05 ޖޫން 2022 - 16:54
ގޭތެރެ އާއި ބަދިގޭގައި ހިފައިގެންގުޅޭ އިލެކްޓްރޯނިކް ސާމާނުގެ ކޮންމެވެސް ނަރެއް ނޫނީ ފިތެއް ހަލާކުވެގެން އުކައިލާން ޖެހޭ ފަހަރު މަދެއް ނޫނެވެ. އާއްމުކޮށް ދިމާވާ މައްސަލައަކީ ބޮޑު އަގު ދީފައި ގަންނަ އިލެކްޓްރޯނިކްސް އާލާތްތަކަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޖެހޭ ކުޑަ މައްސަލަ ވެސް ހައްލުކުރަން ބޭނުންވާ ސާމާނު ނުލިބުމުވެ. ނަމަވެސް މިހާރު ލިންކްސާވުން ވަނީ އެ ކަމަށް ހައްލު ހޯދައިދީ، އެކިއެކި އިލެކްޓްރޯނިކްސްގެ މަރާމާތަށް ބޭނުންވާ ސާމާނު ގެނެސްދީފަ އެވެ.
ލިންކްސާވުގައި ހުރި ބައެއް ކޮމްޕޮނެންޓްސް. ފޮޓޯ: ލިންކްސާވް
ލިންކްސާވްގެ މައި ފިހާރަ އިން، ރެޒިޒްޓާސް، މޮޓޯ، އެލްއީޑީ ފަދަ ތަފާތު އެކި ކޮމްޕޮނެންޓްސް ލިބެން އެބަހުއްޓެވެ. މެޝިން، ކުކަރު، މިކްސަރު ޑިޖިޓަލް ވޮޗް ނޫނީ އެހެނިހެން ކޮންމެ އިލެކްޓްރޯނިކް އެއްޗެއް ހަލާކުވިޔަސް އެ ހެދުމަށް ބޭނުންވާ ކޮމްޕައުންޑް ލިންސާވުގައި ހުންނާނެ އެވެ.
އެއީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އެ ތަކެތި މި ވަގުތު ލިބެން ހުރި ހަމައެކަނި ފިހާރަ އެވެ. ރާއްޖޭގައި އިލެކްޓްރޯނިކްސްގެ ވިޔަފާރީގައި ލިންކްސާވް އެންމެ ކުރީގައި އުޅޭ އިރު، އެއީ އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ކޮށްދިނުމަށް މަސައްކަތް ކުރާ ތަނެކެވެ. ލިންކްސާވުގައި ނެތް އެއްޗެއް ބޭނުންވެއްޖެ ނަމަ، އެ އެއްޗަކަށް އޯޑަރު ދިނުމުން ގެންގޮސް ދިނުމުގެ ހިދުމަތް ވެސް ދެ އެވެ.
މާލޭގައި ހުރި ލިންކްސާވްގެ ފިހާރައިގެ އިތުރުން ރިޕެއާ ސެންޓަރެއް ވެސް މިހާރު ވަނީ ހުޅުވައިފަ އެވެ. ހުޅުމާލޭގައި އިތުރު ފިހާރައެއް ހުޅުވުމުގެ ކަންކަން ވެސް ފަށައިފި އެވެ.
ލިންކްސާވުން ވިއްކާ ތަކެތީގެ މައުލޫމާތު އެ ފިހާރައިގެ ވެބްސައިޓުން ވެސް ބަލައިލެވޭނެ އެވެ.
ލިންކްސާވްގެ ހިދުމަތްތަކާއި ލިބެން ހުރި ސާމާނުގެ މައުލޫމާތު 3003000 އަށް ގުޅައިގެން ހޯދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓެކްނޮލޮޖީ ދޮންބެ
06 June 2022
ތިތަނުން މިޒަމާނުގެ އެލެކްޓްރޯނިކް އެއްވެސްއެއްޗެއް ރިޕެއަރ ނުކުރެވޭ. މިޒަމާނުގެ އެސް އެމްޑީ ކޮމްޕޮނެންޓް އެގޭމީހަކުވެސް ތިތަނުގައިނެތް. އަދިވެސް ލިބެންހުންނަނީ 1990 ގެ ކޮމްޕޮނެންޓް.
ކޮރަލް
05 June 2022
ދިވެހީން ގިނައިން ފެންނަ ހިދުމަތް ރަނގަޅު ފިހާރަ އެކެވެ.