މާފުށި: އެ ރަށުގައި މީހަކަށް ހަމަލާދޭން އުޅުނު މައްސަލާގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައި. -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
07 މެއި 2022 - 19:59
ކ. މާފުށީގައި ތޫނު އެއްޗަކުން ހަމަލާދޭން އުޅުމަށް ފަހު މާލެ އައިތަނާ ދެ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާފުށީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދޭން އުޅުނު މައްސަލައެއް ރޭ ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން 20 އަހަރާއި 21 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އޮފިޝަލް ވިދާޅުވީ އެ މީހުން މާލެ އިން ހައްޔަރުކުރީ މާފުށިން އައިތަނާ އެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.
މި ދުވަސްވަރު މާލެ އާއި ހުޅުމާލޭގައި ގްރޫޕް މާރާމާރީތައް ގިނަ އެވެ. އެ މައްސަލަތަކާ ގުޅިގެން ގިނަ ބަޔަކު ހައްޔަރުކޮށްފައިވެ އެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިބޭ
08 May 2022
ތިހެން އުޅޭމީހުން އުމުރުދުވަހަށް ޖަލުގައި ބޭތިއްބޭގެ އިންތިޒާމް އެބަޖެހޭ ހަދަށް. އަބުރާ މުޖުތަމައަށް ނެރެންވާނީ ވަރަށްބޮޑަށް ޔަގީންކޮށްފައި
އަސްލު
08 May 2022
ބާލިޣު ވުމުން އިސްލާމް ދީނުގަ ޙުކުމް ވާޖިބުވާނެ, 18, 15 ކިޔާނެ ކަމެއްނެއް.
ޒިޔާ12
08 May 2022
ތަޅާނެ ކުދިން ކޮޅެއް ހޯދަން އުޅޭ މީހަކު އެބަ އުޅޭ ސިޔާސީ ޕާރޓީ އަކުން ބޭރު ވެދާނެ ތީ. އޭނަ ގައުމު ހަލަބޮލި ކޮށްލައިގެން ވެސް އޭނަ ބޭނުން ކަނ
ށަވިޔަނި
08 May 2022
މާރާމާރީ ހިންގާ އެންމެން ތިގޮތަށް ހައްޔަރުކުރެވެންވާނެ. މިއީ މާރާމާރީ ހިންގާ މޫސުން.
އަސްތާ
07 May 2022
ތި ކޯޓުތަކުން ބުރަކަށީގަ ރިއްސާތީ އޭ ކިޔާފަ ދޫކޮށްލަފާނެ… ކަންބޮޑުވޭ.
ކާނިވާއިން
07 May 2022
ކުޑަކުދީންގެ އުމުރު 15 އަށް ހަނދަންވީ
ފަހުދު
07 May 2022
5 އަހަރައް ހަދަންވީ
6467726
07 May 2022
މާރާމާރީ ހިނަގާމީހުން މާލެ އެރުން މާނާކުރަންވީ.
އެނދިމަރިޔަނބު
07 May 2022
މާލެ މީ މާ މާތް ތަނެއްތަ؟ ދެން ރަށްރަށުގަ ބައިތިއްބަންވީ؟
އޭ އަސްލުވެސް
07 May 2022
ތެދެއް ވިއްސިވިހާލިވެގެން އުޅޭ ކުދިން އެސޮރުމެންގެ ރަށަށް ފޮނުވާލަންވީ އާއިލާ ގާތަށް
ަާސަކީނާ
08 May 2022
މި ނަސްލީ ތަފާތު ކުރުން ވަރަށް ބޮޑުވެއްޖެ މިހާރު. މާރާ މާރީ ހިންގާ ގިނަ ކުދިން ނިސްބަތް ވަނީ މާލެ އަށް ކަން ހަމަ ނޭގެނީތަ