ލޯކަލް މާރުކޭޓު ސަރަހައްދުގައި ލުނބޯ ވިއްކަން ބަހައްޓާފައި-- ފޮޓޯ: ނިޝާން އަލީ | މިހާރު
05 އެޕްރީލް 2022 - 00:39
އެސްޓީއޯއިން އަގުހެޔޮކޮށް ލުނބޯ ވިއްކަން ފަށައިފި އެވެ.
އެ ކުންފުނިން އަމިއްލަ އަށް ލުނބޯ އެތެރެކޮށް، ކިލޯއެއް ވިއްކަނީ 45ރ. އަށެވެ.
ލުނބޯ އަގުހެޔޮ ކުރި ނަމަވެސް ވިއްކާނީ ލިމިޓުކޮށް ކަމަށް އެސްޓީއޯއިން ބުންޏެވެ. ޕީޕަލްސް ޗޮއިސް އިން މީހަކަށް ލުނބޯ ކިލޯއެއް ވިއްކާއިރު އެ ކުންފުނީގެ އެގްރިސެންޓަރުން މީހަކަށް ތިން ކިލޯ ލިބޭނެ އެވެ.
އެސްޓީއޯއިން ރާއްޖެ އަށް ލުނބޯ ގެނައީ ލުނބޯގެ އަގު ބާޒާރުގައި ވަރަށް މައްޗަށް ގޮސްފައި ވަނިކޮށެވެ. ބާޒާރުގައި މިއަދު ވެސް ލުނބޯ ކިލޯއެއްްގެ އަގު ހުރީ 120ރ-150ރ. އާ ދެމެދުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހހހޖސޖސސސސ
05 April 2022
ބ. އޭދަފުށީގަވެސް އެސްޓީއޯ ބުރާންޗެއް ހުރެޔޯ. އެތާ ހުންނަ އެއްޗެއް ހަރާން. ތަންކޮޅެއް ރަގަޅުކޮށްލަން ވެއްޖެއްނު
ހުސައިންބޭ
05 April 2022
މާރުކޭޓުގައި ތިބޭ ވިޔަފާރިވެރިންނަކީ ރޯދަމެހެއް އަތުވެއްޖެނަމަ އެރޯދަމަހެއްގެ ދަރުމައާއި ޘަވާބު ހޯދަން ވަރަށް ކުރީގައި އަބަދުވެސް ތިބޭބައެކެވެ. އެހެނީ އެވެރިންނަށް ލުނބޯކިލޯއެއް -/45ރ އަށް ނުވިއްކެންވީ ސަބަބަކީ ކޮބައިހެއްޔެވެ؟ ރޯދަމަސް ހަމަދާއިރަށް 40 އަށް 50 ވިއްކަން ފަށާނެވެ.
ބަޑިތަކުރު
05 April 2022
ސިޔާސީ މީހުން ސަރުކާރުން ވިޔަފާރި ނުކުރާށޭ ސަރުކާރުން ވިޔަފާރި ކުރުން ހުއްޓާލާށޭ ގޮވާހަދަނީ ވިޔަފާރިވެރިން ހިތުހުރިގޮތަކަށް ކަންތައް ކުރުމަށް ކޮންމެސްވަރެއްގެ ހުރަހެއް މިހާރު އޮންނާތީތާއެވެ. މިހެން ގޮވާމީހުންގެ ބާރު ހިނގި މުއްދަތުގައި ދައުލަތުގެ އެއްވެސް ކުންފުންޏަކުން ހިއްސާދާރުންނަށް ލޯލާރިއެއްވެސް ނުލިބިދިޔުމުން ގައުމަށް ނުވަތަ ރައްޔިތުންނަށް ލިބުނީ ކޮން ފައިދާއެއް ބާވައެވެ.
ރަސްގެފާނު ރަދުން
05 April 2022
އެސް ޓީ އޯ އިން ތި ލުބޯ ކޮޅު ވިޔަފާރިވެރިންނަށް ވިއްކާ ހުސްކޮލާނެ. އެސް ޓީ އޯ އިން ގެންނަ ބިސްތައްވެސް މިހާރު އެއޮތީ ބާޒާރު މަތީ ފިހާރަތަކުގައި
ޙިނި
05 April 2022
އެސްޓީއޯއިން 45ރ ލުންބޯ ކިލޯއެއް ވިއްކަނީ އާންމުންނައްތޯ ނޫނީ ހޯލްސޭލް ކޮއް ވިޔަފާރިތަކައްތޯ؟
ސަލީމް
05 April 2022
ހަބަރު ކިޔާ ބަޔަ...
ކމއވނ
05 April 2022
އެސްޓީއޯގެ ވާހަކަ ދައްކާއިރު އިއްޔެވެސް ތިޔަ އެގްރި ފިހާރަކަށް ދިޔަ މުސްކުޅި ބޭބެއަކަށް ކައުންޓަރުން ދިންޖަވާބަކީ، ބޭބެ ބިސް މިއަދަށް ކޯޓާހަމަވެއްޖެ. މާދަމާ ނުގަޑިބައިގަ އަނެއްކާވެސް ސުލިޕްހަދާނީ މިކޮޅުން 50 ކޭސް ދޫކުރާނީ ބޭބެ ސުލިޕް ހަދައިގެން ދާންޖެހޭނީ އިންޑަސްޓްރިއަލް ސަރަހައްދަށް ބިސްކޭސް ނަގަން. މިއީ ރޯދަމަސް. ހޭހާ ހޫނުގަދަ. ބިސްކޭހަކަށް އުތުރު ފަރާތު އަތިރިއަށް ފައިސާދައްކައިގެން އެބިސްކޭސް ބަލައި ދެކުނުފަރާތު އަތިރިއަށް. ލައްކަފަސޭހަތާ
ބޮޑުމީހާ
05 April 2022
އެސްޓިއޯއިން ނަމެއްގަ ވިޔަފާރިކުރަނީ
ލައްޓި
05 April 2022
ވިޔަފާރީގައި ބަރަކާތް ލައްވާށި، އާމީން
އަބްޑޫޅް
05 April 2022
ހޫނ. މިފަހަރު ދޯޅަނބެއް ނޫން ދޯ؟ މިރޭ ތަރާސް ދަމުގެ ޖާފަތަށް، އަހަރެމެންގޭ އަންހެންވެރިންނަށް ރަނގަޅު ހަވާދުލީ ބިސް ކޮޅެއް ހަދާލެވޭނެ. ސޫޖީވެސް ހުންނާޅެ.
ރޯދިސޭލް
05 April 2022
އެކިކަހަލަ ސުޓަންޓުތައް ވިޔާފާރީގައި ޖައްސައެވެ، މިފުކޯއިން މިހެދި ވަޑާމަކީ މަސްދަޅުތައް އަގުބޮޑުވާނެއޭ ކިޔައިގެން މަސްދަޅަކުން އެންމެ ލޯ ލާރިއެއްވެސް އަގުހެޔޮ ނުކޮށް ހުރިހާ ކޭހެއް ބޮޑުއަގުގައި ވިއްކާލީއެވެ. އެެހެން ފަހަރުތަކު ސޭލް އަޅުވައި އަގުހެޔޮކުރުމުންވެސް ނުވިކޭހާ ބާރަށް ފަތު އަޑު ކިޔާފައި މަސްދަޅު ކޭސްތައް ވިކި ހުސްވެއްޖެއެވެ. ކަޑޫދޫމިހުން އުރީދޫއާ ގުޅިގެން ސޯސް ހެދިހެދީނުން މިރުހުގެ އަގު ރަަނަށްވުރެ ބޮޑުވެއްޖެއެވެ. އަލިފުހާ