި އަލް ގުރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ވެސް ހިމެނެ އެވެ.
މި ހިދުމަތާ އެކު މިހާރު ޕްރިމިއާ ލީގްގެ މެޗުތައް ވެސް ނިއޯޓިވީ (ޗެނަލް 6) މެދުވެރިކޮށް އެޗްޑީ ކޮލިޓީގައި ބަލާލެވޭނެ އެވެ.
ދިރާގުން ވަނީ މިހާތަނަށް މިހިދުމަތް ރާއްޖޭގެ 82 ޕަސެންޓް ގޭބިސީއަށް ފޯރުކޮށްދީފަ އެވެ. ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހި ފިލުވުމުގެ ކޮންޓެންޓް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެދެ
03 March 2022
އަގު ބޮޑީ ދޯ...
ބޮލުރިހުމެއް
02 March 2022
ފީ ނުދެއްކިގެން ހިދުމަތް ކަޑާފަ ހުއްޓަސް ކޮންމެ ދުވަހަކަށްވެސް ފީނަގާނެ..