ޚަބަރު / ރޯދަ މަސް 2022

ބަންގްލަދޭޝްގެ ލުނބޯ ދިވެހިންނަށް ކަމަކުނުދިޔަ

ބަންގްލަދޭޝްގެ ލުނބޯ މާރުކޭޓުގައި މިއަދު ވިއްކަން ބަހައްޓާފައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރާއްޖޭގެ ބާޒާރުގައި ލުނބޯ ލިބުން ދަތިވެ، ބަންގްލަދޭޝް އިން ގިނަ އަދަދަކަށް ލުނބޯ އެތެރެކުރިޔަސް، އެ ލުނބޯ ދިވެހިންނަށް ކަމުނުދިޔަ ކަމަށް ބައެއް ވިޔަފާރިވެރިން ބުނެފި އެވެ.

"މާ ހަރުކޮށް ހުންނާތީ ފެލާލެވޭ ގޮތެއް ނުވޭ. އެހެންވެ، އެއާ ބެހޭ ގޮތުން ލިބުނީ ވަރަށް ނެގެޓިވް ފީޑްބެކެއް،" ބާޒާރުމަތީގެ ހޯލްސޭލް ފިހާރައެއްގެ ވެރިޔަކު ބުންޏެވެ.

"އަޅުގަނޑުމެން ވެސް ގަތިން ޓަނެއްހާ ލުނބޯ. އެކަމަކު ނުވިކިގެން މީހުންނަށް ބަހަން ވެސް ޖެހުނު."

ބަންގްލަދޭޝްގެ ލުނބޯ މާރުކޭޓުގައި މިއަދު ވިއްކަން ބަހައްޓާފައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ބަންގްލަދޭޝްގައި ހައްދާ ލުނބޯ ރާއްޖެ އަށް މި އެތެރެކުރީ ފުރަތަމަ ފަހަރަށެވެ. ރާއްޖެ އަށް އާންމުކޮށް ލުނބޯ އެތެރެކުރަނީ އެފްރިކާގެ ބައެއް ގައުމުތަކާއި އިންޑިއާ އަދި ވިއެޓްނާމުންނެވެ. އެހެން ނަމަވެސް، އެ ގައުމުތަކުން ލުނބޯ ލިބުން ވަރަށް ބޮޑަށް ދަތިވެ، ރޯދައިގެ މާ ކުރިން ވެސް ލުނބޯގެ އަގު ވަނީ އުފުލިފަ އެވެ. މާރުކޭޓުން ލުނބޯ އެއްކޮށްހެން ހުސްވި އިރު، ކިލޯއެއް އުޅުނީ 160ރ. އިން މަތީގަ އެވެ. މާރުކޭޓުގައި ލުނބޯ ކިލޯއެއް އާންމުކޮށް އުޅެނީ 35-40ރ. ގަ އެވެ.

ބަންގްލަދޭޝްގެ ލުނބޯ މާރުކޭޓުގައި މިއަދު ވިއްކަން ބަހައްޓާފައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ބަންގްލަދޭޝްގެ ބަޔަކު އެ ގައުމުން ލުނބޯ އެތެރެކޮށް، އިއްޔެ އިން ފެށިގެން މާރުކޭޓުގައި ވަނީ ވިއްކަން ފަށައިފަ އެވެ. އަގު އުޅެނީ ކިލޯއެއް އެވްރެޖްކޮށް 100-120ރ. އަށެވެ. ބަންގްލަދޭޝް އިން ލުނބޯގެ އިތުރުން ފޭރާއި ކުންނާރު ވެސް އެތެރެކުރި އެވެ.

"ބަންގްލްދޭޝްގެ ފޭރު ވަރަށް މީރު. ކުންނާރު ވެސް ވަރަށް މީރު. އެކަމަކު ބަންގްލަދޭޝްގެ ލުނބޯ ހީވަނީ ދިވެހިން މި ކިޔާ ނިޔަނދުރުހެން. ކިޔުކަންބާހެން ފޮތިކޮށް ކޮށައިގެން އެ ބޭނުންކުރެވެނީ،" ލޯކަލް މާރުކޭޓުގައި ގޮޅިއެއް ހިންގާ މީހަކު ބުންޏެވެ.

"ލުނބޯގެ ރަހަ ރަނގަޅު. އެކަމަކު ދިވެހިން ލުނބޯ ބޭނުންކުރާ ގޮތްތަކަށް ބަލާއިރު މި ކަމުނުދަނީ. ތޮށިގަނޑު ވެސް އެހާ ހަރު."

23 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 33%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 17%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހާލިދާ

04 April 2022

ބޮންދު މި ކޮންވައްތަރ ލުބޯހުންނަނީ....މަށައް ނޭންގޭ

The name is already taken The name is available. Register?

ޒައިކީ

04 April 2022

ލުނބޯ އަގު ބޮޑުވެގެން އަގު ހެޔޮކުރަން ގެނައި ބަންގާޅު ލުނބޯވެސް 100 އަށް 120 އަށް ކިލޯ؟؟ ދެން ކިހިނެއް ކަމުދާތީތި؟؟ބަންގުލާއިން އެއްބުރުން ރިޗަވަން ޖެއްސި އެއްޗެއް ދޯ؟

The name is already taken The name is available. Register?

ބަކަމޫނު

03 April 2022

ބަނގްލަދޭސް ގެ ކޯޗެއް ދިވެހިންނަށް ކަމުދިޔައީ

The name is already taken The name is available. Register?

ކޯޗު

04 April 2022

އެއީ ކޮން ޓީމަކަށް ގެނައި ކޯޗެއް؟؟ ދިވެހިންނަށް މާކަމުދިޔަ ކޯޗަކު ހުރީމަ މަވެސް ބޭނުން ސާފުކޮށްލަން.

The name is already taken The name is available. Register?

ސަރުވާ މުތީ

03 April 2022

ބަންގްލަދޭޝްއޭ ބުނީމަ ބައެއް ދިވެހިން ހެޔެއް ނުހުރޭ. އެތަނަށް ގޮސް އެތަން އިންނަގޮތް ތަޖުރިބާ ކޮށްލަބަލަ. 5 ތަރީގެ ހޮޓަލަކުން ކާލިޔަސް ބޭރަށް ހިންގުން ނުޖެހިނުދާނެ.

The name is already taken The name is available. Register?

މުހައްމަދު.

04 April 2022

ތިޔަ މަލާމަތްކުރަނީ ބަންގްލަދޭޝްއަށްތަ ނޫނީ ގުދުރަތީގޮތުން ހެދޭ މޭވާ ތަރުކާރީއަށްތަ. ހަމަ ކޮންމެ އެއްޗެކޭ ވެސް ދިވެހިން ލިޔެފާނެ.

The name is already taken The name is available. Register?

2022

03 April 2022

ދިވެހިންނަށް ތިއުޅެނީ އޮޅުވާލަން. ތީހަމަ ސީދާ ނިޔަދުރު... ބޮއިހަލަކި

The name is already taken The name is available. Register?

ހައިރާންވޭ

03 April 2022

ލުނބޯ ގަންނަން ފޮނުވީމަ ނިޔަދުރު ގަނެގެން އައީމަ ވާނީ ތިހެން.

The name is already taken The name is available. Register?

އަބްޑޫޅް

03 April 2022

ތިޔައީ ލުނބޮއެއް ނޫން. ދިވެހި ބަހުން ތިޔަޔަށް ކިޔަނީ "ދޯޅަނބު".

The name is already taken The name is available. Register?

ޔގ9ޮޮި896

03 April 2022

އިންޑޮނޭސިއާއިން ގެނެބަލަ، ވަރަށް ސަޅި..indoraajje.id

The name is already taken The name is available. Register?

މުހައްމަދު.

03 April 2022

ބަނގުލަދޭޝްގައިވެސް ދިވެހިން ބޭނުންކުރާ ލުބޯހުރޭ. ގަންނަންދިޔަމީހާއަށް ގަންނަންވީ އެތި ނުއެގުންއެއީ އެހެން މައްސަލައެއް.

The name is already taken The name is available. Register?

ދިއްދޫމީހާ

04 April 2022

ގަންނަ ދިޔައީ ދޮން ދުބުރިއެ ފެނުނީމާ އެއީ ދޮން އަނބެއްކަމަށް ހީކޮއްފަ ދުބުރި ކައިފަ ހުރި މީހެއް..

The name is already taken The name is available. Register?

މުހައްމަދުކޮއި

03 April 2022

ފޮޓޯތަކުގައި ތިޔަ ފެންނަނީ ނިޔަނދުރު. މިގޭ ގަހުގައި ބޯކޮށް ތިޔަ އެބައޮތް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454