އެޕަލް ޓީވީ އެޗްޑީ ޑިވައިސްއެއް: އަގުހެޔޮ ޑިވައިސެއް އުފެއްދުމުގެ މަސައްކަތް އަންނަނީ ކުރަމުން -- ފޮޓޯ: އެޕަލް
17 މެއި 2022 - 06:40
އެޕަލް ޓީވީގެ އަގުހެޔޮ، އާ މޮޑެލްއެއް އުފެއްދުމުގެ މަސައްކަތް އެޕަލް އިން ކުރަމުން އަންނަ ކަމަށް އެނަލިސްޓުން ބުނެފި އެވެ.
ރަސްމީކޮށް އިއުލާންކުރުމުގެ ކުރިން އެޕަލްގެ އުފެއްދުންތަކާ ގުޅޭ މައުލޫމާތު އާންމުންނާ ހަމަ އަށް ތިލަކޮށްދޭ މަޝްހޫރު އެނަލިސްޓެއް ކަމަށްވާ މިން ޝީ ކުއޯ ބުނީ އެންމެ އަގުހެޔޮ ރޯކޫ އާއި އެމެޒަންގެ ޓީވީ ޑިވައިސްތަކާ ވާދަކުރެވޭ ވަރުގެ އެޕަލް ޓީވީގެ މޮޑެލްއެއް މި އަހަރު ފަހުކޮޅު ނެރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިހާރު އެޕަލް ޓީވީގެ ތިން މޮޑެލްއެއް ވިއްކަ އެވެ. އެއީ ފޯކޭ އެޕަލް ޓީވީގެ 32ޖީބީ، 179 ޑޮލަރަށާއި 64ޖީބީ، 199 ޑޮލަރަށެވެ. އެޕަލް ޓީވީ އެޗްޑީ ލިބެނީ 149 ޑޮލަރަށެވެ. ފުރަތަމަ މޮޑެލްގެ ތިން ޖެނެރޭޝަނެއް ނެރެފައިވާއިރު، އޭގެ އަގުތައް އުޅެނީ 149 ޑޮލަރާއި 299 ޑޮލަރާ ދެމެދުގަ އެވެ.
Apple will launch a new version of Apple TV that improves cost structure in 2H22. I think that Apple's aggressive strategy of integrating hardware, content, and service amid the recession will help close the gap with its competitors.
— 郭明錤 (Ming-Chi Kuo) (@mingchikuo) May 13, 2022
އެންމެފަހުގެ މޮޑެލް، ފޯކޭ އެޕަލް ޓީވީ އަށް ޓެކުންގެ ތައުރީފު ވަރަށް ބޮޑަށް ލިބުނެވެ. އެ މޮޑެލް އަކީ ހޯމް ތިއޭޓާ ސްޓޭންޑާޑަށާއި ފޯމެޓަށް ވެސް ވަރަށް ބޮޑަށް ފެތޭ ޑިވައިސެއް ކަމަށް ބުންޏެވެ. އަދި އެއީ ގޭގެގައި ހޯމް ތިއޭޓާ އިންސްޓޯލްކުރާ މީހުންނަށް "ރަންގަނޑެއް" ކަމަށް ސިފަކޮށްފައިވެ އެވެ.
އެ ޑިވައިސްގެ އީޑީއައިޑީ (އަޑާއި މަންޒަރު އެ ކަނެކްޓްކުރާ ޑިވައިސަކާ އެންމެ ގުޅޭ ރަނގަޅު ކޮލެޓީގައި ލިބޭ) ފިޗާ އަށް ވެސް ވަރަށް ބޮޑަށް ތައުރީފުކުރި އެވެ.
ރޯކޫ އާއި އެމެޒަންގެ ޓީވީ ޑިވައިސްތައް މިހާރު 50 ޑޮލަރަށް ލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފްލޮޕީޑިސްކް
17 May 2022
ޓެކްނޮލޮޖިކަލް ސާމާނުގެ އެންމެ ފުރިހަމަ މޮޑެލް ނިކުމެ ނުނިމޭތީ އެއްޗެހި އާނުކޮށް މި ހުންނަނީ. ޓެކްނޮލޮޖީގެ ދާއިރާގަ އެއްބަޔަކަށްވުރެ އަނެއް ބަޔަކު ކުރިއަރަން އުފައްދާ ތަކެތި ގިނަވެ ދުނިޔޭގަ އެޒާތުގެ ކުނި ގިނަވެ އެއް ފޯނުގެ ޗާޖަރު އެހެން ބްރޭންޑެއްގެ ފޯނަކަށް ނުޖެހި ހުރުން ކަހަލަ މައްސަލަތައް ދިމާވާތީ ދުނިޔެއަށް ކުނި ގިނަ ނުކުރަންވެގެން އާ ފޯނަކާ އެއްޗެހި ނުހޯދާ މިހުންނަނީ.
އަހުމިއްޓޭ
17 May 2022
ބަލަގަ މިކަހަލައެއްޗެއްގެ އިސްތިހާރުކުރާއިރު މިއީ ރާއްޖޭގަ ބޭނުންކުރެވޭ އެއްޗެއްކަން ނުވަތަ ނޫންކަން ޚަބަރުގަ ލިޔެލީމަދޯ އިނގޭނީ ގަންނަން.
އަބުދުބެއްޔާ
17 May 2022
ނޭގެންޏާ ބުނެދިނަކަސް ނޭގޭނެ، ރާއްޖޭގަ މިހާރުވެސް ކިތަންމެ ބަޔަކު އެޕްލް ޓީވީ، އެންޑުރޮއިޑް ޓީވީ ބޮކުސް ބޭނުންކުރަމުންދޭ.
އަހުމިއްޓޭ
17 May 2022
އަބުދުބެއްޔާގެ ތިހިރަ ނޭއްގާނީ ވިސްނުމެއްދޯ. އެކަހަލަ ކިތަންމެ ޑިވައިސްއެއް އަދި ޕްލެޓްފޯމްއެއް އެކި ރީޖަންތަކުގަ ބޭނުން ނުކުރެވޭ. މިސާލަކަަށް ޑިޒްނީ ޕްލަސް، މިރީޖަންއަކަށް ނުލިބޭނެ ސަބްސްކްރައިބް ކުރާކަށް. އެހެންކަމުން މާއެނގި ގަނެގެން ނޫޅުއްވާ.