އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު. އެކުންފުނިން ޑޮލަރު ހޯދަން އިއުލާނު ކުރީ އޮޅުމަކުން ކަމަށް އެކުންފުނިން ވަނީ ބުނެފައި--ފޮޓޯ:އާރްޑީސީ
21 ޖުލައި 2022 - 14:00
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އަށް ޑޮލަރު ވިއްކާނެ ބަޔަކު ހޯދަން އިއުލާނު ކުރެވުނީ ޑިޕާޓްމެންޓްތަކުގެ މުއާމަލާތްތަކުގައި އެރި އޮޅުމަކުން ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު ޗުއްޓީގައި ހުންނެވުމުން ކުންފުނި ހިންގެވުމާ ހަވާލުވެ ހުންނެވި ޕްރޮކިއުމަންޓްގެ ޖެނެރަލް މެނޭޖަރު ހަސަން ސައީދު ވިދާޅުވީ، އެ ކުންފުނިން މުދާ ގެންނަން ދޭތެރެއަކުން ޑޮލަރު ހޯދަން ޖެހޭ ކަމަށެވެ. އާންމުކޮށް ޑޮލަރު ހޯދުމުގެ ކަންކަން ހަމަޖައްސަނީ ފައިނޭންސް ޑިޕާޓްމެންޓުން ކަމަށާއި އެ ޑިޕާޓްމެންޓްގެ ގިނަ ބަޔަކު ޗުއްޓީގައި ތިބުމުން އެކަންކަން މިހާރު ބަލަހައްޓަމުން އަންނަނީ ޕްރޮކިއުމެންޓް ޑިޕާޓްމެންޓުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޑޮލަރު ހޯދަން ދޭތެރެއަކުން އެސްއޯއީތަކުން ވެސް އިއުލާނުކުރާ ކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ އާރުޑީސީން އެ އިއުލާނު ނެރުނީ މިހާރު ވެސް އަމަލުކުރަނީ އެ އުސޫލުގެ ދަށުން ކަމަށް ހީކޮށެވެ.
"ގެޒެޓު ކުރިތާ 20 ވަރަކަށް މިނެޓް ތެރޭގައި އެ އިއުލާނު ނެގިން. އެ އިއުލާނު ކުރުމާ އެކު ފިނޭންސް މިނިސްޓްރީން ވަނީ އެސްއޯއީތަކުން ޑޮލަރުގެ މުއާމަލާތްތައް ހިންގުން މިނިސްޓްރީން މެދުވެރިކޮށް ގެންދަން ބުނެފައި. އަދި ޑޮލަރު ހަމަޖައްސައިދޭނެ ކަމަށް ބުނުމުން އެ އިއުލާނު ނެގީ،" އޭނާ ވިދާޅުވި އެވެ.
އާރުޑީސީން އިއްޔެ ކުރި އިއުލާނުގައި އެދިފައި ވަނީ ޑޮލަރު ވިއްކުމުގެ ލައިސެންސް އޮތް ފަރާތްތަކުން އެ ކުންފުންޏަށް ޑޮލަރު ފޯރުކޮށްދިނުމުގެ ޝައުގުވެރިކަން ހާމަކޮށް، މި މަހުގެ 24 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށެވެ.
އާރުޑީސީގެ މި އިއުލާނާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. މިދަނޑިވަޅުގައި ކުންފުނިތަކުން ޑޮލަރު ހޯދަން ކަޅު ބާޒާރަށް ނުކުމެއްޖެ ނަމަ، ޑޮލަރުގެ ރޭޓް އިތުރަށް އުފުލިގެން ހިނގައިދާނެ ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިންގާ ޕްރޮޖެކްޓްތަކަށް ބޭނުންވާ ތަކެތި ހޯދުމަށާއި ބޭރުގެ އިންސްޓިޓިއުޓްތަކުން ނަގާފައިވާ ލޯނުތަކަށް އަނބުރާ ފައިސާ ދެއްކުމަށް ޑޮލަރު ބޭނުންވެ އެވެ. އެހެންކަމުން ކޮންމެ މަހަކު ބޮޑެތި އަދަދުތަކުން ޑޮލަރު ހޯދަން ޖެހެ އެވެ. މިދިޔަ އަހަރު ވެސް ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކަށް ބޭނުންވާ ވަރަށް ޑޮލަރު ނުލިބިގެން ކަޅު ބާޒާރަށް ގޮސް ޑޮލަރު ހޯދާފައިވެ އެވެ.
އޭގެތެރޭގައި އެމްޑަބްލިއުއެސްސީ އާއި އެޗްޑީސީ އާއި ސްޓެލްކޯ ފަދަ ކުންފުނިތައް ވެސް ހިމެނެ އެވެ.
އެހެން ނަމަވެސް ފިނޭންސް މިނިސްޓްރީން ވަނީ އެކަން ހުއްޓުވައިފަ އެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޭނުންވާ ޑޮލަރު އެމްއެމްއޭ މެދުވެރިކޮށް ހޯދުމުގެ އިންތިޒާމުތައް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަތީނު
24 July 2022
ކާކު ބުނީ އޮޅިގެންނޭ؟ ނޫސްތަކުގަ ބޭނުން ކޮންމެ އެއްޗެއް ލިޔެވިދާނެ. ކުންފުނިން އެއޮތީ ކަންހިނގިގޮތް ސާފުކޮށްދީ ބަޔާނެއް ނެރެފަ. އެވާހަކަ ނޫހަކުން ނުލިޔޭދޯ؟ މީހުން ކިޔަން ބޭނުންވަނީ ނަފްރަތު އުފެދޭވާހަކަ. ނޫސްތަކުން ލިޔަން ބޭނުންވާނީ މީހުން ކިޔަން ބޭނުންވާ އެއްޗެއް
ކެންސަލް
23 July 2022
ކެންސަލް
Happy 1234
23 July 2022
މުކޭ ތީ ކޮރަޕްޓަންގެ ބޮޑު އައްޕައެެއް…???
ނުރަސްމީ
22 July 2022
ތިވަރުގެ ކަމެއްކޮށް ނިންމާލާފަ އޮޅުމަކުން ކުރެވުނޭ ބުނީމަ އެބަ އެނގޭ މިނިސްޓްރީތަކުގަ ތިބީ ސިޔާސީ މަގާމުތަކަށް ތަނެއް ދޮރެއް ނޭންގޭ ގާބިލް ނޫންމީހިން ހިންގަންލާފަކަން. ތިޔަ އާރޑީސީ ތެރޭގަ ވަގު ހަދާކަން އެއީ އެންމެންދަންނަކަމެއް. މީކޭ ކިޔާ މީހަކު އަޑީގަ ހުރެގެން ހާވާ ހަޑި ތިޔަފެންނަނީ.
އެމްސް
22 July 2022
ހީވާ ހީވުމުކަށް ކަންކަން ކުރަނީ، ކަންކަމަށް އުޞޫލުތައް ކަނޑަނޭޅި އޮންނާތީ!
ޟަންޓޭ
22 July 2022
ތިތާގެ ތިޖޫރީވެސް ގެއްލެނީ އޮޅިގެން
މުލީ
22 July 2022
އަނގަ ހައްދު ޖަހަންޖެހޭވަރުގެ ވާހަކައެއް.
އަބްޑޫޅް
22 July 2022
ރާއްޭގަ ރިޝްވަތު ދެވެނީވެސް އޮޅުމަކުން.
މިހާރުން މިހާރައް މާފައް އެދޭ!!
22 July 2022
މިއީ އޮޅުމަކުން ކުރިކަމެއް ނޫން. އަދި މިއީ މިހާރު ކަން ކުރެވޭނެ އެންމެ ރަގަޅު ގޮތްވެސްްމެ. ޑޮލަރު ލިބޭނެ އެހެން ގޮތެން ނެތް. މިހާރު ފޭކު ގިނަ ކަމުން މަގުމަތިން ގަނެގެނެއް ސަލާމަތެއް ނުވާނެ. އެކަމު ސަރުކާރުގެ މާލީ ސިޔާސަތުގެ ފޫގޮއްސަ އޮންނަވަރަކީ ޑޮލަރައް މިޖެހެނީ އާދޭސް ކުރަން. ނުއަގުގަ ގަންނަން! ދިވެހި ފައިސާ އަކީ އެއްވެސް އެއްޗެއްނޫން. އެންމެ ކައިރި އިންޑިޔާވެސް ބަލައިގަންނަ ނޫޓެއްނޫން. ޑޮލަރު ނެތިއްޔާ ފަންސުރެއްވެސް އަހަރުމެންނަކައް ނުލިބޭނެ!
މި މީހާ
22 July 2022
އެއްޗެއް ނުއަގުގައި ގަތުމާ ވިއްކުމަކީ އެ އެއްޗެއްގެ އަސްލު އަގަށްވުރެ ކުޑައަގެއްގަ ވިއްކުމާގަތުން. އެހެންވީމަ ރަނގަޅުގޮތަކީ، "ބޮޑުއަގުގަ ގަންނަން!" މިހެން ބުނީމަ.
އެމްސް
22 July 2022
ޑޮލަރު ތިޔާގި ކުރަން، މިޤައުމުން 2 ލައްކައެއްހާ ބިދޭސީން ފޮނުވާލިޔަސް މަހެއްގެ މައްޗަށް 200 މިލަޔަނަށްވުރެ ގިނަ ޑޮލަރ ބާކީ ކުރެވޭނެ!
މުޙައްމަދު ޢ
22 July 2022
ވާންޗޯ މޫކޭ އެއީ އޮޅުމަކުން އެމަގާމަށް ލެވިފަ ހުރި މީހެއް