ނޫސްވެރިންތަކެއް މުޒާހަރާކުރަނީ: ހެއްކާ ބެހޭ ބިލުގައި މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް އޮތުމުގެ ކަންބޮޑުވުން ނޫސްވެރިން ފާޅުކުރޭ.
30 ޖޫން 2022 - 10:34
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލާ ގުޅިގެން ނޫސްވެރިކަމަށް އޮތް ނުރައްކާ ބޮޑުވެފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކުރިމަތީގައި މިއަދު ނޫސްވެރިން މުޒާހަރާ ކުރަން ނިންމައިފި އެވެ.
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ރާވާ މި ހަމަހިމޭން އިހުތިޖާޖު ފަށާނީ މިއަދު 10:30ގަ އެވެ.
ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލް މުޣުނީ ހުށަހެޅުއްވި ހެއްކާ ބެހޭ ބިލަށް ވޯޓު ނެގުން އޮތީ މިއަދު އެވެ.
އެ ބިލު އޮތް ގޮތުން ހުރި ކަންބޮޑުވުންތައް އެމްޖޭއޭ އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ހިއްސާކޮށްފަ އެވެ.
ޖާނަލިސްޓް އެސޯސިއޭޝަންގެ ބޭފުޅުން ވަނީ މަސްދަރުގެ މައުލޫމާތު އާންމުކުރުމުން، އެ މީހަކާއި އެ މީހަކާ ގުޅުން ހުރި ބަޔަކަށް އަނިޔާއެއް ނުލިބޭނެ ކަމުގެ ޔަގީން ކަމެއް ނެތް ކަމަށް ބުނެ އެ ދުވަހު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ރާއްޖެ އިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހާދަތަކުގައި ހިޔާލުފާޅުކުރުމުގެ އަސާސީ އެއް ސިފައިގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ނޫސްވެރިންގެ މަސްދަރު ނުވަތަ މައުލޫމާތު ދޭ މީހާ ހިމާޔަތްކުރުމުގެ ހައްގު ލިބިގެންވުން ކަމަށް އެ ދެ ޖަމިއްޔާ އިން ވެސް ކޮމިޓީގައި ފާހަގަކުރި އެވެ.
ވަކި ހާލަތުތަކެއްގައި ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް އޮތީ ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގަ އެވެ. އެ މާއްދާގެ (ހ) ގައި ވަނީ މަސްދަރު ހާމަކުރުމުގެ ސަބަބުން އެ މީހާ އަށް ނުވަތަ އެހެން ފަރާތަކަށް ވެސް ވެދާނެ ގެއްލުމަށް ވުރެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު ބޮޑުވާ ހާލަތްތަކުގައި މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ކަމަށެވެ. ފަނޑިޔާރަށް ލިބިފައިވާ ބާރުގެ ތެރޭގައި މަސްދަރު ހާމަކުރަން ނޫސްވެރިންނަށާއި އޭނާ މަސައްކަތްކުރާ މީޑިއާއަށް މަޖުބޫރު ކުރެވިދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިނބޫ
01 July 2022
ކަލޭމެންނާ ރާޓީވީ ބައިވެރި ނުވާނެނު ތިކަމުގަ. ހަޔާތްވެސް ކުޑައެއްނު.
1206
30 June 2022
އެއްވެސް ބަޔަކު އެބަޔަކުގެ އަމިއްލަ ގޮވަތި ނުރައްކަލަށް ހުށަނޭޅެނީސް އަނެކުން ތަހައްމުލު ކުރާ ބޭއިންސާފާ މެދު ފަރުވާލެއް ނުބަހައްޓާ. ނޫހުދާރުން ވެސް އެ ފަދަ. ޤ.އ. ރައްޔިތުންނަށް ކަށަވަރުކޮށް ދީފައިވާ ކިތަންމެ ހައްގެއް މި ސަރުކާރުން ނިގުޅައިގަނެ އަނިޔާވެރި ވަމުންދާއިރު މި ކަންކަމާއި ދެކޮޅަށް ނޫހުދާރުން އެކަށީގެންވާ ގޮތެއްގައި އަޑު ނުއުފުލާ. މިއަދު އެ މީހުންނާ ޖެހުނީމާ، ދެނަކާދެނެއް ނެތް. ޖެހުނު އެއްޗެއްގައި ޝުޢޫރު ލިޔެގެން ފާޅުކުރަން ނުކުތީ.