ވ. އަތޮޅު ފަޅެއް ކައިރިއަށް ލެއްގި ބޮޑުމަސް -- ފޮޓޯ/ ޝުޖާއު އަލީ
19 މެއި 2022 - 12:19
ވ. އަތޮޅުގެ ފަޅެއް ކައިރިން، މަރުވެފައި އޮތް ބޮޑުމަހެއް އޮޔާދާ ކަމަށް އެ އަތޮޅު ކައުންސިލުން ބުނެފި އެވެ.
ވ. އަތޮޅު ކައުންސިލުގެ ރައީސް ޝުޖާއު އަލީ "މިހާރު" އަށް މިއަދު ވިދާޅުވީ މަޑަން ގިރި ކިޔާ ފަޅެއް ކައިރިން 50 ފޫޓުގެ ބޮޑުމަހެއް ފެނިގެން އެ އަތޮޅުގެ ފުލުހުން އަތޮޅު ކައުންސިލަށް އަންގާފައިވާ ކަމަށެވެ.
އެ މަސް އޮތީ މަރުވެ ކުނިވެގެން މައްޗަށް އަރައިފައި ކަމަށް ބެލެވެ އެވެ. ޝުޖާއު ވިދާޅުވީ އެއިން ކޮންމެވެސް ވަރަކަށް ކުނި ވަސް ވެސް ދުވާ ކަމަށެވެ.
"ފުރަތަމަ ފެނުނީ މަސްވެރިންގެ ބަޔަކަށް. ފުލުހުން އަޅުގަނޑުމެންނަށް ރިޕޯޓް ކުރީ،" ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފޮޓޯ އާއި ވީޑިއޯ ނަގަން ވެސް އެ ސަރަަހައްދަަށް ބައެއް މީހުން ވަނީ މިހާރު ގޮސްފަ އެވެ. އަދި އެ މަސް ކޮންމެވެސް ރަށަކަށް ގެންދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވިސްނުން ހުރީ މީތި އެހެން ގޮތަކަށް ބޭނުން ކުރަން. ކަށިކޮޅު ނަމަވެސް ބޭނުންކުރާ ކަހަލަ ގޮތަކަށް މި ވިސްނުން ހުރީ. އެކަމަކު މޫސުން އޮތް ގޮތުން ވެސް އެހާ ފަސޭހަ ނުވެގެން މި އުޅެނީ،" އޭނާ ވިދާޅުވިއެވެ.
ބޮޑުމަސް އޮތް ފަޅާ އެންމެ ކައިރީގައި މީހުން ދިރިއުޅޭ ރަށަކީ އެ އަތޮޅު ތިނަދު އެވެ. އަދި ތިނަދު އާއި ކެޔޮދުއާ ދެމެދު މަޑުއްވަރި ފަޅު ކިޔާ ފަޅެއް އޮވެ އެވެ.
"ގާތްގަނޑަކަށް މަހުގެ ދިގުމިނުގައި ސާޅީސްފަހެއް ނޫނީ ފަންސާސް [ފޫޓު] ހުންނާނެ އެންމެ ކުޑަ ވެގެން ވެސް،" ޝުޖާއު ވިދާޅުވި އެވެ.
މާލެ/ވިލިމާލެ ކަނޑުއޮޅިން މީގެ ހަތަރު އަހަރު ކުރިން ވަނީ ބޮޑުމަހެއް ފެނިފަ އެވެ. އަދި ބ. ގޮއިދޫ ފަޅުތެރެއިން މީގެ ފަސް އަހަރު ކުރިން ވަނީ ބޮޑުމަހެއް ފެނިފަ އެވެ. ނަމަވެސް ބޮޑުމަސް ފެނުމަކީ ރާއްޖޭގައި މާ އާންމު ކަމެއް ނޫނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމަސްބެ
20 May 2022
ތީ ކޮންބާވަތެއްގެ ބޮޑު މަހެއްތަ؟ ކޮރަކަތްޔެއްތަ؟ މުށިމަހެއްތަ؟ ތިއަށްކިޔާ ދިވެހިބަހެއް އިނގިރޭސި ބަހެއްވެސްނެތްތަ؟ ޚަބަރެއް ގެނެސްދިނުމުގެ އެންމެ އަސާސަކީ އޮޅުންފިލުވަދިނުން
ޅއިނިން
20 May 2022
ރިހާކުރު ހަދަން ރަގަޅުވާނެ
މާވަހަރު100
19 May 2022
މާވަހަރު ހުރެދާނެކަމަށް ވަރަށް ބެލެވޭ ތީގަ
ހުދަންބަރު
19 May 2022
މާވަހަރު ބޮޑުމަހަކީ ސްޕާރމްވޭލް، މީ އޭގެ ބޮޑުމަހެއް ނޫން
ޙަސަންބެއްޔާ
19 May 2022
އަސްލުވެސް ވަރަށް ހީވޭ މާވަހަރެއް އޮވެދާނެ
ޜަކީދޫ ޒުވާނާ
19 May 2022
ތީތި ނަގާ ހިއްކާފަ ވ.ރަކީދޫ މިއުޒިއަމަށް ލުމަށް ރަޝްއަށް ގޮވާލަން.
ހދނދ
19 May 2022
ރަކީދުއަށް ބޮޑުމަސް އެރުވިއްޔާ މީހަކަށް ޖާގައެއް ނުހުންނާނެ
ރަދީފު ބިން ރަފައިދާ
19 May 2022
އަވަހަށް ތިޔަމަހުން ތެޔޮހާނާފާ ލަންކާއަށް ފޮނުވާންއުޅޭ. އެމީހުން އެއުޅެނީ ތެލަށްޖެހިގެން.