ކުޑަކުއްޖެއް: ޖޫން މަހު އެންމެ ގިނައިން ރިޕޯޓްކުރީ އިހުމާލުވުމުގެ މައްސަލަތައް.--
02 އޯގަސްޓް 2022 - 13:31
ކުޑަކުދިންނާ ގުޅޭ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް ޖޫން މަހު ރިޕޯޓްކުރިއިރު އޭގެ ތެރޭގައި އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލަތައް ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޖެންޑާ މިނިސްޓްރީން ކޮންމެ މަހަކު އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖޫން މަހުގެ ރިޕޯޓްކޮށްފައި ވަނީ 248 މައްސަލަ އެވެ. އޭގެ ތެރޭގައި ކުޑަކުދިންނާ ގުޅޭ 126 މައްސަލައެއް ހިމެނެ އެވެ.
ޖޫން މަހު ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލަތަކެވެ. ކުދިންނަށް އިހުމާލުވެގެން 28 މައްސަލައެއް ރިޕޯޓްކުރިއިރު ގެވެށި އަނިޔާ ދެއްކުން ނުވަތަ ފެނުމުގެ 27 މައްސަލައެއް ހިމެނެ އެވެ.
ނަފްސާނީ އަނިޔާގެ 26 މައްސަލައަކާއި ޖިންސީ އަނިޔާގެ 24 މައްސަލައަކާއި ޖިސްމާނީ އަނިޔާގެ 16 މައްސަލައެއްގެ އިތުރުން ބުލީގެ ޝިކާރައަކަށްވުމުގެ ތިން މައްސަލައަކާއި ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ބޭނުންކުރުމުގެ މައްސަލައެއް ވެސް ޖެންޑާއަށް ރިޕޯޓްކޮށްފައިވެ އެވެ.
Case Statistics: Ministry received and attended to a total of 248 cases in June 2022
— Ministry of Gender, Family and Social Services (@MoGFSSmv) August 1, 2022
Dhiv: https://t.co/VgkS8ysiSn
Eng: https://t.co/vXTW5EodyQ#ViolenceAgainstChildren #ChildRights #GenderBasedViolence #GBV#DomesticViolence pic.twitter.com/miz4J6CkAs
މިނިސްޓްރީން ބުނެފައިވާ ގޮތުގައި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ނުވަތަ ގެވެށި އަނިޔާގެ 40 މައްސަލައެއް ވެސް މިދިޔަ މަހު ރިޕޯޓްކޮށްފައިވެ އެވެ. އަދި އާއިލީ 26 މައްސަލައަކާއި އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާ ގުޅޭ 20 މައްސަލައެއްގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 19 މައްސަލައެއް އަދި ކުޑަކުދިންގެ އަހުލާގާ ގުޅޭ 12 މައްސަލައަކާއި ކުދިންގެ ހައްގުތަކާ ގުޅޭ ހަތަރު މައްސަލައެއް ވެސް ޖޫން މަހު ރިޕޯޓްކޮށްފައިވެ އެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޖޫން މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ އަދަދަކީ 196 އެކެވެ. އޭގެ ތެރެއިން ހަތަރު ކުދިންނަކީ ޖޫން މަހު ދައުލަތުގެ ބެލުމުގެ ދަށަށް ނެގި ކުދިންނެވެ. ހަ ކުއްޖަކު ރީއިންޓަގްރޭޓް ކުރެވި އެއް ކުއްޖަކު ފޯސްޓާކޮށްފައިިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާންމުކަމެކެވެ
02 August 2022
ތި އަދި އެނގޭ ކަންތައްތައް ނޭނގޭ ވަރަށް ސިކު ކަންކަން ހުރޭ ބައެއް ދިވެހި އާއިލާތަކުގެ. ބައްޕަ އެކުދިންގެ އަންހެން ދަރިންނާ ބެހިފަ އެބަހުރި. ދައްތާ ކޮއްކޮ ގާތައް އަރާފަ. މިއަދާ ޖެހެންދެން ވާހަކަ ދެއްކި އެންމެ އަންހެން ކުއްޖެއްވެސް ނެތް ކޮންމެސް ބޮޑުބޭބެއެއްގެ ޖިންސީ ގޯނާ ނުލިބި. ނަފްސާނީ މައްސަލަ ތަކުގެ ވާހަކަ ނުދައްކާ. ރާއްޖޭގެ ދެބައިކުޅަ އެއްބައި މީހުން ކައުންސިލިންގް ބޭނުންވޭ.