27 ޖުލައި 2022 - 19:11
ރާއްޖޭގެ ސިޔާސީ ލީޑަރުން ދީނީ ފަތުވާ ނެރުމުގެ ބަދަލުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް ބާރުވެރިކޮށް އެތަނުން ރައްޔިތުންނަށް ދީނީ ކަންކަން ސާފުކޮށްދޭން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ލީޑަރު ކާނަލް މުހައްމަދު ނާޒިމް މިއަދު ގޮވާލައްވައިފި އެވެ.
ޔޯޯގާ ހެދުމާ ގުޅިގެން ހިޔާލު ތަފާތުވުން ބޮޑުވެފައިވާ މިދަނޑިވަޅުގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ ޔޯގާއަކީ ޝިރުކެއް ކަމަށް ދަންނަ ބޭކަލުންގެ އިޖުމާއެއް ނެތް ކަމަށެވެ. އަދި އަދާލަތު ޕާޓީއަށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވިދާޅުވީ "ވަކި ބައެއްގެ ފަލްސަފާއަކީ އިސްލާމް ދީނުގެ ހުކުމެއް ކަމަށް ބަލައިގަންނަން ދަތި" ކަމަށެވެ.
އެމްއާރުއެމްގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ، ޔޯގާ ހެދުމުގެ ތެރޭގައި ޝިރުކުގެ އަމަލެއް ނުހިމެނޭ ނަމަ، އެކަން ކުރުމަކީ މައްސަލައެއް ނޫން ކަމަށާއި އެއީ ސިއްހީ، ނަފްސާނީ ދުޅަހެޔޮ ކަމަށް ކުރާ ކަސްރަތެއް ކަމަށެވެ. އެކަމަކު ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވަނީ ޔޯގާ ހުއްދަ ނޫން ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ.
ސިޔާސީ ބޭފުޅުން ދީނީ ކަންކަމާ ގުޅިގެން ވާހަކަ ދައްކަވާތީ އާންމުންނާއި ބައެއް އިލްމުވެރިން ވެސް އެކަމުގެ ނުރުހުން ފާޅުކުރަމުންދަނިކޮށް ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ބާރު ކަނޑުވާފައި އޮތް އޮތުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.
"ސިޔާސީ ލީޑަރުން ދީނީ ފަތުވާ ނެރުމުގެ ބަދަލުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް ބާރުވެރިކޮށް އެތަނުން ރައްޔިތުންނަށް ދީނީ ކަންކަން ސާފުކޮށްދޭން ޖެހޭ،" ނާޒިމްގެ ޓްވީޓުގައިވެ އެވެ.
މިދިޔަ މަހުގެ 21 ގައި ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ވެސް ވަނީ ޔޯގާ އިވެންޓެއް ބާއްވައިފަ އެވެ. ހަމަނުޖެހުން ބޮޑުވި އެ ހަރަކާތަށް މަސް ދުވަސް ފާއިތުވިޔަސް މިހާތަނަށް ފަތުވާ މަޖިލީހުން އެކަމާ ގުޅިގެން ވަކި އެއްޗެއް ނުބުނެ އެވެ.
ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ބާރު ކަނޑުވާފައި އޮތްއޮތުން ނިމުމަކަށް އަންނަން ޖެހޭ.
— Col(rtd)Mohamed Nazim MP (@nazim7878) July 27, 2022
ސިޔާސީ ލީޑަރުން ދީނީ ފަތުވާ ނެރުމުގެ ބަދަލުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް ބާރުވެރިކޮށް އެތަނުން ރައްޔިތުންނަށް ދީނީ ކަންކަން ސާފުކޮށްދޭން ޖެހޭ.
ޔޯގާ ހެދުމާ ގުޅިގެން އަދާލަތު ޕާޓީގެ އިލްމުވެރިން ނެރުނު ރިޕޯޓުގައި ބުނީ ޔޯގާ ހެދުމާ ގުޅޭ ހުރިހާ ކަމަކަށް ބެލުމުން އެނގެނީ އެއީ ހިންދޫ ދީނުގެ އަޅުކަމެއް ކަމަށާއި އެކަން ރާއްޖޭގައި ހުއްޓުވަން ޖެހޭ ކަމަށެވެ.
ކަސްރަތެއްގެ ގޮތުގައި ނުވަތަ އެ ނޫން ނަމެއްގައި ވެސް ޔޯގާ ހެދުމާއި ޔޯގާގެ ހަރަކާތްތަކުގައި ބައިވެރުމަކީ މުސްލިމުންގެ މައްޗަށް ހަރާމް ކަމެއް ކަމަށް ބުނެ ރާއްޖޭގެ 100 އަށް ވުރެ ގިނަ ޝޭހުން ފަތުވާ ވެސް ވަނީ ނެރެފަ އެވެ.
މި އަހަރުގެ ބައިނަލްއަގްވާމީ ޔޯގާ ދުވަހު ރާއްޖޭގައި އިންޑިއާ ހައި ކޮމިޝަނާއި ސަރުކާރު ގުޅިގެން ޔޯގާ ހަރަކާތެއް ބޭއްވި މައްސަލަ ވަރަށް ބޮޑަށް ހޫނުވި އެވެ. އެ ދުވަހުގެ ހަރަކާތް ހިންގަނިކޮށް ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގި ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމަކު އޭގެ ތެރެއިން ބައެއް މީހުން ވަނީ މިހާރު ދޫކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަހަބެސިންގ
28 July 2022
ނާޒިމުސޯ މިހާރުދެން ހާދަ އަޑުގަދަވެއްޖޭދޯ އިންތިހާބު ކައިރިވާތީބާ އެކަމަކު ނާޒިމުސޯއަށް ޗާންސް ވަރަށް ކުޑަ
ގުދުގުދާބެއްޔާ
28 July 2022
ސޭކުސްތާނުގައި މިކަހަލަ ސޭކުން ވަރަށް ގިނައެވެ.
ރައީސް އުމަރު
28 July 2022
ކޮންއިރަކުތޯ ރައީސް އަށްވީ. ނާޒިމް ވެސް ތިއުޅުއްވަނީ ދީން ސިޔާސި ހަތިޔާރަކަށް ހަދަން. ނާޒިމަށް އެނގޭ ދިވެހިން ގުބޯ ހައްދަން ވަރަށް ފަސޭހަވާނެކަން. އެހެންވެ ދަނޑިވަޅުގެ ނާޖާއިޒު ފައިދާ ނަގައި މާ ދީނަށް ލޯބިކުރާ މީހަކަށް ހެދިގެން ފަތުވާ މަޖްލީހޭ ފަލޮޅޭ ތިކިޔަނީ. ބަލަ ތިފަތުވާ މަޖްލިހައް ބާރުދީ އެމީހުން ފަތުވާނެރެން ފަށައިފިނަމަ ގައުމުދާނީ ޖަހާލަތުގެ އަނދިރިކަމައް. އަފްގާންގެ ޓޯރާބޯރާ ފަރުބަދަތަކުގެ ތެރެއަށް. މީގެމިސާލެއް ޔޯގާ ޢާއި ބެހޭ ފަތުވާ.
މަހަލް
28 July 2022
ސާބަހޭ ރައީސް ނާޒިމް. ޤައުމަށް އަބަދުވެސް ހެޔޮއެދޭ ޤައުމުގެ ތަރައްޤީއަށް މަސައްކަތް ކުރާ އެއް ބޭފުޅަކީ ރައީސް ނާޒިމް ކަން އެނގި މިފަހަރުގެ ވޯޓު ރައީސް ނާޒިމް އަށް އަޅުގަނޑު ދޭން ނިންމައިފިން. ކުރިމަތި ލައްވާ.
ފަލަސްތީން
28 July 2022
އެމްޑީޕީ ކަހަލަ ފީކަޅާބަޔަކާ ގުޅިގެން ކިހިނެއްތަ އިސްލާހުކުރެވޭނީ. މޮޔަނުގޮވާ
ސަލީމު އިދުރީސް
28 July 2022
މާބޮޑު ފަތުވާ މަޖިލީހެއް ނެތަސް ބަގާވާތް ކުރުމުގެ ހުކުން ގިނަ ދިވެހިނައް އެނގޭތީ އެއްވެސް ބާގީއަކައް ދިވެހިން ގޯނިފުލައް ލެވިދާނެ ކަމައް ދެކުމަކީ ކުއްހީޔެއް! އަދި އެއްވެސް ސަރުތާނުލައި ގައުމެއްގެ ވެރިޔެއް އިސްއުފާދޭއް ގޮވިމީހަކު ތިކަހަލަ ވާހަކަ ދެއްކީމަ ރައްތުން ބަލެއްނުގާނާނެ
މަހަލް
28 July 2022
އެއްވެސް ޝަރުތަކާއި ނުލާ، އިސްތިއުފާ ދޭން ބުނީ، ޤައުމު ކޮންހާލަތަކަށް ވެއްޓިފައިވާ ދަނޑިވަޅެއްގައި ކަމެއް މިއަދަކު ނޭގޭ. ޤައުމަށް ބޭނުން ހިފޭ ދިވެހި ދަރިއެއް ރައީސް ނާޒިމް އަކީ، އެކަން ކަށަވަރުވާ އެއްކަމަކީ، ދިވެހި ޤައުމު އެންމެ ބޮޑަށް އެމަނިކުފާނަށް ބޭނުންވެފަިއވާ ދަނޑިވަޅުގައި ޤައުމުގައި ނުތަނަވަސްވެފައިވާ މިސްރާބު ބަދަލުކުރައްވާ، ޤައުމަށް އެންމެ ފައިދާ ހުރިގޮތް ހޯދަވައިދެއްވީ ރައީސް ނާޒިމް ކަމުގައި ވާތީ.
އަސްލަމްބެ
28 July 2022
ކޯނީ ރިޕޯޓު ކިޔާލިންތަ؟ ނާޒިމް އިސްތިއުފާދޭން ބުނި އިރު އަންނި އޮތީ ނިދާފަ. އަންނި ބުނެފައި އެބައޮތް ނާޒިމް އިސްތިއުފާދޭން ބުނި އަޑު ނީވޭ ކަމަށް. އަދި އިސްތިއުފާ ދިނުމުގެ ކުރިން ނާޒިމާ ބައްދަލު ނުވާކަމަށް. ކަންކަމުގެ ހަގީގަތް ބަލައިގެން ވާހަކަ ދައްކާނަމަދޯ؟
ސަލީމު އިދުރީސް
28 July 2022
ގައުމައް އެންމެ ފައިދާހުރި ގޮތް އެއީ ނާޒިމު ކަނޑައަޅާ އެޗެއްތޯ؟ ކޮންކަމެއްތޯ ތިބުނާއިރު ގޯހީ؟ ބާގީއަކު ވެރިކަމަތް އަޔަނުދިނުމައް މަސައްކުރުމަކީ ފަރުދީ ކަމެއްގޮތުގަ އަޅުގަނޑު ދެކެން ވީމަ އެކަމައް ކުރެވެން ހުރި ކަމެއްވިއްޔާ ކުރާނަން
ވޯޓުކަރުދާސް
28 July 2022
އިންތިޚާބު ކައިރިވާ ވަސް ވ ގަދަ. ދެފުށްކެހެރި އިޚްލާސްތެރިން ވ ގިނަވާނެ
ރަދުން
28 July 2022
ބަޤާވާތްކުރި މީހުން ހައްޔަރުކުރަން ގޮވާބަލަ.
ކަނބިލި
28 July 2022
ތިޔަ ފަތުވާ މަޖިސްގައި ވެސް ތިބީ ދަންނަކަމަށް ހެދިގެން އުޅޭ އަދާލަތު ޕާޓީގެ ސިޔާސީ ޝައިޚުންތައް. އެހެންވެ ޕާޓީން ފަތުވާ ނެރުނީމާ ނިމުނީ. މަޖިލިސް އޮތީ ހިސާރުކޮށްފައި.
ޢަލީ
27 July 2022
ބަލަ ތިޔަބުނާ ފަތުވާ މަޖިލިހުގައިވެސް ތިބީ ހަމަ ސިޔާސީ މީހުން. ސިޔާސީ ޕާޓީތަކުގައި ނަގާކިޔާ މީހުން. އެމީހުން ނެރޭ ފަތުވާވެސް ސިޔާސީ ވާނެ. ފަތުވާ މަޖިލިހުގެ އެބަތޮބި ތިމާމެންގެ މަސްލަހަތައްޓަކައި ދީނުގެ ހުކުމްތައް ބަދަލުކުރި މީހުންވެސް.