ވިޔަފާރި / މަޓާޓޯ

ޓެކްސް ބޮޑުކޮށްފި ނަމަ ޓޫރިޒަމް 10 ޕަސެންޓް ދަށްވާނެ: މަޓާޓޯ

ޓޫރިސްޓު ރިސޯޓެއް. ޓެކްސް ބޮޑުކުރުމާ ގުޅިގެން މަޓާޓޯއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި--ފޮޓޯ:މިހާރު

އަންނަ އަހަރު ޓެކްސް ބޮޑުކޮށްފި ނަމަ ޓޫރިޒަމް ދާއިރާ އަށް 10 ޕަސެންޓްގެ ދަށްވުމެއް އަންނާނެ ކަމަށް މަޓާޓޯއިން ބުނެފި އެވެ.

މަޓާޓޯއިން އާންމުކުރި ބަޔާނުގައިވާ ގޮތުން ޓީޖީއެސްޓީ ބޮޑު ކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން ރާއްޖެ އަށް ޓޫރިސްޓުން ގެންނަ 300 އަށް ވުރެ ގިނަ އޮޕަރޭޓަރުން ހިމެނޭ ގޮތަށް ސާވޭއެއް ހިންގާފައިވާ ކަމަށެވެ. އެ ސާވޭއިން ދައްކާ ގޮތުން ޓެކްސް ބޮޑު ކުރުމާ ގުޅިގެން، ރާއްޖޭގެ ޓޫރިޒަމް ހިދުމަތް ދޭ ތަންތަނުގެ އަގަށް ބަދަލު ގެނެސްފި ނަމަ އޭގެ ނޭދެވޭ އަސަރު ރާއްޖެއަށް ކުރާނެ އެވެ.

ސަރުކާރުން ވަނީ އަންނަ އަހަރު ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑު ކުރަން ނިންމައިފަ އެވެ. އެ ނިންމުމަށް އައިއެމްއެފް އާއި ވޯލްޑް ބޭންކުން ވެސް އޮތީ މަރުހަބާ ކިޔައިފަ އެވެ.

އެކަމަކު މަޓާޓޯއިން ބުނީ 2020 ވަނަ އަހަރު ކޮވިޑަށް ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުމުން، ރާއްޖެ އަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ އަދަދެއްގެ ޓޫރިސްޓުން އައި ނަމަވެސް، ޓެކްސް ބޮޑުކުރުމާ އެކު އަގުތަކަށް ބަދަލު ގެނެސްފި ނަމަ، ރާއްޖެ އަށް އަސަރު ނުކޮށް ނުހުންނާނެ ކަމަށެވެ. ސަބަބަކީ ރާއްޖެ ފަދަ ބީޗް ޑެސްޓިނޭޝަންތައް ކަމަށްވާ ތައިލެންޑް، ބޯރާ ބޯރާ، އިންޑޮނޭޝިޔާ ފަދަ ގައުމުތައް މިހާރު ހުޅުވާލައިފައި އޮތުމެވެ.

މަޓާޓޯ އިން ބުނީ ޓެކްސް ބޮޑު ކުރުމުން އެކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ޓޫރިޒަމް ދާއިރާގެ މެދުފަންތީގެ ވިޔަފާރިތަކަށް ކަމަށެވެ. އެގޮތުން ގެސްޓްހައުސް ވިޔަފާރިތަކަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ބުނެފައިވެ އެވެ. އެހެންވެ، ޓެކްސް ބޮޑު ކުރުމާ ގުޅޭ ގޮތުން ސަރުކާރުން ނިންމާފައިވާ ނިންމުން ބަދަލު ކުރަން ވަނީ އެދިފަ އެވެ.

މަޓާޓޯއިން ވަނީ މިދިޔަ ހަފްތާގައި އައިއެމްއެފްގެ ޓީމަކާ ބައްދަލުކޮށް ޓެކްސް ބޮޑުކުރުމާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ވެސް ހިއްސާކޮށްފަ އެވެ.

މަޓާޓޯއިން ބުނީ ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަން ޓޫރިޒަމް ދާއިރާއަށް ވަރަށް ބޮޑަށް ކުރަން ފަށާފައިވާ ކަމަށެވެ. އެ ޖަމިއްޔާ އިން ބުނީ، މި އަހަރުގެ ސަމާ ސީޒަނުގައި ވެސް 30 ޕަސެންޓާއި 40 ޕަސެންޓުގެ ޑިސްކައުންޓް ރޫމްތަކުން ދިން ކަމަށެވެ. އަދި ޓެކްސް ބޮޑު ކުރުމުން އެފަދަ ބޮޑު ޑިސްކައުންޓެއް ދޭން އުނދަގޫވާނެ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.

މަޓާޓޯއިން ވަނީ ޓީޖީއެސްޓީ ބޮޑު ކުރުމުގެ ބަދަލުގައި ސަރުކާރުގެ ހަރަދުތައް ކުޑަ ކުރަން އެހެން ފިޔަވަޅުތައް އަޅަން ސަރުކާރަށް އެދިފަ އެވެ.

27 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 42%
icon angry icon angry 58%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަޒް

07 August 2022

ޓެކްސް ކިތައްމެ ބޮޑު ކުރިޔަސް މިތަނަށް އަންނަން ތިބި ބަޔަކު މިތަނަށް އަންނާނީ

The name is already taken The name is available. Register?

ކިރު ސައި

06 August 2022

ނުހިންގެންޏާ ރައްޔިތުންގެ ރަށް ރައްޔިތުންނާ ހަވާލުކޮށްފަ ދާތަނަކަށް ދޭ.

The name is already taken The name is available. Register?

ގްރީޑް

06 August 2022

މަޓޯޓާއިން ބޭނުންވަނީ ޓީޖެސްޓީ ކުޑަކޮށް، ފައިން މާފުކޮށް، ކުލިމާފުކޮށް، ގްރީންޓެކްސްއުވާލާ، ބިސްނަސްޕްރޮފިޓްޓެކްސް އުވާލަން ނުވަތަ ކޮޑަކުރުމަށްފަހު، މޫދަށް ކުނިއެޅުމުގެ ހުއްދަ. ސަރވިސްޗާރޖްވެސް ރިސޯޓަށް ނަގަން. ކުޑަމުސާރައިގަ ގެންގުޅެންވީ ބިދޭސީ މުއްޒަފުން.

The name is already taken The name is available. Register?

2023

06 August 2022

"ޓެކްސް ބޮޑު ކުރުމުން އެފަދަ ބޮޑު ޑިސްކައުންޓެއް ދޭން އުނދަގޫވާނެ". ރިވެނިއުއިންނެއް ނޫނޭ މިޓެކްސް ނަގަނީ. ޓީޖީއެސްޓީއަކި ރިސޯޓުންތަކުން ދައްކާ އެއްޗެއްނޫން. އެއީ ޓުއަރިސްޓް އަތުން ނަގާ ޓެކުހެއް. ހަމަޖެހޭ ވަހަކަ ދައްކާ.

The name is already taken The name is available. Register?

ރޯޒަސް

06 August 2022

ތީގެ އަސަރު އެންމެ ބޮޑަށް ކުރާނީ ގެސްޓް ހައުސް ތަކަށާއި ހޯމްސްޓޭއަށް. ހަގީގަތުގައި ތި އިތުރުކުރި ޕަސެންޓު ދައްކާނީ އެމީހުންގެ ޖީބުން. އަގުބޮޑުވިވަރަކަށް ހިޓްވާނީ ޗީޕް ކޮށް އަންނަން ބޭނޫންވާ ޓޫރިސްޓުންނަށް،، ބޮޑެތި ރިސޯޓްތައް ހަމަ ކުރިއަށް ދާނީ.

The name is already taken The name is available. Register?

މަހުޖަނުންގެ ގއ އުނދުޅި

06 August 2022

ޕަކާސް ތިކިޔަނީ ސާރވޭ ރިޕޯޓޭ. ބަލަ އޮޑިޓް ރިޕޯޓް ބެލްސް ޝީޓް ޕްރޮފިޓް އެންޑް ލޮސް އެކައުންޓް ފައިނޭންޝަލް ފޯކާސްޓް ފައިނޭންޝަލް ސްޓޭޓްމަންޓް މެނޭޖްޑް އެކައުންޓްސް މިހުރީ ހައްތަހަވެސް އެބަޔަކު ބޭނުންގޮތަކަށް ޓެކްސަށް މަކަރު ހަދަން ބަދަލު ކުރެވޭނެ އެއްޗެތި. މޮޔަ ވާންވީނު. އައިއެމްއެފް މީހުންނަށް ފައިސާ ދީގެންވެސް ތިކަހަލަ ރިޕޯޓެއް ނެރުނޭ ޓެކްސް ބޮޑު ނުކުރާށޭ ކިޔާގެން. އެންމެ ފަހުން އައިއެމްއެފް ގެ އަސްލު މީހުން މަރުހަބާ ކީ. މަކަރު ރިޕޯޓް ނުނެރޭ.

The name is already taken The name is available. Register?

ނާމްދި ކާނޫ

06 August 2022

މަޓާޓޯ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކޮންޓްރޯލު ކުރާ ކާރޓެލް އެއް!

The name is already taken The name is available. Register?

ކަދީރު.

06 August 2022

ދިހަ ޕަސެންޓް ކީއްކުރަން 50 ޕަސެންޓް ދަށް ވިކަމުގައިވިޔަސް އެއަރޕޯޓް ތަރައްޤީ އަށް ކުރަންޖެހޭ ކަންކަމާއި މިރާއްޖޭގެ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ބޭނުންވާ ފައިސާ އާއި ޤައުމުގެ ތަރައްޤީއަށް ނަގާފައިވާ ދަރަނި އަދާކުރަން ޓެކްސް ބޮޑު ކުރަންޖެހޭ.

The name is already taken The name is available. Register?

ޖޮބޭ

06 August 2022

10% ދަށް ވިޔަސް ޖީބުފުރާލެވުނީމަ ނިމުނީ. ޙައްތާވެސް އަމިއްލަ އެދުން

The name is already taken The name is available. Register?

ޢެޑްމުންޑޯ

06 August 2022

ރިސޯޓް ތަކުގެ މުއައްޒަފުންނަށް މުސާރަ ބޮޑުކުރަން ނިންމީމާވެސް ތިފަތިވަރު ކިޔަމުން ދިޔައީ ، އެކަމަކު ދުވަހެއް ދުވަހަކަށް ޓޫރިސްޓުން އަންނަ އަދަދު އިތުރުވަނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454