އައިޝަތު ހިމްނާ ހަސަން: މިއަދު އޭނާ ވަނީ ކޮމަންވެލްތު ގޭމްސްގައި ވާދަކޮށް އަންހެނުންގެ 100 މީޓަރުގެ ގައުމީ ރެކޯޑް ހަދާފަ --- ފައިލް ފޮޓޯ: އެމްއޯސީ
02 އޯގަސްޓް 2022 - 18:14
މީގެ 21 އަހަރު ކުރިން ރާއްޖޭގެ އެންމެ ކާމިޔާބު އަންހެން ދުވުންތެރިޔާ ޝަމްހާ އަހުމަދު ހެދި އަންހެނުންގެ 100 މީޓަރުގެ ގައުމީ ރެކޯޑް އައިޝަތު ހިމްނާ ހަސަން މިއަދު މުގުރާލައިފި އެވެ.
ކޮމަންވެލްތު ގޭމްސްގެ 100 މީޓަރުގެ އިވެންޓްގައި ވާދަކޮށް ހިމްނާ މިއަދު ރޭސް ނިންމީ 12.17 ސިކުނތުންނެވެ. މީގެ 21 އަހަރު ކުރިން ކެނެޑާގެ އެޑްމޮންޓަންގައި 2001 ގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުގައި ވާދަކޮށް ޝަމްހާ ރޭސް ނިންމީ 12.27 ސިކުންތުންނެވެ.
މި އަހަރު މާޗް މަހު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި އެތުލެޓިކްސްގެ އެއްވަނަ އަންހެން އެތުލީޓްގެ މަގާމު ހޯދި ހިމްނާ އަތުގައި ރާއްޖޭގެ 400 މީޓަރުގެ ގައުމީ ރެކޯޑް ވެސް އެބަ އޮތެވެ. އެ އިވެންޓަށް ފަރިތަ ހިމްނާ ވަނީ 400 މީޓަރުގެ ރެކޯޑް މިހާތަނަށް ފަސް ފަހަރު މުގުރާލައިފަ އެވެ. އޭނާ އެންމެ ފަހުން އެ ރެކޯޑް މުގުރާލީ ޖޫން މަހު ބޭއްވި ގައުމީ ޓައިމް ޓްރެއަލްގައި ވާދަކޮށް 57.56 ސިކުންތުންނެވެ.
އޭރު އޭނާ ރެކޯޑް މުގުރާލީ ކުރިން ހެދި ރެކޯޑަށް އެއް އަހަރު ވެސް ނުވަނީހެވެ. މިދިޔަ އަހަރު އޯގަސްޓް މަހު ކެންޔާގައި ބޭއްވި 20 އަހަރުން ދަށުގެ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކޮށް ހިމްނާ ރޭސް ނިންމީ 58.90 ސިކުތުންނެވެ. އޭގެ ކުރިން އޭނާ އެ ރެކޯޑް ހެދީ ހޮންކޮން ގައި 2019 ގައި ބޭއްވި އެތުލެޓިކްސް ޔޫތު ޗެމްޕިއަންޝިޕްގަ އެވެ. އެ މުބާރާތުގައި އޭނާ ރޭސް ނިންމީ 59.18 ސިކުންތުންނެވެ.
ދެވަނަ ފަހަރު އޭނާ ގުރާލީ ޔޫތު އޮލިމްޕިކްސް ކޮލިފައިންގައި 2018 ގައި 59.73 ސިކުންތުން ރޭސް ނިންމައި އެންމެ ފުރަތަމަ އޭނާ ރެކޯޑް މގުރާލީ 2018 ގައި ބޭއްވި، އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގަ އެވެ. އޭގެ އޭރު އޭނާ ރޭސް ނިންމީ 59.76 ސިކުތުންނެވެ. އޭނާގެ ކުރިން އެ ރެކޯޑް އޮންނަނީ މިރްފަތު އަހްމަދު، އަތުގަ އެވެ. އިންޑީގެ ނިއު ދެއްލީގައި 2010 ގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި މިރުފަތު ރޭސް ނިންމީ 59.76 ސިކުންތުންނެވެ.
މިއަދު ފިރިހެންުނގެ 100 މިޓަރުގައި ވާދަކޮށް ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު ދުވުންތެރިޔާ ހަސަން ސާއިދަށް ކުރިމަތިވީ ނާކާމިޔާބެވެ. އޭނާ ވާދަކުރި ހީޓްގައި ސާއިދު ދިޔައީ ފަސް ވަނަ އަށެވެ. އޭނާ ރޭސް ނިންމީ 10.75 ސިކުންތުންނެވެ. ޕާކިސްތާންގެ ދުވުންތެރިޔާ ޝޖަރް އައްބާސް ވެސް އެ ޙީޓްގައި ވާދަ ކުރި އެވެ. އޭނާ ދިޔައީ ހަތަރު ވަނަ އަށެވެ. އޭނާ ވަނީ 10.38 ން ރޭސް ނިންމައިފަ އެވެ.
ހީޓްގެ އެއްވަނަ ހޯދީ 10.28 ން ރޭސް ނިންމި ޖަމައިކާގެ ކޮންރޭ ޖޯންސް އެވެ. ހުރިހާ ހީޓަކުން އެއްވަނަ ހޯދީ ސްރީ ލަންކާގެ އެތުލީޓް ޔުޕުން އަބޭ ކޫން އެވެ. އޭނާ ރޭސް ނިންމީ 10.6 ސިކުންތުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟާނު
03 August 2022
ޢެތަނަށްދަނީ ގައުމީރިކޯޑް ހަދަންތޯ ގައުމީރިކޯޑް ރައްޖޭގްވެސްހެދޭނެ ނޫންތޯ
ށަވިޔަނި
02 August 2022
މަރުހަބާ.
އެކުއާމޭން
02 August 2022
ވަރަށް ދެރަ ރައްޔިތުންގެ ލާރިން ހަރަދުކޮއްގެން ގައުމު ތަމްސީލުކުރަންދާ ބަޔަކު އަދި އެވެސް ނޫސްވެރިން ގޮވައިގެން ގޮސް ގޭމެސްގެ ހަބަރުތަށް ތަފްސީލުކޮއް ނުގެނެސްދޭތީ. ސާއިދުވެސް މިއަދު ދުވި. ޓީވީ އިން ފެނުނުއިރު ދިޔައީ ފުލުން. އެވާހަކަ ހަބަރަކު ނެތް! ޓީޓީ އެއް ބެޑް މިޓަނެއް ކިޔާނެ ކަމެއްނެތް! ކުޅުނިއްޔާ ކުޅުނު އިވެންޓަކުން ފުލަށް! މެޑަލް ސްޓެންޑިންގަ ފުލުގަ!
ފަނިބެ
02 August 2022
100ގެ ކޮމެންޓެއް.
ޝައިފް
02 August 2022
ހިމްނާއައްޓަކައި ފަހުރުވެރިވެން! މިޅި އައްޑޫއަސް ހިމްނާއައް ފަހުރުވެއި.
ކަންޒުކަހަނބު
02 August 2022
ރާއްޖޭން ބޮޑެތި ހޭދަކޮށްފަ އެތްލީޓުން މި ފޮނުވަނީ ގައުމީ ރިކޯޑް މުގުރަންބާއޭ ހިތަށްއަރާ!
ދޫވާ
03 August 2022
20 އަހަރު ވަންދެން އެސޯސިއޭސަން ހަޖެކު ކޮންގެން އުޅޭ މީހުންގެ ވިސްނުމުގަ ނެތް އެތްލީޓުން ކުރި އެރުވުމެގެ ވިސްނުމެއް.
ދުވާ
03 August 2022
އެތުލީޓުން ކުރި ނާރާ ސަބަބަކީ އެޝޯސިއޭޝްނުން ގެންގުޅޭ ދޯދިޔާ ސިޔާސަތުގެ ސަބަބުން. ކުރިއަރާ އެތުލީޓަކުވެސް ކުރިއަރަނީ ވެސް އެއެތުލީޓަކު އެކަނި ކުރާ ބުރަ މަސައްކަތުން. އެޝޯސިއޭސަނެއް އޮންނަނީ އެތާ 20 އަހަރު ވަންދެން ތިބި ބަޔަކުގެ އަމިއްލަ މަންފާ ހޯދަން، އެތުލީޓުންނަން ފައިދާ ހުރި ކެމެއް ކުރާ ބައެއްނޫން އެތާގަ ތިބީކީ. އެޝޯސިއޭސަންގެ ބަޖެޓް ހަރަދު ބުރަނީ އެތުލީޓުން ކުރިއަރުވާކަން ނޫން. މިހާރު ތިބި މީހުން އެޝޯސިއޭސަނުން ދުރު ކުރަން ޖެހޭ.
ދުވާ
03 August 2022
އެތްލީޓުން އަށް ބޮޑު ހަރަދެއް ނުކުރޭ ބަޖެޓް ބަނޑު އަޅަނީ 20 އަހަރު ވަންދެން އެސޯސިއޭޝަން ހިސޯރު ކޮށްގެން އުޅޭ މީހުން