ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ރޭ ބޭއްވި އަހަރީ އާންމ ޖަލްސާގައި. އޭނާ ވިދާޅުވީ، ކޮންމެ މަހަކު ޑޮލަރަށް 20 މިލިއަން ހޭދަކުރާ ކަމަށެ--ފޮޓޯ:ނިޝާން އަލީ މިހާރު
30 މެއި 2022 - 07:19
ބޭރުގެ ޓްރާންސެކްޝަންތަކަށް މިހާރު ވެސް މަހަކު 20 މިލިއަން ޑޮލަރު ހޭދަކުރާ ކަމަށާއި ޓީޓީ އާއި ކްރެޑިޓް ކާޑުގެ ލިމިޓް ވަރަށް އަވަހަށް ބޮޑު ކުރާނެ ކަމަށް ބޭންކްގެ ސީއީއޯ ޓިމޮތީ ސޯޔާ (ޓިމް) ވިދާޅުވެއްޖެ އެވެ.
ރޭ ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ޓިމް ވިދާޅުވީ ޑޮލަރުގެ މައްސަލަ އަށް ބޭނުންވާ ފުލް ސޮލިޝަން ހަމައެކަނި ބޭންކަށް ފޯރުކޮށްނުދެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، ޑޮލަރުގެ ހާލަތު ކިތަންމެ ނާޒުކު ނަމަވެސް ޑޮލަރުގެ މައްސަލަ އަށް ހައްލު ހޯދުމަށް އެ ބޭންކުން މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
ބޭންކުން އެންމެ ފަހުން ކްރެޑިޓް ކާޑު ލިމިޓް ބޮޑު ކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އޭރު ވަނީ ކްރެޑިޓް ކާޑު ލިމިޓް 750 ޑޮލަރަށް އިތުރުކޮށްފަ އެވެ.
ކޮވިޑް-19އާ ގުޅިގެން ރާއްޖެ އަށް ޑޮލަރު ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ބީއެމްއެލް އިން ވަނީ ބޭރުގެ މުއާމަލަތްތަކަށް ކްރެޑިޓް ކާޑު ބޭނުން ކުރެވޭނެ ލިމިޓެއް ކަނޑައަޅައިފަ އެވެ. ފުރަތަމަ ލިމިޓެއްގެ ގޮތުގައި 250 ޑޮލަރު ކަނޑައެޅި އިރު މިދިޔަ އަހަރުގެ ޖުލައި މަހު އެ އަދަދު 500 ޑޮލަރަށް އިތުރުކުރި އެވެ.
"އެމެރިކާގެ ފެޑެރަލް ރިޒާވުން ވަނީ ކޮވިޑްގައި ޗާޕު ކުރި ޑޮލަރު އަނބުރާ ރިޒާވަށް ވަންދަން ފަށާފައި. މިހާރު ވެސް ޓްރިލިއަނަށް ވުރެ ގިނަ ޑޮލަރު އިންޓަނޭޝަނަލް މާކެޓުން އަނބުރާ ނަގާފައިވޭ،" އޭނާ ވިދާޅުވި އެވެ.
ޓިމް ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަަމް ރަނގަޅުވި ނަމަވެސް މިކަމުގެ އަސަރު ރާއްޖޭގެ ޑޮލަރު މާކެޓުން ވެސް ފެންނަން ފަށާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ދިގު ރާސްތާގައި ބޭންކުން ކޮންްމެ މަހަކު 20 މިލިއަން ޑޮލަރު ހޭދަކުރުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
30 May 2022
ޜާއްޖޭގައި އޮޕަރޭޓް ކުރާ ބޭރުގެ ބޭންކުތަކުންވެސް އޮޕަޜޭޓް ކުރަން ޖެހޭނީ ލޯކަލް އިންޓިޓިއުޝަނެއް ގޮތުގަ، މިތަންތަނުން ވެސް އޭޖީއެ ތައް ބާއްވާ އިކޮނޮމިކް އައުޓުލުކް ހާމަކޮއް ޕަލިކައް ހާމަކުރަންޖެހޭ. ޢެޓީއޯ އަދި މެމްއޭސީއެލް ފަދަ ކުންފުނިތައްވެސް ބޭންކިން ދައިރާޔައް ވަނުން ރަނގަޅު
ބޮޑުމީހާ
30 May 2022
ދޮން މީހަކު މިފަދަ މަގާމަކަށް ލައިގެން މިއުޅެނީ މިކަމަށް ކުފޫހަމަވާ ދިވެއްސެއް ނެތީބާ! އޯލެވެލް ނުހަދާ މީހަކާއި އަގައިންބަހެއް ނުބުނާ މީހަކު ވެރިކަމަށް އޯކޭ. މަތިމަތިން މާސްޓަރސް ނެގީމަވެސް ކުފޫ ހަމަވާ ދިވެއްސެއް ނުލިބުނު.
ލާމަސީލު
30 May 2022
މިސޮރަށް ޑޮލަރުން މުސާރަ ނަގާފަ ދެން އެހެންމީހަކަށް ދޭނެ އެއްޗެއް އޮވޭތަ؟
އައްލާ
30 May 2022
ކޮރެޑީޓް ކާޑަށް ލިމިޓް އިތުރުކުރާއިރު، ޑެބިޓް ކާޑުގެ ލިމިޓް އިތުރު ނުކުރެވެނީ ކީއްވެތޯ؟ މިހާރު މި އޮންނަގޮތުން 250 ޑޮލަރަށްވުރެ އަގުބޮޑު އެއްޗެއް އޮންލައިންކޮށް ގަނެވޭކަށްނޯވެ. މިކަމަށް ހައްލެއް އަންނާނީ ކޮންދުވަހަކުން.
ކަނބިލިބޯ
30 May 2022
ކިހާދެރަ ކަމެއް. ޕޭޕަލް ގެންނާށޭ. ރައީސަށްވެސް އަޑު އިވޭތަ؟ ސަރުކާރަށް އަޑު އިވޭތަ؟
ގަބޭ
30 May 2022
ޕޭޕަލަ އާސްއުޅޭތާ ކޮންދުވަހެއް. ޓީވީން ދައްކާނުލާތީ ނުފެންނަނީދޯ.
ބޮޑުރިޔާ
30 May 2022
މަހަމަރަނގަޅަށްވެސް ބޯގޮވައިފި ވާނުވާއެއް ނޭގި މުޅިން ސުމަކަށް ހިގައްޖެ ކުރިން އާޓިކަލް ކިޔާލީއިރު އޮތީ ގައުމުބަނޑަށްޖެހިދާނޭ ޑޮލަރ ތާށިވެދާނޭ ލަންކާއަށް ޖެހުނު ހާލު ޖެހިދާނޭ ވިސްލައިގެންތިބޭއްޗޭ އަނެއް އާޓިކަލްކިޔާލީއިރު މިއޮތީ ޑޮލަރ ތިޔާގިވެފަ ލިމިޓްބޮޑުކުރާވާހަކަ ރާއްޖެއިން ޑޮލަރ ބޭރުކުރެވޭމިންވަރު މަތިކޮށްދޭވާހަކަ ދެއާޓިކަލްގައިވެސް އޮތީ އެއްތަނެއްގެ ބޮޑުމީހާގެ ވާހަކަ ތާރީހުވެސް ހަމައެއްދުވަހެއް 30މެއި 22 މިވަނީ ކީއްބާ އަނެއްކާ
ޚުރާފާތު
30 May 2022
ކޮރެޑިޓް ކާޑުގައި ވާނުވާ އޮޅުންނުފުލުވައި އޭތި ނުނަގާތި. ވަރަށް ނުރައްކާތެރި ސޫތަށް ކަނޑާއެއްޗެއް. 50000.00 ރުފިޔާގެ އިނާމެއް ދޭތީ މަވެސް އެކާޑުގެ ބޭނުން ވަރަށްކުރިން. ފަހުން އެނގުނީ ކޮންމެ ފަހަރަކު ގަންނަ އެއްޗެއްގެ 2.5% ކަނޑާ ލާފަ އިންނަނީ.
ޅިންނިން
30 May 2022
ރަގަޅު ވާހަކައެއް، ފައިސާއާ ބެހޭ ލިޔަކިއމެއްގާ ސޮއިކުރަންވާނީ ރަގަޅަ އޮޅުން ފިލުވާފަ. މަށެއް ކުރެޑިޓް ކާޑެއް ބޭނުމެއް ނުކުރަން. ގަންނަ ކޮންމެ އެއްޗަކުން 2.5% ކަޑައޭ ބުނީމަ ވަރަށް އޮޑު. އެއީ އެމެރިކާގަ ކާޑު ބޭނުން ކުރާތާ 30 ދުވަހު، އަބުރާ ފައިސާ ދައްކައިފިނަމަ 0% އިންޓަރެސްޓް އިންނާނީ. 30 ދުވަހަ ފަހު ނަގާފާ އިންނަ އަދަދަކަ އިންޓަރެސް އަރަމުން ދާނީ. މަހެންވެ މިބުނީ ވަރައް އޮޑު
ޕިކްސް
30 May 2022
ކުރެޑިޓް ކާޑު ގެންގުޅޭތާ 10 އަހަރުވަނީ. ދުވަހަކު ވެސް އިތުރު ޗާޖެއް ނުކުރޭ.
ހުސެން
30 May 2022
@ޚުރާފާތު: ވާނުވާނޭންގި ނުވަތަ ގަސްދުގައި ދޮގުމައުލޫމާތު ފަތުރާމީހުންގެ ކޮމެންޓުތައް ބުލޮކުކުރަންޖެހޭ!! ކުރެޑިޓުކާޑަށް އިންޓްރެސްޓުއަރާނީ ބޭނުންކުރުމަށްފަހު ކުރެޑިޓުކާޑުގެ ބިލަށް އޮންނަމުއްދަތުގައި ފައިސާނުދަށްކައިފިނަމަ، ފައިސާދަށްކަން 21 ދުވަސްލިބޭނެ، މިސާލަކަށް -/1000ރ ގެ ވިޔަފާރި މޭމަހުގައި ކޮށްފިނަމަ ޖޫން 10 ގައި ކުރެޑިޓުކާޑުގެ ބިލްރެޑީވާނެ، ޖޫން 10 އިންފެށިގެން 21 ދުވަހުގެ ތެރޭ ބިލްދައްކާނަމަ އިތުރު އެއްވެސް ޗާޖެއްނާރާނެ،
ކަޅުބާޒާރު
30 May 2022
ޑޮލަރު ލިމިޓް ބޮޑުކޮއްފިނަމަ ކަޅުބާޒާރައް އޮންނަ ޑިމާންޑު ކުޑަވާނެ. ކަޅު ބާޒާރައް ދާންޖެހެނީ ދެން އެހެންގޮތެއް ނެތީމަ.
ކޮރަލް
30 May 2022
ރިސޯޓް ތަކުގެ ޑޮލަރު ތައް މަގިމަތީ އާއި ކުދި ފިހާރަ ތަކުގަ ގާނުނާ ހިލާފައް ބޮޑު އަގުގަ ބިދޭސީން ( ވޯކްޕާމިޓް ގަ އުޅޭ ބިދޭސީން ) ވިއްކާ ވިއްކުން ހުއްޓު ވިއްޖެ ނަމަ ބޭންކް އަދި އާއްމުންނަށް އޭގެ ނފައިދާ ކުރާނެ އެވެ. ވޯކް ޕާމިޓް ގަ ލޭބަރ ނޫނީ މޭސަން ޖަހާފަ ހުންނަ ބިދޭސީ މީހާ އެންމެން ކުރިމަތީ ޑޮލަރު ވިއްކައިގެން މިލިއަނަރަށް އެބަ ވެ އެވެ. ސުވާލު ކޮށްލާނެ މުއައްސަސާ އެއް ނެތެވެ. ފުލުހުން ބުނަނީ އެއީ އިމިގްރޭޝަން ގެ ކަމެކޭ އެވެ.
ކަކުނިބޯ
30 May 2022
ދެއުޅިއެއްނުވާ ހޮޅި ވާހަކަ ނުދައްކާ 1. ޑޮލަރ އެމެރިކާގެ ފެޑްރަލްރިޒަރވް އިންނަގަނީ ބީއެމް އެލްގަހުންނަ ޑޮލަރތަ؟ 2. ޅިމިޓް ބޮޑުކުރެވޭނީ ޑޮލަރ ލިބިގެން އެމް އެމް އޭއިން ނާއި ޑޮލަރ ކަސްޓަމަރ އިން އެހެން ވާން އެބައޮތްތަ ލަލަލަ 3."ދިގު ރާސްތާގައި ބޭންކުން ކޮންްމެ މަހަކު 20 މިލިއަން ޑޮލަރު ހޭދަކުރުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ." ތިޔަވިދާޅުވާ ބަހުގެ މާނަޔަކީ ކޮބާތޯ. 4. ޢެމްއެމްއޭ އަށް މަނިޓަރީ ޕޮލިސީ ހިންގޭދުވަހަކުން ތިކަން ހައްލުވާނީ
ދެކޮނޮމިސްޓް
30 May 2022
މީހަކަށް އެއްޗެއް އެނގޭގޮތަކަށް ލިޔެބަލަ. މާ އެނގޭކަމަށް ހެދިގެން ހަމަ ހުސް ވާހަކަތަކެއް ދެއްކިޔަސް ކަމަކުނުދާނެ. ހީވަނީ (ކުރިން ފެނުނު ކަހަލަ) އިކޮނޮމިސްޓެއްކަމަށް.
ކަކުނިބޮލުގައިން ސިކުނޑި
30 May 2022
ޓިމް ބުނީ ވަރަށް ބޮޑަށް ސޮރީއޯ.. ކަކުނބޯ ކައިރި މިކަން އޮންނަގޮތް އަހާނުލާ އިނޓާވިއު ދެވުނީމައި.