ޝީއެން.
04 އޯގަސްޓް 2022 - 22:39
މިފަހުން ދިވެހިންގެ މެދުގައި މަގްބޫލުވި އޮންލައިން ވިޔަފާރި، "ޝެއިން" އިން ރާއްޖެއަށް މުދާ ގެންނަން ޝިޕިން ފީއެއް ނަގަން ފަށައިފި އެވެ.
ފެޝަން ބްރޭންޑް "ޝެއިން" އިން ރާއްޖެއަށް މުދާ ގެންނައިރު ކުރިން އޮންނަނީ 200 ޑޮލަރަށް ވުރެ ގިނައިން ގަންނަ ނަމަ، ހިލޭ ޝިޕްކޮށްދޭ ގޮތަށެވެ.
އެކަމަކު މިހާރު ރާއްޖެއަށް ގެންނަ މުދަލުން ޝިޕިން ފީއެއް ނަގާނެ އެވެ.
ޝެޢިންގެ ވެބްސައިޓުން ދައްކާ ގޮތުގައި އެންމެ އައިޓަމެއް ޝިޕްކުރުމަށް ވެސް މިހާރު 30 ޑޮލަރު ނަގާނެ އެވެ. އަދި އިތުރަށް ގެންނަ ކޮންމެ އެއްޗަކުން ފަސް ޑޮލަރުގެ ރޭޓުން ޗާޖުކުރާނެ އެވެ.
ކުރިން 200 ޑޮލަރަށް ވުރެ މައްޗަށް ވިޔަފާރިކުރުމުން ފްރީ ޝިޕިން ލިބުނަސް އެ އަދަދު ހަމަ ނުވާ ނަމަ އައީ އައިޓަމަކަށް 24 ޑޮލަަރުގެ ރޭޓުން ޝިޕިން ފީ ނަގަމުންނެވެ.
ޝިޕިން ފީއެއް ނަގަން ފެށި ސަބަބެއް ނޭނގެ އެވެ. އެކަމަކު ދުނިޔޭގެ ބާޒާރުގައި ވެސް ތަކެތީގެ އަގު އުފުލި، މުދާ އެތެރެކުރުމަށް ވެސް ބޮޑެތި ފީތަކެއް ދަނީ ނަގަމުންނެވެ.
ޗައިނާގެ ޝެެއިން އިން ވިޔަފާރިކުރުން ދިވެހިންގެ މެދުގައި އިތުރުވީ ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގަ އެވެ. އަންނައުނާއި ރީތިވާ ސާމާނުން ފެށިގެން ބަދިގޭގައި ބޭނުންކުރާ އެކި ކަހަލަ ސާމާނުތައް ވެސް ޝެއިން އިން ލިބޭއިރު ގާތްގަނޑަކަށް 10 ވަރަކަށް ދުވަހުގެ ތެރޭގައި، އޯޑަރުކުރާ ސާމާނު ރާއްޖެއަށް ލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮއްޔާ
06 August 2022
ތިޔަ ވާނީ ޝެއިން އާއި ގުޅިގެން ދިވެހި ސަރުކާރުން ކުރި ކަމަކަށް
ޕަކަޅޯވިޔާފާރިވެރިން
06 August 2022
އަހުން އުޅެނީ އެސްޓީއޯއިން ފުއްދާލައިގެން ނުދާނަން ތިޔަ ބައިގަޑު ކައިރިއަށް އެއޗެ ހޯދަން
ނޭމަ
06 August 2022
މިއަގުގައި ހިޔެއް ނުވޭ ވަރަށް އަރޖެންޓްްވެގެންނޫނީ ޝެއިން އިން އެއްޗެހި ގެންނަން އެކަކުވެސް ބޭނުންވާނެހެން. ވީހާ ގިނައެއްކޮށް ޝެއިންއަށް މިކަން އަންގައި އެހެން އެޖެންޓަކު ހޯދަން ބުނަންވީ. މިއީ ރާއްޖޭގެ ވިޔަފާރިވެރިމްނާއި ޑީއެޗްއއލް ގިޅިގެން ކުރާ ކަމަކާ ވައްތަރީ
ސޭވް
05 August 2022
ދެން ކަލޭމެން ބޭކާރު ސާމާނު ނުގަނެ ލިބޭ ފައިސާކޮޅުން ބައެއް ފަހަށް ރައްކާކޮށްބަލަ.
ޖުއްބާ
06 August 2022
ފައިސާއިން ރަގަޅު އިންވެސްޓެއް ނުކޮއް، ބެންކުގަ ނޫނީ ގޮދަޑިދަށުގަ ފަހަށް ރައްކާކުރަންށޭ ކިޔާފަ ފައިސާ ބެހެއްޓުމަކީ އެއްވެސް ފައިދާއެއްނުވާނެ ބޯދާ ވިސްނުމެއް. ތަންކޮޅެއް އިގްތިސޯދީ ވިސްނުމެއް ގެންގުޅުއްވާ.
ސަލީމާ ދީދި ކާފަ
05 August 2022
މީ ރީދޫ ކުދިން އަޑީގާތިބެގެން ކުރިކަމެ
ވޮޗްޑޯގް
05 August 2022
ދިވެހި ވިޔަފާރިވެރިންގެ ނުފޫޒު ހާދަ ގަދައޭ ދޯ.. ހަހަ އެހެންވީމާ ދިވެހި ވިިޔަފާރިވެރިން މިއަދު ޖެފް ބެޒޯސް އަށް ގުޅާފައި ބުނެލަންވީ ނޫން ކަލޭ އެމެރިކާގައި ކުރާ ކަމެއް ކުރާށޭ މި ރާއްޖެ ނައިސް.
ހިތަދޫ ހުސެން
05 August 2022
ކޮންސޮލިޑޭޓް ކޮށް ގެނައިމަ ބޮލަކަށް ސީން އަށް ނުލިބޭނެ 200ޑޮލަރު ވިޔަފާރި، އެހެންވެ ހެން ހީވަނީ. މިހާރު ވިޔަފާރިއުސޫލުން އެކެއްގެ ނުވަތަ ކުންފުނީގެ ނަމުގަ ގެނައިމަ މީހަކަށް 1 ގަމީސް ވެސް ފްރީ ސިޕިންގް ގެނެވޭ އަދި ބޮލަކަށް ލިބޭ އާމްދަނީ ދަށްވާނެ އެމީހުނަށް. މިތަނުން 3މިލިއަން ޑޮލަރު ބޭރުވިއޭ ކިޔާފަ އެމީހުން ކޮންކަމެއް އަގު ބޮޑު ކުރީމަ ގެއްލުން ވާނީ އެމީހުންނަކަށް ނު؟ ވިސްނިބަލަ!
ޝީން?
05 August 2022
އެހެން ވާނީ. އެންމެ ފުރަތަމަ ށީން ޕްރޮނައުންސް ކުރަންވެސް އަހަރުމެނަށް ނޭނގެ،ދެން ކިހިނެތް ފްރީ ކޮށް ޑެލިވާ ކުރާނީ? އިޓްސް ޝީން ނޮޓް ޝިއެން،ލޮލް.
ޝީން
06 August 2022
އަހަންނާ ދިމާވި ޝައިން އޭ އެ ވެބްސައިޓަށް ކިޔާ މީހެއްވެސް. މީގަ ރަނގަޅު ގޮތް ބަލަން ޗައިނާ މީހެއް ކައިރިން އަހަންށެއްނު މިޖެހުނީ.
ހަމް77
05 August 2022
ބަޔަކު ގަސްތުގަ ރާވައިގެން ކުރިކަމެއް.
އިބްރާ1
05 August 2022
ޝެއިން އިން އެއްވސް އިރެއްގައި ރާއްޖެއަށް ޑައިރެކްޓް ކޮށް ޝިޕެއް ނުކުރޭ. ޝިޕންގް އެޖެންޓަކާ ހަވާލު ކުރަނީ. މިހާރު ޝިޕިންގް އެޖެންޓް ފްރައިޓް ބޮޑުކުރީ. ހަދަންވީ ގޮތަކީ ކުޑަހުވަދޫ މީހުން ހެދިހެން އެޖެންޓް އޮފީސްކުރިމަތީ މުޒާހަރާކުރަންވީ. އެންމެނަށް ވެސް އެގޭނެ މިކަންކުރަނީ ލަންކާގެ ކޮން އެޖެންޓެއް ކަން. މި ނޫހުން ވެސް ދިރާސާ ކޮށްލި ނަމަ ރަގަޅު ވީސް.
ހަހަހަހ
05 August 2022
ޑީއެޗްއެލް