ފިނޭންސް މިނިސްޓްރީގެ ނައިބަކަށް އައްޔަންކުރެއްވި ޝާމް
22 ޑިސެމްބަރ 2016 - 15:46
ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އާ ބޭފުޅަކު މިއަދު އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ މަގާމަށް އައްޔަންކުރެއްވީ ނ. ފޮއްދޫ، ޔާގޫތުގޭ ހުސެއިން ޝާމް އާދަމް ކަމަށެވެ.
ފިނޭންސް މިނިސްޓްރީގައި ޝާމާއެކު މިހާރު ތިން ޑެޕިއުޓީ މިނިސްޓަރަކު ތިއްބަވަ އެވެ.
ޝާމް ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ. މީގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ބޯޑު މެމްބަރުންގެ ތެރޭގައި ވެސް އޭނާ ހިމެނިވަޑައިގަންނަވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Mishy
22 December 2016
ޝާމަކީ މަށާ އެއް ގްރޭޑެއްގައި އަހްމަދިއްޔާ ސްކޫލުން ކިޔެވި މަގޭ ފްރެންޑެއް...ކޮންގްރާ ޝާމް... މިތަނުގައި ކޮމެންޓް ކޮށްފައި ހުރި ބޭފުޅުން ވިދާޅުވެފައި ހުރިހެން ހަމަ ޅަ ޒުވާނެއް....30 އަހަރު ވެދާނެ...އެކަމަކު 32 އަހަރަށްވުރެ ދޮށި ނުވާނެ...
ބޮކިފަތި 3 އަހަރު
22 December 2016
މިތިދޭ ވަޒީފާތަކަނީ.
ސަނދުވާ
22 December 2016
މަރުޙަބާ. އިޚުލާޞްތެރިކަމާއެކު، ޤައުމަށާއި ސަރުކާރަށް ޚިދުމަތްކޮށްދެއްވާނެކަމަށް އުއްމީދުކުރަން.
އުމަރު
22 December 2016
ތިޔަވާނީ ހަމަ ޕަޕެޓަކަށް
ޖެނެޓް
22 December 2016
ގާބިލް މީހުން ތިއްބާ، ޅަފުރާގެ ކުދީން ގައުމުގެ ފިޒިކަލް ޕޮލިސީގެ ކަންކަން ކުރާ ވުޒާރާއަށް އައްޔަންކުރުމަކީ ސަރުކާރުގެ ނާގާބިލުކަމުގެ މިސާލެއް. އަދި ސަރުކާރުގެ ސިޔާސީ މަގާމުތަކަށް މީހުން ނުލިބޭ ކަމުގެ ހެއްކެތް! މިއީ އުމުރުން 30 އަހަރު ނުވާ ކުއްޖެއް ކަމަށް މައުލޫމާތު ލިބެނީ. މިކުއްޖާއަކީ އިސްލާމިކު ބޭންކުގެ ކައުންޓަރެއްގައި ވަޒީފާގައި އުޅުނު ކުއްޖެއް. މަތީ ތައުލީމު ދާއިރާއިން އެހާ ބޮޑަށް ލިބިފައިވާ ކުއްޖެއްނޫން. އެކަމަކުވެސް ދައުލަތުގެ ހިސާބުކިތާބު ބަލަހައްޓާ އޮފީހުގެ މިވަރުގެ ވަޒީފާއަކަށް ލުމުގައި ސިޔާސީ ގޮތުން ވަރަށް ކަމީނާ ސަރުކާރެއްކަން އިނގިއްޖެ
މައުލޫމާތު
22 December 2016
ޝާމް އަކީ އެއްވެސް އިރެއްގައި ކައުންޓަރުގައި މަސައްކަތްކުރި މީހެއެނުން. އެ އީ ފައިނޭންސިންގެ ދާއިރާއިން މަތީތައުލީމް ހާސިލްކޮށް ތަޖުރިބާލިބިފައިވާ ބޭފުޅެއް. ޖެނެޓް އަށް ފިޒްކަލް އާއި ފިޒިކަލް ވަކި ކުރަން ނޭގޭކަމުން ތިބޭފުޅާގެ ފެންވަރު އެނގިއްޖެ ވ ސަލާމް
ސެޓީ
22 December 2016
މަތީ ތައުލީމުގެ ދާއިރާއިން އޮތީ ކޮން ފާހެއްތޯ އަޅެ އައްސަވާލައްވާ. ދުނިޔޭގެ ކޮންމެ ގައުމެއްގައިވެސް ފިނޭންސް މިނިސްޓްރީ ފަދަ، ފޮރީން މިނިސްޓްރީ ފަދަ މުޙިއްމު ވުޒާރާތަކުގައި ތިބެނީ ދާއިރާގެ މަތީތައުލީމު ލިބިފައިވާ ތަޖުރިބާ ހުރި ބޭފުޅުން. މިފަދަ ކުޑަކުދީން ތަންތަނަށް ލައިގެން ޒިންބާބުވޭ ކަހަލަ ގައުމުތަކުގައިވެސް އުޅޭކަމުގެ މައުލޫމާތެއްނެތް ލިބިފައެވެ. ސަރުކާރުގެ ސިޔާސީ މަގާމްތަށް ފުރަން މީހުން ނެތީތޯ ސުވާލު އުފެދޭ. ހިއެއްނުވޭ، ކިޔަވައިގެންތިބި ބަޔަކު މި ސަރުކާރާއި ވައިވެސް އެޅެން ބޭނުންވާހެނެއް
ސިޔަސީ
22 December 2016
ކޮންމެ ސަރުކާރެއް އޮތަސް އެކަންވާނީ ހަމަ އެެހެން.
ސިޔާސީ
22 December 2016
މަތިމަހާ ތުނބުޅީގައި ކިރިޔާ ލޯލި ފަޅާފައިވާ ކުދިން ސިޔާސީ ބޭނުމަށް ސަރުކާރުގެ މަތީމަޤާމުތަކަށް އައްޔަން ކުރުމުގެ ސަބަބުން ސަރުކާރުގެ ހިންގުންވަނީ ފެއިލްވެފަ.
ޢެސް އެމް އެސް
22 December 2016
ސިވިލް ސާވިސް ކޮމިޝަން ގެ ރައީސް ބަދަލު.ކުރާނީ ކޮނ ދުވަހަކުން ބާ؟
ޗިކުސް
22 December 2016
ޕާރޓީ އަށް ނިސްބަތް ވާ މީހުން ނަށް ބޮޑެތި މަގާމް.