04 އެޕްރީލް 2022 - 12:12
ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު، އެނގުންވާ ވަރުގެ އަދަދަކުން ވެއްޓި، ޑޮލަރު ވަރަށް ބޮދަށް ތިޔާގިވެއްޖެ ކަމަށް ބައެއް ވިޔަފާރިވެރިން ބުނެފި އެވެެ.
ރޯދައިގެ ކުރިން 17.50- 17.70ރ، ގައި ހުރި ޑޮލަރުގެ އަގު މިއަދު ހުރީ 16.90ރ. އަށް ވެއްޓިފަ އެވެ. މިއީ، ފަހުގެ ތާރީހެއްގައި ކުއްލިއަކަށް އެހާ ބޮޑަށް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.
މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މިދިޔަ މާޗް މަހުގެ ކުރީކޮޅާ ހަމައަށް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުޅުނީ 17.90ރ. އާއި 17.60ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. ނަމަވެސް މާޗް މަހުގެ ފަހު ހަފްތާއިން ފެށިގެން ޑޮލަރުގެ އަގު ވަނީ ވަރަށް ބޮޑަށް ދަށަށް ދާން ފަށައިފަ އެވެ.
ޑޮލަރު މާރުކުރާ ބައެއް ތަންތަނުން ޑޮލަރެެއް މިއަދު ގަންނަނީ 17ރ.ގެ ރޭޓުންނެވެ. އަނެއްބައި ތަންތަނުން 16.90ރ. އާއި 16.80ރ. އަށް ޑޮލަރު އަންނަނީ ގަންނަމުންނެވެ. އެކްސްޗޭންޖް ކުރާ ތަންތަނުން ޑޮލަރު ވިއްކަނީ 17.10ރ. އާއި 17ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.
ޑޮލަރުގެ ވިޔަފާރި ކުރާ މީހަކު ބުނީ، އާންމު ގޮތެއްގައި ވެސް މަހުގެ ކުރީކޮޅު ޑޮލަރުގެ އަގު ދަށަށްދާ ކަމަށެވެ. އެހެން ނަމަވެސް މިފަހަރު އެހާ ބޮޑަށް ދަށްވެފައިވަނީ ބާޒާރުގައި ޑޮލަރު އިތުރުވުމުން ކަމަށެވެ. މީގެ އެއް ސަބަބަކީ މިނިމަމް ވޭޖާ ގުޅިގެން ރިސޯޓު މުވައްޒަފުންނަށް ލިބޭ މުސާރަތައް ރަނގަޅުވެ އެ މީހުންނަށް ލިބޭ ޑޮލަރުގެ އަދަދު އިތުރުވުމުން ކަމަށް އޭނާ ބުންޏެވެ.
"ބާޒާރުގައި މިހާރު ޑޮލަރު އަނެއްކާ ވެސް އެބަ ތިޔާގިވޭ. ކުރިއަށް އޮތްތަނުގައި ވެސް ޑޮލަރު އަގު ދަށަށް ދިއުމުގެ ފުރުސަތު އެބައޮތް،" އޭނާ ބުންޏެވެ.
ޑޮލަރުގެ އަގު ދަށަށް ގޮސްފައިވާ އިރު ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް ހަތަރު ލައްކަ އަށް އަރައިފަ އެވެ. އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދު އުޅެނީ 5000 އާއި 6000 ދެމެދުގެ އަދަދެއްގަ އެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ހުއްޓިފައި އޮތުމުން 2020 ވަނަ އަހަރު ޑޮލަރު ލިބުން ވަރަށް ބޮޑަށް ތާށިވި އެވެ. މިދިޔަ އަހަރު ޑޮލަރުގެ އަގު 20ރ. އަށް ވެސް އެރި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟޮރީ
05 April 2022
ޕިންކް ޕެންތާ ގްރޫޕް ވަރަށް ދެރަވާނެ
83727ހޒ
05 April 2022
މަޖިލިސް ރައިސްގެ މޮޅު ހިކުމަތުން ވީ ކަމެކޯ ޕަޕެޓޭމެން އެބަކިޔާ...
ވޭޖު
04 April 2022
މިނިމަމް ވޭޖާ ގުޅިގެންނެ.. ގިނަ ރިސޯޓުތަކުގަ ސާވިސްޗާޖު އެކަނިޑޮލަރުން ދެނީ.
ކުއިން
04 April 2022
ވެއްޓޭނެނޫންތޯ ޕޮންޒީ ހުއްޓާލީމަ ހާދަ ޑޮލަރެއް ބޭރުނުވެ ހިފެހެއްޓިފަ ހުންނާނެ.
ބަރުކަނ
04 April 2022
ބަންގާޅު ކުދިން ޑޮލަރު ގެންދަނީ ދިވެހި އިގުތިސާދު ރޯލުކުރުމަށް ބުރަމަސައްކަތް ކޮށްދީފަ އެހެންވުމުން އެމީހުންގެ ފަރާތުން އިގްތިސާދަށް ކުރާނީ ފައިދާ. ކޮމެންޓު ކުރުމުން ޑާޓާގަންނަން ޑޮލަރު ހޭދަވާނެ.
ކާޑުބަލި
04 April 2022
މިހާރު މިއުޅެނީ ކަންމަތީ ފިހާރަތަކުން ހަނޑޫ ހަކުރު ފުށް ހުސްވެގެން
ބޮޑުމީހާ
04 April 2022
ތި ވެއްޓުނު އެއްޗެއް އަހަރަމެންނަށް ނުލިބޭ
ހާނިމް
04 April 2022
ލަންކާއާށް ވިއްކާ އަދި ދިވެހިންނަށް މުޙައްމަދު އަމީން ދައުރުގައިވެސް ލަންކާއިން ބިންގަނެވޭގޮތަށް އޮތް އޮތުން އަލުން މުރާޖާ ކުރަން ފެނޭ، ދިވެހިންގެ ފަރާތުން ހާރިޖީ ގުޅުންތައް ވަރުގަދަ ކޮށް ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަވާނެ ގޮތް ހަދަން ސަރުކާރަށް ގޮވާލަން، ނިކަން ބައްލަވާ ރާއްޖޭގައި ވެސް އިންޑިޔާއިން އެހީ ދީފައި އެގަޢުމުގެ ރައްޔިތުން ވަޒީފާތަކަށް ލުމަށް ސަރުތު ކުރޭ، ކީއްވެ ދިވެހިންނަށް އެހެން ހަދަން ނޭގެނީ
ކުޑަކަތީބު
04 April 2022
ނޫހުގަ ޖެހީމަ އަނެއްކާ އަގުބޮޑުކޮށްލާނެ، ބަޔަކު އަގުހެޔޮކޮށް ނަގައިގެން ފޮރުވައިގެން ލިބެގެން ބޮޑުއަގުގަ ވިއްކަނީ
ވިކިލީކުސް
04 April 2022
މައުމޫނުގެ ޒައާމަތުގަ 12ރ އަށް ޑޮލަރު ހުރީމަ އެވަރު މާބޮޑޭ ކިޔާފަ ނަޝީދު ނުބުނޭތަ އެމްޑީޕީން 10ރ އަށް ޑޮލަރުގެ އަގު ތިރިކުރާނަމޭ؟ އެކަންވެސް ނުވި. މިއަދު ތިބުނީއިންތިހާއަށް ތިރިވީއޭ. ބަލަ 17ގައޭއެހެރީ.. ވެރިކަމުގެ ގޮނޑިއަށްޓަކައި ނަޝީދު އޭރު ދެެއްކީ ހޮޅި ވާހަކަކަން މިއަދު އެބައެނގޭ. ތައުލީމީ ނިޒާމު މުޅިން ފުނޑާލައިފި. ގުރޭޑް 12 ނިންމާ ކުއްޖާއަށް މިރޯދަމަހު ގުރުއާން ހަތިމުން ބަލައިގެން ކިޔަން ނޭނގޭކަމީ އެމްޑީޕީގެ ތައުލީމީ މަންހަޖުގެ ކޮލިޓީ!
ހުތޭ
04 April 2022
ކިޔޭނުކިޔޭއެއް އެބަ އެނގޭނތަ؟
ގޮތްްކުޑަކަމާއެ
04 April 2022
ކަލޭމެންގެ ގޮތްކުޑަކަން ބޮޑީކީ ވަކިވަރަކަށް ނޫންވިއްޔާ!! މައުމޫން އޭނަގެ ފެންވަރުން ޤައުމަށް ކަންތައްތަކެއް ކޮށްދީފި އެހެނަސް، އެޒަމާނުގާ ކަލޭމެނަށް ނޭގުނަސް، އަހަރުމެން އުޅުނީ ބޭސްފަރުވާއަށާ ފޮތް ފަންސުރަށް ސަލާން ޖަހާގެން. މުސްކުޅި މައިންބަފައިންނަށް އަޅާލެވޭނެ ގޮތެއް ނޯވޭ، އެހެނަސް، ތިބުނާ ނަޝީދަކުމެން ވެގެން ކަންތައްތަކެއް ސިސްޓަމަކަށް އަޅުވާލުމުގެ ސަބަބުން، މިއަދު އަހަރުމެނަށް ބޭނުންހާ ގޮތަކަށް މިއުޅެވެނީ. ހަޖަމް ޕްލީސް
ބަރުލަ
04 April 2022
ފައިސާގެ އަގު ދައްވާނެ ދުވަސް ވާވަރަކަށް. 90 ގެ އަހަރުތަކުގެ އަގު ނުހިފެއްޓޭނެ މިހާދުވަސް ވާއިރު. ރުފިޔާއަށް ވުރެ ޑޮލަރު ރާއްޖޭގައި ގިނަވެގެން ނުދާހާ ހިދަކު އެކަމެއްނުވާނެ.
ބަކަމޫން
04 April 2022
މައުމޫން ޒައާމަތުގައިވެސް ދަރިންނަށް ގުރުއާން ކިޔަވަން ދަސްކޮށްދެނީ ބެލެނިވެރިން އަމިއްލަ ގުރުއާން ކްލާސްތަކަށް ގެންގޮސްގެން. މައުމޫންގެ ވެރިކަން ނިމުނުއިރު ގްރޭޑް10 ނިމުނީމާ ގިނަކުދިންގެ ކިޔެވުން ނިމުނީ. ޔުނިވަސިޓީއެއް ހެދިފައިވެސް ނެތް