.
31 ޖުލައި 2022 - 07:21
ސްމާޓްފޯނުތައް ދެކެ ފޫހިވެ، "ޑަމްބްފޯން" ނުވަތަ އާދައިގެ ފޯނަށް އޮންނަ ޑިމާންޑު ޒުވާނުންގެ މެދުގައި އިތުރުވާން ފަށައިފި އެވެ.
ފޯނު ގެންގުޅޭ ގޮތް ފުރަތަމަ އައިފޯނާ އެކު މިހާރު ވަނީ ބަދަލުވެފަ އެވެ. އަތުގައި ގެންގުޅޭ ފޯނުން ހުރިހާ ކަމެއް ކުރެވޭ ހިސާބަށް ދިއުމުން ދިރިއުޅުމުގެ ހުރިހާ ކަމެއް ފެށި އަދި ނިމެނީ ވެސް ސްމާޓްފޯނުންނެވެ.
ނަމަވެސް ޓެކްނޮލޮޖީއަށް މާ ބޮޑަށް ބަރޯސާވުމުގެ ނަތީޖާ އަންނަނީ ފެންނަމުންނެވެ. މި ކަންބޮޑުވުންތަކުން އުފެދިގެން އައީ "ޑަމްބް ފޯން" މޫވްމެންޓެވެ.
އިންސާނާގެ މުޅި ހަޔާތުގެ ހުރިހާ ކަމެއް ފޯނަކާ ގުޅުވާލި ގުޅުވާލުން ބަދަލުކޮށްލަން ސޯޝަލް މީޑިއާގައި މި މޫވްމެންޓް މަސައްކަތް ކުރެ އެވެ. އަދި ސްމާޓްފޯނުގެ ބަދަލުގައި މިފަދަ ފޯނުތައް ގަތުމަށް ބާރުއަޅަ އެވެ.
މިދިޔަ އަހަރުގެ މޯބައިލް ފޯނުގެ މާކެޓަށް ބެލިޔަސް އެކަން އެނގެ އެވެ. މިދިޔަ އަހަރު އެކަނި ވެސް ވަނީ އެއް ބިލިއަން "ޑަމްބް ފޯން" ވިއްކާފަ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 60 ޕަސެންޓް އިތުރު އަދަދެކެވެ.
އަދިވެސް ސްމާޓްފޯނު ބޭނުންކުރާ މިންވަރު ގިނަ އެވެ. މިދިޔަ އަހަރު އެކަނި ވެސް 1.4 ބިލިއަން ޔުނިޓް ވިއްކާފައިވެ އެވެ. ނަމަވެސް އެއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 15 ޕަސެންޓުުގެ ދަށް އަދަދެކެވެ. މިއީ ޑަމްބް ފޯނުގެ މަގުބޫލުކަމާ އެކު އަދި ބަދަލެވެ.
ޑަމްބް ފޯނު މަގުބޫލު ވަމުން އަންނަނީ ޒުވާނުންގެ މެދުގަ އެވެ. އެއީ އެހެން ކަންތައް ކުރުމަށް ތަފާތު ޑިވައިސްތައް ހުންނަ އިރު ފޯނުން ހުރިހާ ކަމެއް ކުރެވެން ބޭނުން ނުވާތީ އެވެ. އޭގެ ބަދަލުގައި ފޯނަކީ މީހަކަށް ގުޅާލައި ޓެކްސްޓް ކޮށްލެވޭ އެއްޗަކަށް ވުމުން ޒުވާނުންނަށް މާ ރަނގަޅު ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކުނިބޯ
06 August 2022
ތީގެން ތިއިގެނީ މަސްތުވާތަކެތީގެ ވިޔަފާރި ފުޅާވެގެންދާމިންވަރު
ހަހާ
31 July 2022
ސްމާޓްފޯނު ޑަމްބް ފޯނަކަށް ހަދައިގެންވެސް ގެންގުޅެވޭނެ. އެކަމު ޑަމްބްފޯނެއް އޮއްވާ ސްމާޓްފޯނެއްގެ ބޭނުން ޖެހުމުން އެ ސްމާޓެއް ނުކުރެވޭނެ.
ށަވިޔަނި
31 July 2022
ތިއީ ދުނިޔޭގެ ބާޒާރަށް އައިބަދަލަކަށްވެދާނެއެވެ. ދިވެހިރާއްޖޭގައި ތިކަން އޮތްގޮތް ތިއިން ނޭނގޭނެއެވެ. ފެންނަފެނުމަށް ބަލާއިރު ރާއްޖެ އަށް ތިބަދަލު އައިހެން ހީނުވެއެވެ.
މީ ވާގޮތް
31 July 2022
ޢެޔެއް ނޫން ވާގޮތަކީ... ވަރަށް ވުރެން ބިކާރީ މިހާރު މިއުޅޭ ގިނަ ޒުވާނުން. ސުކޫލުން ނުކިޔެވުނީމަ މައްމަ ގަނެދޭ ފޯނުނހަލާކު ވިމަ އަހަރަކު އެއްފަހަރު 5000 މަތިން ފޯނު ގަންނާކަށް ފަސޭހަޔެއް ނުވާނެ. ޢެެހެންވެ.
މަަހާ
01 August 2022
ދެން އިންފްލޭޝަންއޯ؟ ކިތަންމެ ރަނގަޅު މުސާރައެއް ލިބުނަސް ކިރިޔާ ހަރަދުތައް ހަމަޖެހެނީ.
ބޭސޮރު
31 July 2022
ކޮންތާކު... ވަޒީފާއަށް ނުގޮސް .. މޮޅު ފޯނެއް ގަންނާނެ ފައިސާއަތުގަ ނެތީމަ ދެން ގަންނާނީ ބައްތި ފޯނެއް ދޯ!
އާމިނަތު1
31 July 2022
ނޫނޭ، ދިވެހިރާއްޖެ ޒުވާނުން ދަރާ ވިކިގެން ވެސް ގަންނާނީ އެންމެ އާ ފޯނު