މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް ލޫކަސް ޖަލީލް އޭނާގެ ބައްޕަ މުހައްމަދު ޖަލީލާ އެކު.
24 އެޕްރީލް 2022 - 15:55
ރާއްޖޭގެ 13 އަތޮޅެއްގައި އަތޮޅު އޮފީސް 26 ފަހަރެއްގެ މަތިން ހިންގެވި އަދި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި ބ. ކުޑަރިކިލު، މުހައްމަދު ޖަލީލް މިއަދު އަވަހާރަވެއްޖެ އެވެ.
އުމުރުން 74 އަހަރުގައި ޖަލީލް އަވަހާރަވީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު މިއަދު ހެނދުނު މާލޭގައި އޭނާ ދިރިއުޅުއްވާ ގޭގަ އެވެ.
ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތްކުރައްވާފައިވާ ޖަލީލް ވަނީ ކުޑަރިކިލުގެ ގިނަ މަގާމުތަކެއް އަދާކުރައްވައިފަ އެވެ. އޭގެ ތެރޭގައި އެ ރަށުގެ ކުޑަކަތީބުކަމާއި ގާޒީކަމާއި އަދި މަދަރުސާގެ ނަޒީރުކަން ވެސް ހިމެނެ އެވެ.
ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ބ. އަތޮޅުގެ މެމްބަރުކަމާއި އެ އަތޮޅު ކުރިއަރުވާ ކޮމެޓީގެ މެމްބަރުކަމުގެ އިތުރުން އެ އަތޮޅުގައި ހުންނަ އެޓާނީ ޖެނަރަލްގެ އެހީތެރިޔާގެ މަގާމު ވެސް ފުރުއްވެވި އެވެ.
ވަކިވެ ނުދާނޭ ބައްޕަގެ ޒިކުރާ ހަނދާނާ ♥️🥺
— Luke (@Lucasjalyl) April 24, 2022
💔 ބައްޕަ ވަރަށް ޅެން ލިޔުއްވި. އަތޮޅުތަކުގައި ހުންނަވައިގެން ރަށްރަށުގެ ބަސްތައް އެއްކުރައްވައި ދިވެހި ރަދީފް އެކުލަވާލުމުގަ ބޮޑު ހިއްސާއެއް އަދާކުރެއްވި. ދިވެހި ބަހާ ތާރީޚާ އަދަބިއްޔާތަށް، ފޮޓޯ ނެގުމާ، ފޮތަށް ނުހަނު ލޯބިކުރި. pic.twitter.com/5FgPJpYBvb
ޖަލީލް އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ އެޓޯލްސް މިނިސްޓްރީގަ އެވެ.
- އިންވެސްޓިގޭޓަރުކަން
- ސީނިއާ އިންވެސްޓިގޭޓަރުކަން
- ވަކީލުކަން
- ސީނިއާ އަންޑަ ސެކްރެޓަރީކަން
- ޑިރެކްޓަރުކަން
- ށ. ޅ. ކ. އއ. ފ. އަދި ތ. އަތޮޅު އޮފީހުގައި އެއް އަހަރު
- ހއ. އަދި އދ. އަތޮޅު އޮފީހުގައި ދެ ފަހަރު
- ހދ. ލ. ގއ. އަދި ޏ. އަތޮޅުގައި އޮފީހުގައި ތިން ފަހަރު
- ގދ. އަތޮޅު އޮފީހުގައި ހަތަރު ފަހަރު
Kudarikilee jaleel akee raajjeyge hurihaa atholheh, atholhu veriyeh ge badhaluge gothugai hunnavaigen hingaafai vaa faraatheh.
— Alaa Didi (@alaadidii) April 24, 2022
Baa atholhuge attorney kamaa Kudarikilu katheeb kan ves kurevvi.
Foi kiyumah loabi kurevvi. Adhi ekan aalaa kurumuge gothun foi hadhiyaa ves kurevvi pic.twitter.com/9aiEtN8ofm
ދިވެހި ބަހާއި ތާރީހު ދިރާސާކުރައްވާ އަލާ ދީދީ ޓުވީޓްކުރެއްވި ގޮތުގައި، ޖަލީލަކީ ފޮތްކިޔުމަށް ވަރަށް ލޯބި ކުރެއްވި ބޭފުޅެކެވެ. އަދި އެކަން އާލާކުރެއްވުމުގެ ގޮތުން އޭނާ ފޮތް ހަދިޔާ ވެސް ކުރެއްވި އެވެ.
އަތޮޅުވެރިޔާގެ ބަދަލުކަން ކުރެއްވި ދުވަސްވަރު އެކި އަތޮޅުތަކަށް ވަޑައިގެން ފޮރުވިފައި ހުރި ގިނަ ބަސްތަކެއް ދިވެހިބަހުގެ ރަދީފުގައި ހިމަނުއްވަން ފޮނުއްވުމުގެ މަސައްކަތް ވެސް ކުރެއްވި އެވެ. އޭގެ އިތުރުން އޭނާ ވަނީ ޅެން ހައްދަވައި، މަޒުމޫނުތައް ވެސް ލިޔުއްވައިފަ އެވެ.
ޖަލީލަކީ މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ތަރިކަ އާއި ސަގާފަތާ ބެހޭ މިނިސްޓްރީގައި ޑިރެކްޓަރުކަން ވެސް ކުރައްވާ ޝަމްއޫން ޖަލީލް (ލޫކަސް) ގެ ބައްޕަ އެވެ. ލޫކަސްއާ އެކު ޖަލީލަށް ހަ ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ ހަތަރު ފިރިހެން ބޭފުޅުންނާއި ދެ އަންހެން ބޭފުޅުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝާހިދު
25 April 2022
މަރުޙޫމަށް ސުވަރުގެ މިންވަރުކުރައްވާށި! ވަރަށް މީހުންނާ ގުޅޭ ހިތްތިރި ވެރިއެއް. އަތޮޅުވެރިކަމުގެ ދުވަސްވަރު ޢަބްދުﷲ ޙަމީދު ވަޑައިގަންވާއިރު އެމަނިކުފާނުގެ ހުރިހާ ކަމެއް ބަލަހައްޓަވާ އެންމެ އަރިސް ބޭފުޅަކީ ޖަލީލު. ކޮޓަރިކޮޅު ތައްޔާރުކޮށް ފަރިއްކޮޅަށް ކުކުޅު ހޯއްދަވަނީވެސް ޖަލީލު. ދަންވަރު ކުއްލިޔަކަށްކަރަންޓު ކެނޑިއްޖެ ހާލަތެއްގަ ޓޯޗުބައްތި ހިފައިގެން ގޮސް މިނިސްޓަރުގެ ކޮޓަރީގެ އަލިކަން ހިފެހެއްޓުމަށް ހިތްވަރާއެކު މަސައްކަތް ކުރެއްވި.
ށަވިޔަނި
24 April 2022
اللهم اغفرله وارحمه واسكنه في الجنة آمين
ރަދީފްއޮފިޝަލް
24 April 2022
އާއިލާއަށް ލިބުނު ފުން ހިތާމައިގަ ބައިވެރިވަން.