ސަރުކާރުގެ ރަސްމީ ކޮންވެންޝަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރި ދަރުބާރުގެ: މިހާރު އެތަން ވަނީ ވަރަށް ބޮޑަށް ބާވެ، ތަޅާލަން ނިންމައިފައި -- ފައިލް ފޮޓޯ: މިހާރު
16 ޖޫން 2022 - 11:04
ބާވެ، ތަޅާލަން ނިންމާފައިވާ ދަރުބާރުގެ އާންމު އުސޫލުން މިހާރު ކުއްޔަށް ދޫނުކުރާ ކަމަށާއި އެކަމަކު ސަރުކާރުގެ އިދާރާއަކުން އެދެފި ނަމަ، އަދިވެސް އެ ތަން ދެމުން އަންނަ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
މި ސަރުކާރުން ނިންމާފައި ވަނީ 1990 ވަަނަ އަހަރު ރާއްޖޭގައި ބޭއްވި ސާކް ސަމިޓަށް ހެދި ދަރުބާރުގެ ތަޅައިލުމަށް ފަހު، އެ ތަނުގައި އާ އިމާރާތެއް ހަދާށެވެ. އެ މަސައްކަތަށް މިދިޔަ އަހަރު އެ ތަން ހުސްކުރި ނަމަވެސް އަދި އަމަލީ ގޮތުން އެއްވެސް ކަމެއް ނުކުރެ އެވެ.
އެކަމަކު، މިދިޔަ ހުކުރު ދުވަހުގެ ރޭ އެސްޓީއޯގެ "ސްޓާފް ނައިޓް" ދަރުބާރުގޭގައި ބޭއްވުމުން އަލުން އެ ތަން އާންމުކޮށް ކުއްޔަށް ދޭން ފެށީ ކަމަށް ބައެއް މީހުންނަށް ހީވެގެން އެ ސުވާލު އުފައްދަ އެވެ.
ދަރުބާރުގެ އާންމުންނަށް ކުއްޔަށް ދިނުން ހުއްޓުނީ 2020 ގެ ކުރީކޮޅު ރާއްޖެ އަށް ކޮވިޑް ބަލި ފެތުރުމުން ދަރުބާރުގޭގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ހިންގަން ފެށުމުންނެވެ. އޭގެ ފަހުން ސަރުކާރުން ވަނީ ދަރުބާރުގެ ތަޅާލައި، އެ ތަނުގައި އާ އިމާރާތެއް ހަދަން ނިންމިކަން އިއުލާނުކޮށްފަ އެވެ.
ނަމަވެސް ޕާޓީތަކާއި އެކި ހަފުލާތައް ބޭއްވުމަށް އުސޫލުގެ ބޭރުން މި ފަހުން ބައެއް މީހުންނަށް އެ ތަން ކުއްޔަށް ދީފައިވާކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.
އެކަމަކު ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ އާންމު އުސޫލުން މިހާރު ދަރުބާރުގެ ކުއްޔަށް ދޫނުކުރާ ކަމަށެވެ. އަދި އެގޮތަށް ދޫކުރުމުގެ ޕްލޭނެއް ވެސް ނެތް ކަމަށް ވިދާޅުވި އެވެ.
ނަމަވެސް، އޭނާ ވިދާޅުވީ ދަރުބާރުގެ ތަޅައިލުމުގެ ކުރިން ސަރުކާރުގެ އިދާރާއަކުން އެދިއްޖެ ނަމަ، މިހާރު ވެސް އެތަން ދޫކުރަމުން އަންނަ ކަމަށެވެ.
"މި އަހަރު އަޅުގަނޑުމެން ދަރުބާރުގެ ތަޅާލުމުގެ މަސައްކަތް ވެސް ފަށާނަން،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ ރަސްމީ ކޮންވެންޝަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރި ދަރުބާރުގެ: އެތަން އެންމެފަހުން ބޭނުންކުރީ ކޮވިޑް-19ެގެ އިމަޖެންސީ އޮޕަރޭޝަން ސެންޓަރަކަށް -- ފައިލް ފޮޓޯ: މިހާރު
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1990 ގައި ދަރުބާރުގެ ހެދި ނަމަވެސް އެކި ފަހަރު މަތިން އެ ތަން ވަނީ ބަދަލުކޮށް، މަރާމާތު ކޮށްފަ އެވެ. މި ސަރުކާރުން ދަރުބާރުގެ ތަޅާލައި އާ އިމާރާތެއް އަޅާނެ ކަމަށް ބުނީ، އެތަން ބާވެ ހަލާކުވާން ދޫކޮށްލާފައި ހުރި ކަމަށް ބުނެ އިދިކޮޅުން ސަރުކާރަށް ފާޑުކިޔަން ފެށުމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުއްބާ
16 June 2022
އިބުރާހިމް ސުލޯލިހައް އާ ދަރުބާރުގެއެއްވެސް ނޫން އެޅޭނީ. އޭނައައް ސިފައިންނާ ފުލުހުންލައްވާ ގުލާނުތެޅޭނީ.
ބާބްވޭ އޮފް ޒިމް
16 June 2022
ސަރުކާރުންނޭ ބުނީ ދެމީހުން އެކުގަ އުޅެވޭނީ ކައިވެނިކޮށްގެނޭ އެހެންވީމަ މަގޭ ވެޑިންގއަށް ދަރުބާރުގެލިބޭނެދޯ.
ދަރުބާރުގެ
16 June 2022
ކޮންހާ ދޮގެއް ހަދާކަށް. އައިލެންޑާޒް އެއީ ސަރުކާރުތަ؟ އެމީހުންގެ ސްކޫލްތަކުގެ - ކެންގަރޫ ބިލަބޮންގް- ހުރިހާ ދުވަހެއް މިއަންނަ ހަފްތާގަ ބާއްވަނީ މާލޭގަ ހުންނަ ތި ދަރުބާރުގޭގަ. ބެލެނިވެރިންނަށްވެސް އަންގާފަ އޮތިީ. އެއީވެސް ސަރުކާރު އުތަ؟
ބޮޑުމީހާ
16 June 2022
މިސަރުކާރަށް ކުރެވޭނެހާވެސް ކަމަކީ ހެޑްލައިން މޭކްކުރުން. 2018 ވަނަ އަހަރުން ފެށިގެން ބްރިޖް އަޅައިފި، ފްލެޓް އަޅައިފި، ގުޅިފަޅު ހިއްކައިފި، މާލެ މަގުތައް ހަދައިފި، ދަރުބާރުގެ ހަދައިފި، އަދި ނިމިދިޔަ ރޯދަ މަހު ފްލޯޓިންގ ސިޓީވެސް ހަދައިފި، އެހެންވީމާ އިތުރު 3 ދައުރު އަދި ދޭންވާނެ
ހަލާލު
16 June 2022
ބޮޑުމީހާ ތިޔަބުނި ލިސްޓުގައިވާ ކަންކަމަކީ މިސަރުކާރުން ކުރަން ނިންމާފައިވާ އެތައް ސަތޭކަކަމެއްގެ ތެރެއިން ކުޑަކުޑަ މިންވަރެއް. ކުރިއެރުމާ ތަރައްޤީ އަދި އުފާފާގަތިކަން ގެނެސްފައިވާ ރަށްރަށުގެ ކަންކަމެއް ނުބަލަމެއްނު!. ވަރަށް ގިނަ ސަލި ކަންތައް މިސަރުކާރުން ކޮށްފައިވަނީ. އެހެންވީމާ އިބޫ ސޯލިހުގެ ދެވަނަދައުރު އެބަ ދެންޖެހޭ!
ޖޯޖް
16 June 2022
ދަރުބަރުގެއަށް ސަރުކާރުގެ އޮފީސްތަށް ބަދަލުކޮއް މާލޭގައި ކުއްޔަށް ހިފައިގެން ސަރުކާރު އޮފީސް ހިންގާ ގެތަށް ދޫކޮއްލަ ބަލަ ގައިމު ސަރުކާރުން ކުލީގެގޮތުގައި ދޭންޖެހޭ އެތި މަދުވާނެ އެއްމެއޮފީހެއް ބަދަލު ކޮއްލިއަސް
ާަަަޑައިވަރޭ
16 June 2022
އެސްޓީއޯ އަކީ ސަރުކާރުގެ މުއައްސަސާއެއްތަ؟؟ އެހެންވިއްޔާ ބުނެބަލަ ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކަށޭ ދޫކުރަނީ.
ކަސްޓަމަރު
16 June 2022
އެސްޓީއޯ މިއަހަރުގެ އަހަރީދުވަހުގެ ފޮޓޯތަށްފެނި މަހީކުރީ އެއީ މިހާރު އިންޑިއާ ކުންފުންޏެއްކަމަށް؟ އަނެއްކާ މައިސަރުކާރުގެ ކުންފުންޏެއްބާ؟؟؟
ޢަނިލް ކަޕޫރު
16 June 2022
ކަސްޓަމަރުގޭގަ ހިންދި ފިލްމު އެޅުވީމަ ކަލޭ އަންހެނުން ވޭތަ ސްރީދޭވީއަށް؟
ށަވިޔަނި
16 June 2022
އަބަދު ފަށަން ފަށަން