ވިޔަފާރި / ވިލާ ކޮލެޖް

ސެޕްޓެމްބަރު އިންޓޭކަށް ވިލާ އިން ހުޅުވާލައިފި

ކޯސްތްކަށް އިއުލާނު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ވިލާ ކޮލެޖު

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ އިންޓޭކުގައި ބައިވެރިވުމުގެ ފުރުސަތު ވިލާ ކޮލެޖުން ހުޅުވާލައިފި އެވެ.

މި ފަހަރުގެ އިންޓޭކުގައި ވިލާ ކޮލެޖުން 127 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އޭގެތެރޭގައި މާސްޓާސް ލެވަލްގެ 16 ކޯހާއި، ޑިގްރީ ފެންވަރުގެ 36 ކޯހާއި، ޑިޕްލޮމާ ފެންވަރުގެ 26 ކޯހާއި، ފައުންޑޭޝަން ލެވެލްގެ 17 ކޯސް ހިމެނެ އެވެ. އަދި ސެޓްފިކެޓް ތިނެއްގެ 16 ކޯހާއި، ސެޓްފިކެޓު ދޭއްގެ ކޯހަކުން ވެސް ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އަދި އޭސީސީއޭ ލެވެލް، ސްކިލް ލެވެލް އާއި ޕްރޮފެޝަނަލް ލެވެލްގެ ކޯސްތަކާއި، އޭސީސީއޭ ކިޔަވާ ދަރިވަރުންނަށް ހާއްސަ އޭސީސީއޭ އެކްސެލެރޭޓް އަދި އޮކްސްފޯޑް ބްރުކްސް ޔުނިވާސިޓީގެ ބީއެސްސީ އޮނާސް އިން އެޕްލައިޑް އެކައުންޓިން ކޯހުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.

ވިލާ ކޮލެޖުން އިއުލާނު ކޮށްފައިވާ ކޯސްތަކުގެ ތެރޭގައި ސީމާ ހަ ސެޓްފިކެޓް ލެވެލް ކޯހާއި، އޮޕަރޭޝަން ލެވެލް، މެނޭޖްމެންޓު ލެވެލް، ޕްރޮފެޝަނަލް ލެވެލް އަދި ކެޓް ލެވެލްގެ އެކެއް، ދޭއް އަދި ތިނެއްގެ ކޯސްތައް ކިޔަވާ ދިނުމަށް ވެސް ވަނީ ހަމަ ޖެހިފައެވެ. ވިލާ ކޮލެޖުގައި މި ފަހަރު ފުރުސަތު ހުޅުވާލާފައިވާ އިތުރު ކޯސްތަކުގެ ތެރޭގައި، ހިލޭ ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކޯސްތަކެއްް ވެސް ހިމެނެ އެވެ. އެއީ ސްކިލްސް ފޯ ރެޒިލިއަންޓް ވޯކްފޯސްގެ ދަށުން ކިޔަވާދޭ ކޯސްތަކެކެވެ. އޭގެ ތެރޭގައި ހިމެނެނީ ހައުސްކީޕިން، އިންވެންޓްރީ މެނޭޖުމެންޓު ވޯޓާ ސްޕޯޓްސް އާއި ޓިކެޓިން އަދި ރިޒަވޭޝަނާއި ޓުއާ ގައިޑް ފަދަ ކޯސްތަކެކެވެ. މި ކޯސްތަކުގައި ބައިވެރިވާ ކުދިންނަށް މަހަކު 2000 ރުފިޔާގެ އެލަވެންސެއް ވެސް ލިބޭނެ އެވެ.

ވިލާ ކޮލެޖުން ސެޕްޓެމްބަރު އިންޓޭކަށް ހުޅުވާލި ކޯސްތަކުގެ ތެރޭގައި މިނިސްޓްރީ އޮފް އިކޮނޮމިކްގެ ރިލީފް ފަންޑުގެ ދަށުން ހިންގާ ފުނަރަ ޕްރޮގްރާމުގެ ކޯސްތަކަށް ވެސް ވަނީ ހުޅުވާލައިފަ އެވެ. އޭގެތެރޭގައި ލައިފް ގާޑިން އަދި ވެބް ޑިޒައިންގެ ޕްރޮގުރާމެއް ހިމެނެ އެވެ. އަދި މި ޕްރޮގްރާމުތަކުގެ ބައިވެރިންނަށް ކޮންމެ މަހަކު 5000 ރުފިޔާގެ އެލަވެންސެއް ދޭނެ އެވެ.

ވިލާ ކޮލެޖުން ފުރުސަތު ހުޅުވާލާފައިވާ ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން ޔުނިވާސިޓީ އޮފް ވެސްޓް އިންގްލެންޑުގެ މާސްޓާސް އަދި ޑިގްރީ ކޯސްތައް ހިމެނެ އެވެ. ވިލާ ކޮލެޖުގެ ކޯސްތަކުގެ ތެރޭގައި އޮންލައިން ކޮށް ކިޔެވޭ ކޯސްތަކާއި، ހައިބްރިޑް މޯޑުގެ ކޯސްތަކާ ފޭސްޓު ފޭސްކޮށް ކިޔެވޭ ކޯސްތައް ހިމެނެ އެވެ. ވިލާ ކޮލެޖުން ފުރުސަތު ހުޅުވާލާފައިވާ ކޯސްތަކުގެ ތެރޭގައި ކިއުއައި ކެމްޕަސްގެ އިތުރުން އެކި ރަށްރަށުގައި ހުރި އެ ކޮލެޖުގެ ބްރާންޗްތަކުން އެ ކޯސްތަކުގައި ބައިވެރިވެ ކިޔެވުމުގެ ފުރުސަތު ލިބޭނެ އެވެ.

ވިލާ ކޮލެޖުގައި އިންފޮމޭޝަން ޓެކުނޮލަޖީ އާއި ޝަރީއާ އިން ލޯ އާއި ޓީޗިން އާއި ތަފާތު އެކި ދާއިރާތަކުގެ ކޯސްތައް ހިމެނެއެވެ. ވިލާ ކޮލެޖުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އޮގަސްޓު 11 އާ ހަމައަށެވެ. އަދި ކިޔެވުން ފެށުމަށް ހަމަ ޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ހަފްތާގަ އެވެ. ވިލާ ކޮލެޖުން ސަރުކާރުގެ ހިލޭ ޑިގްރީ ކިޔެވުމުގެ ސްކީމްގެ ދަށުން ކޯހުގައި ބައިވެރިވެވޭނެ އެވެ. އަދި އިންސްޓޯލްމަންޓު އުސޫލުން ފީ ދެއްކޭނެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454