އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ހޯރަފުށީގައި ޕްރީސްކޫލެއް ހަދަން ބިންގާ އަޅަނީ-- ފޮޓޯ: އެމްޓީސީސީ
31 މާޗް 2022 - 12:57
އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ހޯރަފުށީގައި އިންޓަނޭޝަނަލް ޕްރީ ސްކޫލެއް އިމާރާތްކުރަން ނިންމައި އެ ތަނުގެ ބިންގާ މިއަދު އަޅައިފި އެވެ.
އެ ކުންފުނިން އެ މަސައްކަތް ކުރަނީ ހޯރަފުށީ ކައުންސިލްގެ އެދުމުގެ މަތިން ކަމަށް ވާއިރު، އެ ތަން ހިންގާނީ އެ ރަށު ކައުންސިލުންނެވެ.
މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނީ ސްކޫލު އިމާރާތް ވީހާ ވެސް އަވަހަކަށް ނިންމޭތޯ ބަލާނެ ކަމަށެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، ކުޑަކުދިންނަށް ތައުލީމު ފޯރުކޮށްދޭން އެހީވުމަކީ އެމްޓީސީސީގެ ސަގާފަތެއް ކަމަށާއި އެކަން ހާސިލް ކުރަން ރާއްޖެ އާއި ބޭރުގެ އަމިއްލަ ޖަމިއްޔާތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.
ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ޕްރީ ސްކޫލްގެ ބިންގާ އަޅުއްވައި ދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި ހޯރަފުށި ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމާއި އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަހުމަދު އިމްދާހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙުމަދު.
31 March 2022
އެމް.ޓީ ސީ ގެ އިޖުތިމާއީ ޒިންމާގެ ދަށުން ހޯރަފުށީގައި ފޫޅުމައިން ތަމްރީނު ކުރުމުގެ ޕްރޮގުރާމަކާ ޚިތާނުކުރަން ދަސްކޮށްދޭ ޕޮރޮގުރާމަކާ ދޭތެރެ ދުރުކުރަން ދަސްކޮށްދޭ ޕްރޮގުރާމެއްވެސް ފެށުންވެސް ހަމަ ރަނގަޅެވެ ރައްޔިތުންގެ ބޮޑު ހިއްސާއެއް އޮންނަ ތިކުންފުނިން ވަރަށް ބޮޑުފަޢިދާ ވެއްޖެޔޭ ކިޔާ އަޑު އަރުވާފަ ހިއްސާދާރުން ނަށް ރަނގަޅު އެއްޗެއް ދޭންޖެހިދާނެތީ ހާވާ ހާޑި ތިހުންނަނީ.
މަފޯރި އެހިސާބަށް
31 March 2022
އޮޑިޔާ މަހާވީ
ހޯރައެއް
31 March 2022
ޝުކުރިއްޔާ އެމްޓީސީސީ ޝުކުރިއްޔާ އާޒިމް މާތްﷲ އެމްޓީސީސީގެ މުސްތަގްނަލް އުޖާލާ ކުރައްވާށިއެވެ
އައްބެ
31 March 2022
ތިއީ ޑިމޮކްރަސީގައި ކޮރަޕްޝަން ހިންގާ އެންމެ އާންމު އެއްގޮތް. ކުންފުނިތަކުގެ ސީއެސްއާރ. އޭގެ ބޭނުން ހިފާނީ ސަރުކާރުންނާއި ޕާޓީތަކުގެ ހަންބޯ އެމްޕީން.