ލިންކް ސާވް ފިހާރަ--
08 މާޗް 2022 - 19:43
ރާއްޖޭގައި އިލެކްޓްރޯނިކް އެކި ސާމާނު ވިއްކުމުގައި މަޝްހޫރު ލިންކް ސާވްގެ "ވިޒިޓް އެންޑް ވިން" ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.
އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގެ ދަށުން ލިންކްސާވުން ވިއްކާ ދެ ބްރޭންޑެއްގެ އުފެއްދުމުން 100 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އެއީ އެ ކުންފުނިން ވިއްކާ "ޕްރޯސް ކިޓް" އަދި "އެންޑެލީ" ބްރޭންޑުގެ އުފެއްދުންތަކުންނެވެ.
އެ ޕްރޮމޯޝަނުގެ ދަށުން ޕްރޯސް ކިޓް އަދި އެންޑެލީ ގެ ތަކެތި ގަންނަ ކަސްޓަމަރުންނަށް ޑިސްކައުންޓް ލިބޭނީ ގުރުއަތު ނަގައިގެންނެވެ. ގުރުއަތު ނަގާއިރު އެ މީހަކަށް ނަސީބުން ލައްވާލާ އަދަދަކަށް ޑިސްކައުންޓް ލިބޭނެ ކަމަށް ލިންކް ސާވުން ބުންޏެވެ.
ޕްރޯސް ކިޓަކީ މީޓރާއި ރެގިއުލޭޓަރު ފަދަ އިލެކްޓްރޯނިކް ސާމާނު އުފައްދާ ބްރޭންޑެކެވެ. އެންޑެލީ އަކީ ތަފާތު ޓޫލްސްތަކަށް ހާއްސަ ބްރޭންޑެކެވެ. ލިންކް ސާވަކީ އެ ދެ ބްރޭންޑުގެ ވެސް ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ.
އެ ކުންފުނި މެދުވެރިކޮށް އެ ދެ ބްރޭންޑުގެ ތަކެތި ގަންނަ ކަސްޓަމަރުންނަށް އެ އަހަރު ދުވަހުގެ ވޮރެންޓީ ވެސް ލިބޭނެ އެވެ. މިތަކެތި އެމްއައިބީ އާއި ބީއެމްއެލްގެ ސްކީމުގެ ދަށުން ވެސް ގަނެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚޏޛޚޑޞ
09 March 2022
ކޮންތާކު ހުންނަ ތަނެއް ތީ؟ ހިރިޔާ ދޮށަކު މިހާރަކު ނެތް! 100 ޕަސެންޓު ދޭ އެތިކޮޅެއް ގަނެލަން ކަމަށް
ސަސި
08 March 2022
ތިޔަވަރަށަ ޑިސްކައުންޓްދީގެން ވިޔަފާރިއަށް ގެއްލުންވެދާނެ.