ބީއެމްއެލްގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ޔޫޝާއު ސައީދު އޭޖީއެމްގައި ވާހަކަދައްކަވަނީ--ފޮޓޯ:ނިޝާން އަލީ/މިހާރު
30 މެއި 2022 - 14:24
ބީއެމްއެލްގެ ޗެއާޕާސަންގެ މުސާރަ އަށް 5،000ރ. އިތުރުކޮށްފި އެވެ.
ޗެއާޕާސަނަށް މުސާރައިގެ ގޮތުގައި މިހާތަނަށް ދެމުން އައީ 15،500ރ. އެވެ. ނަމަވެސް ރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި ބީއެމްއެލްގެ ބޯޑުން ބުނީ ޗެއާޕާސަންގެ ޚާއްސަ އިނާޔަތަށް 5،000ރ. އިތުރުކޮށްފައިވާ ކަމަށެވެ. ޚާއްސަ އިނާޔަތުގެ ގޮތުގައި ކުރިން ދިނީ 5،000ރ. އެވެ. އެހެންވެ، އެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ މުސާރަ އާއި އެލަވަންސް އަދި ބޯޑު އިނާޔާތުގެ ގޮތުގައި މިހާރު 21،500ރ. ލިބޭނެ އެވެ.
ހޮޓެލް ޖެންގައި ރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި ބީއެމްއެލްގެ ބޯޑުން ބުނީ މި ބަދަލު ގެންނަން ނިންމީ ފިނޭންސް މިނިސްޓްރީން ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކެޓަގަރީތައް ބަހާލައި ގިންތި ކުރުމުން ކަމަށެވެ. އެ ބަދަލުުތަކާ ގުޅިގެން ކުންފުނިތަކުގެ ޗެއާޕާސަނާއި ބޯޑު މެންބަރުންގެ މުސާރަ ހިމެނޭ އޮނިގަނޑެއް އެކުލަވައިލާފައިވާ ކަމަށާއި އެކަން ބީއެމްއެލްއަށް ވެސް ހިއްސާކޮށްފައިވާ ކަމަށް ބީއެމްއެލްގެ ބޯޑުން ބުންޏެވެ.
މި ވަގުތު ބީއެމްއެލްގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވީ ޔޫޝައު ސައީދެވެ. އެނާ މީގެ ކުރިން ވަނީ އެސްޑީއެފްސީގެ ބޯޑު މެންބަރުކަން ވެސް ކުރައްވައިފަ އެވެ. އަދި ތިލަފުށި ކޯޕަރޭޝަންގެ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރެއްވި އެވެ.
- އަސާސީ މުސާރަ: 10،000ރ.
- ބޯޑުގެ އިނާޔަތް: 1،500ރ.
- ހާއްސަ އިިނާޔަތް: 10،000ރ.
މީގެ އިތުރަށް އެހެން ބޯޑު މެންބަރުންނެކޭ އެއްގޮތަށް ބައިވެރިވާ ކޮންމެ ކޮމިޓީ ބައްދަލުވުމަށް 3،000ރ. ގެ އިނާޔަތެއް ޗެއާޕާސަން އަށް ވެސް ލިބޭނެ އެވެ.
ބީއެމްއެލްގެ ބޯޑު މެންބަރުންނަށް މުސާރައިގެ ގޮތުގައި މަހަކު ދެނީ 11،500ރ. އެވެ.
ބީއެމްއެލްއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ލިބޭ ކުންފުންޏެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް 1.9 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބުނެވެ. އޭގެ ތެރޭން 700 މިލިއަނެއްހާ ރުފިޔާ ޑިވިޑެންޑާއި ޓެކްސްގެ ގޮތުގައި ސަރުކާރަށް ދައްކާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިންސްމޯކް ސާންޖީ
31 May 2022
ދަތި ދުވަސްތަކެއް އަންނަކަމުގެ އިންޒާރު ދީފަ ތީ ދޯ ތައްޔާރު ވާ ގޮތަކީ؟
48343
30 May 2022
ޗެއާޕާސަންގެ މުސާރަ ޓީޗަރުންގެ މުސާރަހާ ހަމަވީދޯ؟
ކުރުކޮށް
30 May 2022
ތި ހުރިހާކަމެއް ކޮއްގެންވެސް ތިތާއުޅޭ މީހުން ވައްކަން ނުކުރާނެގޮތެއް ހަދަންޖެހޭ.