ޚަބަރު

މާލެއިން ގުޅިފަޅަށް އަންނަ އަހަރު ނިމޭއިރު ބްރިޖުން ގުޅާލެވޭނެ

ބްރިޖު ނިމޭއިރު އޮންނާނެ ގޮތުގެ ކުރެހުމެއް: އިންޑިއާގެ އެފްކޮންސް އިން އަންނަނީ މި ބްރިޖުގެ މަސައްކަތް ކުރަމުން.

މާލެ ސަރަހައްދު ގުޅާލަން މި ސަރުކާރުން ހިންގާ ބްރިޖުގެ ބިޔަ މަޝްރޫއުގައި އަންނަ އަހަރު ނިމޭއިރު މާލެ އިން ގުޅިފަޅަށް ގުޅާލެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އުމްރާނީ ތަރައްގީގެ ބޮޑު މި މަޝްރޫއުގައި މާލެއާ ގުޅާލަނީ ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅެވެ. ބްރިޖު އެޅުމުގައި ތަޖުރިބާ ހުރި އިންޑިއާގެ އެފްކޮންސްއާ ހަވާލުކޮށް މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

ޕްލޭނިން މިނިސްޓްރީގެ ޕްރޮޖެކްޓް ޑިޕާޓްމަންޓުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދަން ޝެޑިއުލްކޮށްފައި އޮތީ މުހިއްމު ދެ ތާރީހެއްގައި މަސައްކަތުގެ ބޮޑު ބައި ނިންމާށެވެ. ފުރަތަމަ އޮތީ މާލެ އާއި ވިލިމާލެ އާއި ގުޅީފަޅު ގުޅާލުމެވެ.

މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވާލާ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ނުވަތަ "ތިލަމާލެ" ބްރިޖު ސާވޭއަށް ވިލިނގިއްޔާ މާލެ ދެމެދު ޕްލެޓްފޯމްތަކެއް ބަހައްޓައިގެން މަސައްކަތް ކުރަނީ--. ފޮޓޯ: ނިޝާން އަލީ/މިހާރު

"ފުރަތަމަ މައިލްސްޓޯން އަކީ މަސައްކަތް ފަށާތާ 27 މަސް ތެރޭގައި މާލެ އިން ގުޅީފަޅަށް ގުޅާލުން. އޭގެ ފަހުން މެއި 2024 އަށް ތިލަފުއްޓަށް ގުޅާލާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ބްރިޖު އެޅުމަށް މިހާރު ކުރިއަށް ދަނީ މޮބިލައިޒޭޝަން މަސައްކަތެވެ. ސައިޓް ސެޓަޕާ އެކު ޖިއޯ ޓެކްނިކަލް ސާވޭގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މި މަޝްރޫއުގައި، މާލެ އިން ގުޅީފަޅަށް 5 ކިލޯމީޓަރު ބްރިޖް އަދި ކޯޒްވޭއެއް ހަދާނެ އެވެ.

މާލެ ތިލަފުށި ގުޅުވާލައި ބްރިޖުގެ ކުރެހުމެއް.

އިގްތިސާދީ ގޮތުން އިންގިލާބީ ބަދަލުތަަކަކަށް އަމާޒުކޮށް ހިންގާ މި މަޝްރޫއުގައި ބްރިޖް އެޅުމަކީ ގޮންޖެހުން ބޮޑު ކަމެކެވެ. އެކަމަކު ބްރިޖު އަޅަން ހަވާލުވި ކުންފުންޏަކީ މިފަދަ މަސައްކަތުގައި ތަޖުރިބާ ހުރި ބަޔަކަށް ވާތީ ކާމިޔާބުކަމާ އެކު ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެ ކުންފުންޏަށް އެބައޮތެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި ބްރިޖް އަޅަން ބޭނުންވާނެ ބައެއް ސާމާނު އެ ކުންފުނިން މިހާރު އެބަ ގެނެ އެވެ. އޭނާ ވިދާޅުވީ ބައެއް އިކުއިޕްމަންޓްސް މިހާރު ހުރީ ސައިޓުގައި ކަމަށެވެ.

ބްރިޖު ޕްރޮޖެކްޓު ހިންގަން ދިވެހި ސަރުކާރުން ވަނީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފަ އެވެ. މިއީ ޕްރޮޖެކްޓު ނިމޭތާ ފަސް އަހަރު ފަހުން އަނބުރާ ދައްކަން ފަށަންޖެހޭ ލޯނެކެވެ.

ތިލަމާލެ ބްރިޖުގެ ސާވޭއަށް ވިލިނގިއްޔާ މާލެ އާ ދެމެދު ޕްލެޓްފޯމް އަޅައިގެން މަސައްކަތްކުރަނީ --. ފޮޓޯ: ނިޝާން އަލީ/މިހާރު

އެގްޒިމް ބޭންކުގެ ލޯނާ އެކު މި ބްރިޖަށް ދެން ފަންޑުކުރާނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ދީފައިވާ 100 މިލިއަން ޑޮލަރާއި ދިވެހި ދައުލަތުގެ ފައިސާއިންނެވެ. ސަރުކާރުން ކުރިން ބުނެފައި ވަނީ ތިލަފުށްޓާއި މާލެ ގުޅާލާ ބްރިޖްގެ މަޝްރޫއު އަށް 500 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި މި ބްރިޖާ އެކު މާލެ ސަރަހައްދު މުޅިން ބަދަލުކޮށްލާނެ އެވެ. ބްރިޖު ނިމުމުން މާލޭ ވިޔަފާރި ބަނދަރު، ގުޅީފަޅަށް ބަދަލުކުރާނެ އެވެ. ތިލަފުށީގެ އިންޑަސްޓްރިއަލް މަސައްކަތްތަކާ ގުޅާލައި ފުރިހަމަވުމުން މާލޭގެ ތޮއްޖެހުމަށާއި ކުނި އުފުލުމުގައި ދިމާވާ މައްސަލަތަކަށް ހައްލު އަންނާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

53 ކޮމެންޓް, 58 ރިއެކްޝަންސް

icon happy icon happy 38%
icon sad icon sad 7%
icon angry icon angry 52%
icon wow icon wow 0%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަހޯލިޕޯރޓަލް

31 March 2022

އިންޑިޔާ މީހުން ވަރަށް ސްލޯ ވާނެ

The name is already taken The name is available. Register?

ނުރަބޯ

31 March 2022

އެމްޑީޕީގެ ސޮރުކާރަކަށް ބުރިޖެއް ނޭޅޭނެ. ކޮބާތޯ ތިޔައިގެ އިންޖިނިއަރިންގ. ސޯލިހު ވިދާޅުވެއްލަ ތިޔަ ބްރިޖެއް އެޅީމާ ދެން ވާނެ ގޮތެއް އެޅިޔަސްވެސް.

The name is already taken The name is available. Register?

ާއުނިމާ

30 March 2022

މިވެރިކަން ނިމެން ބާކީ 1.5 އަހަރު

The name is already taken The name is available. Register?

ސީގަލް އޮން އެއަރ

30 March 2022

ތިޔަހާ ކުރު މުއްދަތެއްގައި ތިޔަވަރުކަމެއް ކުރެވުމުކީ ވަރަށް ނާދިރުކަމެއް. ކެންޕޭން ދުވަސްވަރުއްސުރެން ތިން އަހަރު ފާއިތުވިއިރު އަދި އެއްކަމެއްވެސް ނުކުރެވޭ. އަދި އެއުޅެނީ ކަނޑަށް ޖަހާ ޕައިލްގެ މަސައްކަތްވެސް ނުފެށިގެން ދެން ކިހިނެއް ތިޔަކަން ކުރާނީ. ކަނަކަން ޕްލޭންކުރުމުގެ ހިކުމަތު އަމަލީނެތް. އަހަންނަށް ލަފާކުރެވޭގޮތުގައި އެންމެ ބޮޑުވަރަކަށް ކުރެވުނަސް ވާނީ. މާލެ އާއި ވިލިންގިލި ގުޅާލުމުގެ ބައި. އެބައިވެސް އެހާތަނަށް ހުޅުވޭވަރެއް ނުވާނެ.

The name is already taken The name is available. Register?

އަލިފުޅު1111

30 March 2022

1000 މިލިޔަން ޑޮލަރ ޚަރަދުކޮށްގެން އަޅާ ބުރިޖެއްނަމަވެސް އަދިއެއް އަންނައަހަރަށް ނިންމާގޮތަށް މަސައްކަތް ކުރާތަނެއް ނުފެނެއެވެ. މީގެ ކުރިން އެޅި ބްރިޖް މަސައްކަތްތައް ކުރިޔަށް ދާގޮތް މަހަކުން މަހަކުން ހައުސިން މިނިސްޓްރީން ކިޔަައިދެއެވެ. މިބްރިޖްގެ މަސައްކަތް ދާގޮތާއި ބެހޭގޮތުން މިއީ ފުރަތަމަ ޢާއްމުކުރި ވާހަކައެވެ. ދައުލަތުން 900 މިލިޔަން ޚަރަދުކުރާއިރު އެފެންވަރާ ސްޕީޑް ހުންނަންޖެހޭނެކަމަށް ޤަބޫލުކުރަމެވެ. ހީވަނީ ފްލެޓެއްވީގޮތް ވެދާނެހެންނެވެ.

The name is already taken The name is available. Register?

އެންމެ ރަނގަޅު

30 March 2022

އެފްކޮންގެ ވެބްސައިތު ބަލާލިން. ވެބްސައިޓު ހަދަން ނޭނގެނީބާ ނުވަތަ މޫދުމަތީ ބްރިޖުތަކުގެ ތަޖުރިބާނެތީބާ؟ ނޫނީ ފޮރުވަނީބާ؟ ނުވަތަ އެހެން ބަޔަކާ ހަވާލު ކުރަނީބާ؟ ދެން އޮތް ސުވާލަކީ ތިވަރު ހަރަދުކޮށްގެން މީ ކުރާވަރު ކަންކަންބާވަ އެވެ؟ ކޮބާ މަޝްވަރާތައް؟ އެކަމު އެވެސް އޯކޭ. އަހަރުމެން ދިވެހިން ނަށަނީ ސިޔާސީ ފަރާތްތައް ވަށައިގެން. އަހަރުމެން ހޮވާގޮތް ކޮންމެ ފަހަރަކުވެސް. އެހެންވީމަަ މީ އަހަރުމެން ބޭނުންވާ ގޮތް. ޔެސް، ޔެސް ޔެސް.

The name is already taken The name is available. Register?

ވެޕަން އޮފް އަމާސްޑިސްޓްރަކްޝަން އަބޫގުރައިބު

30 March 2022

މިސޮރުކާރު ވެފައިވަނީ ބޭކާރު ލަސްކުރުން ތަކުގެ ސޮރުކާރަކަށް، ޚިދުމަތް ދިނުން މިގޮތަށް ލަސްކުރުމަކީ ޚިދުމަތް ނުދިނުން، ޚިދުމަތް ޑިލޭޑް އިޒް ޚިދުމަތް ޑިނައިޑު

The name is already taken The name is available. Register?

މުސޮޅު

30 March 2022

އިންތިޚާބަށް ނުކުންނައިރު ބުރިޖު ނިމިފައި ހުންނާނެކަމަށް ހީކުރީ، ހާދަހާ ކަންޒުކަހަބު ސަރުކާރެކޭ، ދުވެލި ތިޔަ އުޅެނީ އެސޮރުގެ ދުވެއްޔާ އެއްވަރަށް

The name is already taken The name is available. Register?

ލޮލްސް

30 March 2022

ޔާމިންގެ ސަރުކާރެއްގައި ތިހެން ބުނިނަމަ ޤަބޫލުކުރެވުނީސް... އެމް.ޑީ.ޕީއަށް ތިކަމެއް ނުވާނެ 100% ޔަޤީން

The name is already taken The name is available. Register?

ބަޑިތަކުރު

30 March 2022

މީގެކުރިންވެސް ކަނޑުހުރަސްކޮށް ބްރިޖެއްއަޅާވާހަކަ ބުނާއިރަށް އެކަން ގަބޫލުކުރަން ދަތިވީ ކިތަންމެ ބަޔަކު ތިއްބެވެ. މިހާރު ބުރިޖަކީ އެޅޭނެ އެއްޗެއްކަން އެނގުނީއެވެ. ދެން ސުވާލު އުފެދެނީ ނިންމަންބުނާ މުއްދަތާ މެދުގައެވެ. އެވަރު ނުވިޔަސް ތިބުނާ ބުރިޖެއްވެސް އެޅިއްޖިއްޔާ އޭގެ މަންމާ ކިތަންމެހާވެސް ބޮޑުވާނެއެވެ. ކުރިމަރާނުލާ ވާގޮތް ބަލަން ތިބެލުން ކިހިނެއްވާނެ ބާވައެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454