ހިތަދޫން ފެނުނު ދޫނި.-- ފޮޓޯ: މޫސަ
24 މެއި 2022 - 13:36
މި ސަރަހައްދުގެ ގައުމުތަކުން ވެސް ވަރަށް މަދުން ނޫނީ ނުފެންނަ މާކަނާގެ ވައްތަރެއްގެ ދޫންޏެއް ރާއްޖެއިން ފެނިއްޖެ އެވެ.
އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ މާކަނާއެއް ގޮތަށް ހީވާ އެ ދޫނި ފެނުނީ ލ. ހިތަދޫން މިދިޔަ ފެބްރުއަރީ 20 ގައި ކަމަށެވެ.
މިއީ، އެ ބާވަތުގެ ދޫންޏެއް ރާއްޖެއިން ފެނުނު ފުރަތަމަ ފަހަރު ކަމަށް އެ އެޖެންސީން ލަފާކުރެ އެވެ. މިހާތަނަށް ހޯދި ލިޔުންތަކާއި މައުލޫމާތުތަކުން ވެސް އެ ދޫންޏާ ގުޅޭ އިތުރު މައުލޫމާތެއް ނުލިބެ އެވެ.
The white stork is a well known bird with populations found throughout Europe, North Africa & the Middle East. The stork populations have now decreased from what it used to be, with large populations now mainly found in Spain and Poland, in addition to the Baltic region.
— EPA Maldives (@EPAMaldives) May 24, 2022
އީޕީއޭގެ ޓްވީޓް
އީޕީއޭއިން ބުނިގޮތުގައި، ފިނި މޫސުމުގައި ދެކުނު އިންޑިއާ އަދި ސްރީ ލަންކާ އިން ވެސް އެ ބާވަތުގެ ދޫނި ވަނީ ފެނިފަ އެވެ.
ހުދު ކުލައިގެ އެ ދޫންޏަކީ ޔޫރަޕާއި އުތުރު އެފްރިކާ އަދި މެދުއިރުމަތީގެ ގައުމުތަކުގައި މަޝްހޫރު ދޫންޏެކެވެ. އެކަމަކު އެ ސަރަހައްދުތަކުން ވެސް އެ ދޫނީގެ އާބާދީ ވަނީ ކުޑަވެފަ އެވެ. އެ ދޫނި މިހާރު ގިނައިން ފެންނަނީ ބޯލްޓިކް ސަރަހައްދާއި ސްޕެއިން އަދި ޕޮލެންޑުންނެވެ.
އީޕީއޭއިން ބުނީ އެ ދޫނި މައިގަނޑު ގޮތެއްގައި ކަނީ ކުދި ޖަނަވާރު ކަމަށެވެ. އޭގެ ތެރޭގައި މަސްކާށި ދޫންޏާއި ބޮއް ހިމެނެ އެވެ. އަދި މަހާއި ބިސް ވެސް ކައި އުޅެ އެވެ. އެ އެއްޗެހި ދިރިއުޅެނީ ކުޅި ކަހަލަ ތަންތަނުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމިއްޓޭ
24 May 2022
ގައިމު ޚަބަރުގެ ވަކި ހިސާބެއްގަ އެބައޮތްލިޔެފަ މާކަނާއެއްހެން ހީވާ ދޫންޔެކޭ! އާސިމާ، ކޮބާތަ ރަނގަޅު ގޮތަކީ.
ވަހީދު
24 May 2022
އިންޑިއާގެ ދެކުނާއި ލަންކާއިން ޢާއްމުކޮށް ފެންނަ ދޫއްޏެއް ރާއްޖެއިން ފެނުނީމަ އަޖައިބު އަންތަރީސް ވެއްޖެ.
ވިކިލީކުސް
24 May 2022
ދަރިފުޅުގެ އުފަލަކަށް މިދޫނި އަހަރެން ހިފަން ބޭނުން. އަދި އޭނައަަށް ފެންނަ ހިސާބުގަ ޓެރަސްމަތީގައި ބަހައްޓަން ބޭނުން. ނަމަވެސް މައްސަލައަކީ އިންސާނުންގެ ހައްގުތަކަށްވުރެ ބޮޑަށް ޖަނަވާރާ ދޫނިސޫފާސޫފީގެ ހައްގުތައް ހިމާޔަތްކުރާތީ. އެހެންވީމަ ސަކަރާތް. މިއީ ދޫނި ރާއްޖެ
ވިކޭލީކުހާ
25 May 2022
ހަމައެކަނި ތިޔަ މީހެއްގެ ދަރީގެ ހައްގުތަކެއް އިހެއްނުކުރެވޭނެ އެހެން ކުދިންގެ ހައްގުތަކާ އަޅާބަލާއިރު. ދޫނިސޫފާސޫފީގެ ހައްގު އެކަންޏެއް ނޫން އެ ހިމާޔަތްކުރެވެނީކީ. އެ ދޫނި ބަލާހިތްވާ އެހެން ހުރިހާ އެންމެންނަށްވެސް ހައްގު އެބަ އޮތް އެ ދޫނި ބަލަން ބޭންދުމުގެ.
ހިރޭ
24 May 2022
އަސްލުވެސް ތީ ވަރަށް މަސްހޫރު ދޫންޔެއް
ގފދ
24 May 2022
ތިޔަ އެއްޗެއް ފެނިގެން އަނެއްކާ ލޮކްޑައުން އަކަށް ދާކަށްނުޖެހޭނެ ބާ
ސްޓޯކީ
24 May 2022
ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އިތުރު އާ ވައްތަރުގެ ދޫނިތައް މިގައުމަށް އަދިވެސް އަންނާނެކަމަށް ހީކުރަން. މޫސުން އެންމެ ރަގަޅަށް އެނގޭނީ ހަމަ އެތަކެއްޗަށް. އަދި އުޅޭނެ ތަނާ ދާނެ ތަނާވެސް އެންމެ ރަގަޅަށް އެނގޭނީ އެތަކެތި އަމިއްލައަށް.
ހީހީ
24 May 2022
ކަނީ ކުދި ޖަނަވާރޭ…ތީ އޮޅުމެއް