.
17 މާޗް 2022 - 05:45
ގިނަ މީހުން ޓިކްޓޮކް ބޭނުންކުރަނީ ހުސްވަގުތު ފޫހިފިލުވައިލުމަށެވެ. އެއް ބަޔަކު ކޮމެޑީ ވީޑިއޯތައް ބަލަން ޓިކްޓޮކް ބޭނުންކުރިޔަސް އެހެން ބައެއް ކަހަލަ ވީޑިއޯތައް ބަލައިލަން ވެސް އެ އެޕް ބޭނުންކުރެ އެވެ. ހޮލީވުޑްގެ މަޝްހޫރު ތަރި ޖެނިފާ ލޯރެންސް ވެސް ޓިކްޓޮކް ބޭނުންކުރަނީ ތަފާތު ކަމަކަށެވެ. އެއީ އެކި ކަހަލަ ބަކަރިތަކާ ގުޅޭގޮތުން މީހުން ހަދާފައިވާ ވީޑިއޯތައް ބެލުމަށެވެ.
މިދިޔަ އަހަރު އެއްކޮށްހެން ޖެނިފާ އުޅުނީ ގޭގަ އެވެ. ކޮވިޑްގެ އިތުރުން ފުރަތަމަ ދަރިއަކަށް ބަނޑުބޮޑުވުމާ ގުޅިގެން އޭނާ އަމިއްލަ ނަފުސަށް ވަގުތު ހުސްކުރި އެވެ. އެއާ އެކު ޓިކްޓޮކަށް ދެވިހިފި ކަމަށް އޭނާ ބުންޏެވެ.
ޓިކްޓޮކް ބޭނުންކުރަނީ އާންމުކޮށް އެކި ކަހަލަ "ކިއުޓް" ޖަނަވާރުތަކުގެ ވީޑިއޯ ބެލުމަށް ކަމަށް އޭނާ ބުންޏެވެ. އަދި އޭގެ ތެރެއިން ވެސް އެންމެ ބޮޑަށް ބަލަނީ ޅަ ބަކަރިތައް އުޅޭ ވީޑިއޯތައް ކަމަށް އޭނާ ބުންޏެވެ.
"އަހަރެންގެ އަލްގޮރިދަމްގައި ހަމަ މިހާރު ހުންނަނީ ހުސް ޖަނަވާރުންގެ ވީޑިއޯތައް. އަދި ހާއްސަކޮށް ބަކަރިތައް. ދެން ދޭތެރެއަކުން ކާއެއްޗެހީގެ ވީޑިއޯއެއް ވެސް އައިސްދާނެ،" ޖެނިފާ ބުންޏެވެ.
ޖެނިފާ އަށް ޓިކްޓޮކްގައި ފާހަގަކުރެވޭ ކޮންޓެންޓް ކްރިއޭޓަރުން ތިބި ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ ބުނިގޮތުގައި އޭނާ އަށް އެންމެ ކަމުދާ އެއް ކޮންޓެންޓް ކްރިއޭޓާ އަކީ ރިބެކާ ޕައިލް އެވެ. ރިބެކާ އަކީ މިސޫރީގެ ދަނޑުވެރިއެކެވެ. އޭނާ އަކީ ޓިކްޓޮކްގައި ދެ މިލިއަނަށް ވުރެ ގިނަ ފޮލޮވާސް ލިބިފައިވާ މީހެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޓަލް ޑިފަރެންސް
17 March 2022
އޭނަ ބުނީ ދަނޑުވެރިކަން ކުރާ ވީޑިއޯތަކާ ޅަބަކަރި ވީޑިއޯ ބަލާވަހަަކަ، ކޮންމެހެން ބަކަރި ވީޑިއޯތަކެއްނުން!