ވިޔަފާރި / އާ ފިހާރަ

ވިލާ މާޓްގެ ފިހާރައެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވައިފި

ވިލާ އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވި ފިހާރަ--

ވިލާ ޓްރޭޑިން އިން ހިންގާ ސުޕަމާޓް ޗެއިން "ވިލާ މާޓް" ގެ ފިހާރައެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވައިފި އެވެ.

އެއީ ވިލާ ޓްރޭޑިންގެ ދަށުން ފެށި ސުޕަމާޓް ޗެއިންގެ ހަތަރު ވަނަ ފިހާރަ އެވެ. އާ ފިހާރަ ހުޅުވާފައި ވަނީ ހިޔާ ފްލެޓުތަކުގެ 14 ވަނަ ޓަވަރުގަ އެވެ.

ވިލާއިން ބުނީ ދެވަނަ ފިޔަވަހީގައި ފިހާރައެއް ހުޅުވީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ފަސޭހަކަމާ އެކު ހިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި ހުޅުމާލެއަކީ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮތް ތަނަށް ވެފައި އެންމެ ކުރިއަރަމުން އަންނަ ތަނަށް ވުމަކީ ވެސް އެ ފިހާރަ އެތަނުގައި ހުޅުވި ސަބަަބެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

ވިލާ އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވި ފިހާރައިގެ އެތެރެ--

"ވިލާ މާޓް 4" ގެ ނަމުގައި ހުޅުވި އެ ފިހާރައިން ކާބޯތަކެއްޗާއި ތައްޔާރީ ކާނާގެ އިތުރުން ރީތިވާ ސާމާނާއި ގޭތެރެއަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ލިބެން ހުންނާނެ އެވެ. އެ ފިހާރައިން ވިއްކާ ހުރިހާ ޕްރޮޑަކްޓަކީ ވެސް ކޮލިޓީ ރަނގަޅު އަގުހެޔޮ ޕްރޮޑަކްޓުތަކެއް ކަމަށް ވިލާ އިން ބުންޏެވެ.

ދެވަނަ ފިޔަވައްސަކީ ގިނަ ބަޔަކު ދިރިއުޅޭ ތަނަކަށްވުމުން އެތަނުގައި ހުޅުވި ފިހާރައިގައި އެކްސްޕްރެސް ކިޔޫއެއް ހަދަން ވަނީ ހަމަޖެހިފަ އެވެ. އެއީ މަދު އެއްޗެހި ގަންނަ މީހުންނަށް އަވަސް ހިދުމަތް ދިނުމަށް ހަދާ ކިޔޫ އެކެވެ.

ވިލާ މާޓުގައި މޭވާ އާއި ތަރުކާރީ ވިއްކަން ބަހައްޓާފައި--

ވިލާ މާޓުން ލިބެން ހުންނަ ހުރިހާ ސާމާނެއް އެ ފިހާރައިގެ ވެބްސައިޓުންނާއި މޯބައިލް އެޕްލިކޭޝަނުން ވެސް ލިބެން ހުންނާނެ އެވެ. ވެބްސައިޓުންނާއި އެޕުން އޯޑަރު ކުރުމުން މާލެ އާއި ހުޅުމާލޭގެ ކޮންމެ ތަނަކަށް ޑެލިވަރީ ކޮށްދޭނެ އެވެ. އަދި އަތޮޅުތަކަށް ދަތުރުކުރާ ބޯޓުތަކަށް ވެސް އެ ފިހާރައިން ޑެލިވަރީ ކޮށްދޭނެ އެވެ.

ވިލާގެ ފިހާރަތަކަށް މިހާރު ވެސް އާއްމުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. އެ ކުންފުނީގެ ދަށުން ހުޅުވި އެހެން ފިހާރަތައް ހުންނަނީ ރެހެންދި މަގު، ގ. ފަތުރުވެހީގަޔާއި މާޖީދީމަގު، މއ. ކަޝިޝް އަދި ފަރީދީ މަގު، މ. ސްޓާ ބިލްޑިންގަ އެވެ.

8 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 0%
icon angry icon angry 29%
icon wow icon wow 14%
icon inlove icon inlove 29%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފިނިފިނިފިނި

22 March 2022

ވިލާ މާޓު ސަޅި އޭ ބުރޯ، ތަފާތު އެބަ ދައްކާ

The name is already taken The name is available. Register?

މަރިޔަމް މާނިއު

22 March 2022

ތިޔަ މާޓު ޗެއިންގެ ލޮކޭޝަންތައް ވަރަށް ކަމުދޭ. ހަމަ އެކަނި ފެންޓަސީ އެއް ނޫން ބޭނުމީ. ބައިވަރު ޕްރައިސް ރޭންޖް އަދި ވެރައިޓީ ބޭނުން

The name is already taken The name is available. Register?

އަހުމަދު ސަބާހް

22 March 2022

ވަރަށް ރަނގަޅު. ހުޅުމާލެ ފޭސް ޓޫގައި ފުޅާކޮށް އިތުރު ވިޔަފާރިއާއި ޚިދުމަތް ދިނުން ފެނޭ

The name is already taken The name is available. Register?

22 March 2022

ނަމެއްގަ ހުންނަނީ އޮންލައިންކޮށް ލިބެން. ތަންކޮޅެއް ކުރިން ތިޔަ ސައިޓަކުން ވިޔަފާރިއެއް ނުކުރެވޭ. އެޕްވެސް މައްސަލަ ޖެހިފަ އޮތީ. ރެޑްވޭވްވެސް އޭގެ ފައްކާ މިސާލެއް. ދުވަހަކު އެއްޗެއް ނުހުންނާނެ އޮންލައިންކޮށް ލިބޭކަށް. އެކަމު ތަކެތިން ފުރާލާފަ އޮންނާނީ ފިހާރައަށް ވަދެލާއިރު. އަޕްޑޭޓް ނުކުރެވޭނަމަ ސައިޓް އުވާލާނަމަ.

The name is already taken The name is available. Register?

ބ‫ަލްކަން

21 March 2022

ވ‫ިލާ ރެޑްވޭވް ދެން ކިޔާނެ ކަމެއއނެތް ގައުމު ވީދާލައިފި

The name is already taken The name is available. Register?

Draw

21 March 2022

ގިނަ ތަންތަން ހުޅުވަންވީ. މިފަހަރުވެސް ބަދަލުގެ ގޮތުގައި 35 މިލިއަަން ރުފިޔާ. ކިތަންމެ ވަރަކަށް އުޅުނަސް ދުނިޔެ ކައެއްނުލެވޭނެ

The name is already taken The name is available. Register?

ވިޔަފާރި

21 March 2022

ކުދިވިޔަފާރިތަކަށް ސަޕޯޓްދީ.

The name is already taken The name is available. Register?

އެސްއެމްއީ

21 March 2022

ރާއްޖޭގަ ކުދި ވިޔަފާރި ކުރަނީ ބަންގުލާ މީހުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454