އެމްޓީސީސީގެ ބަހުގައި ޖެހި ކާރު އެކްސިޑެންޓުވެފައި.
21 އޯގަސްޓް 2022 - 20:26
މާލޭގެ ކުޅިވަރު އެކުވެނި ޓްރެކާ ދިމާލުން ބޭރު މަގުން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި އެމްޓީސީސީގެ ބަހެއްގައި ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ކުއްޖާ، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ މަސައްކަތް އާއިލާ އިން ފަށައިފި އެވެ.
ޖުލައި މަހުގެ ހަތަރު ވަނަ ދުވަހު އެ އެކްސިޑެންޓު ހިނގީ ސްޕޯޓްސް ކާރެއް ކޮންޓްރޯލުން ނެއްޓި އެނބުރެމުން ގޮސް ބަހުގެ ކުރީކޮޅުގައި ޖެހިގެންނެވެ. އެކްސިޑެންޓުގައި ކާރު ފުނޑުފުނޑުވި އިރު އޭގައި ހަތަރު މީހަކާއި 17 އަހަރުގެ ކުއްޖަކު އިނެވެ.
ހާދިސާ ހިނގިތާ މާގިނަ އިރުތަކެއް ނުވެ، އެމީހުން ނަގައިގެން އައިޖީއެމްއެޗަށް ގެންދިޔަ ނަމަވެސް އޭގެ ތެރެއިން ގއ. މާމެންދޫ މަރިޔަމް އަމާނީ ރަޝީދު، 23، ވަނީ އެ ރޭ މަރުވެފަ އެވެ. އަދި އިތުރު މީހުންނަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބުނެވެ.
އެ އެކްސިޑެންޓަށް މަސް ދުވަސް ފާއިތުވިއިރު ވެސް އެ ހާދިސާގައި އަނިޔާވި 17 އަހަރުގެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް އެ ކުއްޖާގެ ބޭބެއަކު، "މިހާރު" އަށް ބުންޏެވެ.
އެ ކުއްޖާއަށް މިހާރު އޭޑީކޭގައި ފަރުވާދެމުން އަންނައިރު ޑޮކްޓަރުން ލަފާދީފައި ވަނީ ވީ އެންމެ އަވަހަކަށް ރާއްޖެއިން ބޭރަށް ގެންދިއުމަށެވެ. އެހެންވެ، އިންޑިއާގެ ކޮޗިން އަށް ފަރުވާއަށް ދިއުމަށް މިހާރު އާސަންދަ ހަމަޖެހިފައިވީ ނަމަވެސް އާއިލާ އިން އެހީ ހޯދަމުން އަންނަނީ އެ ގައުމުގައި ތިބެން ޖެހޭނީ ކިހާ ދުވަހަކު ކަމެއް ނޭނގޭތީ އެވެ.
"އާސަންދަ ހަމަޖެހިފައި އިނީ ފަރުވާއަށް. އެކަމަކު އެކޮޅުގައި އިތުރު ހަރަދުތައް ވެސް ކުރަންޖެހޭނެތީ އެހީ ހޯދަމުން މިދަނީ،" އޭނާ ބުންޏެެވެ.
ސިކުނޑިއަށް ލިބުނު އަނިޔާއަށް ފަރުވާ ހޯދަމުން އަންނައިރު މިހާތަނަށް ސިކުނޑީގެ ސާޖަރީއެއްގެ އިތުރުން ޓްރަކިއޮސްޓިމީ ޓިއުބް ޗޭންޖް ސާޖަރީއެއް ވެސް ހަދާފައިވެ އެވެ. ރާއްޖެއިން ބޭރަށް ދިއުމަށް ޑޮކްޓަރުން ލަފާދީފައި ވަނީ ބެކްލޯފެން ޕަމްޕް ލެއްވުމަށެވެ.
އަނިޔާވި ކުއްޖާ ރާއްޖެއިން ބޭރަށް ގެންދިއުމަށް މަސައްކަތްކުރަމުން އަންނައިރު މިދިޔަ މަހުގެ 16 ގައި ވަނީ އެ އެކްސިޑެންޓުގައި އަނިޔާވި އަންހެނަކު ވެސް އިތުރު ފަރުވާއަށް ކޮޗިންއަށް ނަގެންގޮސްފަ އެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިހާބޮޑުކަމެއް
23 August 2022
އަދިވެސް މިއޮތް ކުޑަބިމުގައި ޑްރިފްޓް ކުރާތި! ކުޑަކުދީންގެ ފުރާނަޔަށް ނުރައްލާވާއިރުވެސް!
މަސްއޮޑި
22 August 2022
ކަލޯ، މަސްއޮޑި ގޮލައިން ރޭސް ކާރު ގަންނަން ލާރި ހުރޭ، އެކަމު ބޭސްފަރުވާޔަށް އާސަންދަ!
ސަމްސިއްޔާ
22 August 2022
މައްސަލައަކީ މިގޮތަށް ކާރު ދުއްވާ މީހުންނާ ދޭތެރޭ ފިޔަވަޅު ނޭޅޭތީ. ފޭކް ރޯޑްވާދިނަސް ހެއްދޭތީ. ކާރުގެ ފުރޮޅަށް ބަލާލިއަސް އެކަން އިނގޭނެ. ހުރިހާ ބުރައެއް އަނބުރާ ސަރުކާރަށް. އާސަންދައިން އެތައް ޚަރަދެއް. ޑްރައިވަރުގެ ޒިންމާއެއްނެތް؟
ޖުޖު
22 August 2022
ބޭކާރު މަޖުލިސް މެންބަރުންނަށް އެލިބޭ އިނޝުއަރަންސް ކަނޑާލާ، މިކަން ނުވަންޏާ. ގާސިމުވެސް ބޭހަށް ދަނީ ދައުލަތުގެ ހަރަދުގަ
ޤާސިމްދޯ
22 August 2022
ކަލޭމެން އެންމެން ޤައުމަށް ދޭ ފައިސާއަށްވުރެން ގިނައިން ޤާސިމް ޓެކްސް ދައްކާނެ އެހެންވީމަ، އޭނައަށް ސަރުކާރުން ދޭ ހިދުމަތް އަދިވެސް މަދު
ގާސިމުދޯގެ އައްޕަ
22 August 2022
ގާސިމުގެ ރޯ މެޓީރިއަލްސް އަކީ ދިވެހި ފަސްގަނޑު. އެ ވިއްކައިން އެކަން ކުރަނީ. އެހެންކަމުން އޭނަ އަށް ބޮޑު ހަމަހަމަ ކަން ލިބޭކަށް ނުޖެހޭ. ތިއީ ވިރާސީ ރަސްކަންތަކުގެ ބޯދާ ވިސްނުން
ބަކަރިބޯ
22 August 2022
މަޖުލިސް މެންބަރުންނަށް އިނާޔަތް ލިބުމަށް ވުރެ އަހަރެން މާ ކަންބޮޑުވޭ އެހެން މީހުންގެ މުދަލާ ފުރާނަޔަށް ނުރައްކާ ކުރާ ގޭންގުސްޓާރުންނަށް އާސަންދަ ލިބޭތީ!
ށަވިޔަނި
22 August 2022
ތިއެކްސިޑެންޓްގައި އަނިޔާ ލިބުނު އެންމެނަށް އަވަސް ޝިފާއަށް އެދެން.
ސަލީމު އިދުރީސް
22 August 2022
ލިޓިލުސިންގަފޫރު ހެދިގެން ހަޔެއްކަ ކިލޯމީޓަރު ހަމަނުވާ ލިންކުރޯޑަކައް މާލޭމީހުން ފޮނިކަމުން ހައިވޭކިއައިގެން؛ ދުނީއޭގަ އުފައްދާ އެންމެPSމަތީ ކާރުއެތެރެ ކޮއްގެން، ފަސޭހައިން ހައްލުކުރެވެން އޮތްކަމެގަ ހައްލު ނުކޮއް އަމިލަޔައް ފުނޑެނީ މާލޭމީހުން ހުންނަ ފޮނިޑިބޮޑުކަމާ ދެކުތެރި ކަމުންކަމުގަދެކެން!މާލޭމީހުނޭ މިބުނީ ތިކަން ހައްލުކުރުމުގެ ބާރު ފުރިހަމަޔައް ލިބިނުކުރާތި!މިހައިވޭގަ ކުޑަކުދިން އުފުއްލާއިރު އުމުރާގުޅޭ ހާއްސަ ގޮނޑިހުންނައްނުޖެހެނީކީއްވެތޯ؟
ށަވިޔަނި
22 August 2022
ތިބުނި ސިފަތައް ނެތީ ކޮން ބައެއްގެ ކިބައިގައި؟ ކޮންމެ އަވަށެއްގައި ކޮންމެ ރަށެއްގައި ކޮންމެ އަތޮޅެއް އަދި ކޮންމެ ގައުމެއްގަވެސް ތިސިފަހުންނަ މީހުން ތިބޭ. ތިބޭ މީހުންގެ އަދަދު ތަފާތީ. މާލޭގެ އާބާދީ ބޮޑުވީމަ ގިނަވެދާނެ. މަށަށް އަސްލު މާލޭގެ މާގިނަބަޔަކު ނުފެނޭ. އެކަމަކު ފެނުނު މީހުންގެ ކިބައިން ފެނުނީ ވަރަށް ރަނގަޅު ސިފަތައް. އެމީހުންގެ ބަސްމަގުވެސް ރީތި. މިއީ މަށަށް ފެނުނު ގޮތް.
ޖީޕް
22 August 2022
މަސްއޮޑި ޖިޕެއް ވިއްކާލިޔަސް ތިކަންވާނެ.
ކަމަނަ
22 August 2022
ހަމައެކަނި ބޭސްފަރުވާ ތިބުމާ ކެެމުގެޚަރަދެއް ނުދޭ. ދެން ދެކޮޅު ޓިޖެޓް ދޭނެ އެހީތެރިޔަކާ އެކު.
އަހުމަދުު
22 August 2022
ގައުމުގެ އެއްބަޔަކު އުޅޭނީ ކިޔަވައިގެން ނޫނީ ކޮންމެވެސް އިލްމެއް ދަސް ކޮށް ޤާބިލްކަމެއް ހޯދައިގެން މުޖުތަމައު އަދި ގައުމު ކުރިއަރުވާ، ދެންއޮތް ޖީލަށް އަހަރަމެންނަށް ވުރެން ފަސޭހަ ދިރި އުޅުމެއް ދެވޭތޯ. ދެން ތިބޭނީ، ފޭރޭ، މާރާމާރީ ހިންގާ، ޑްރަގް ވިއްކައިގެން އަގުބޮޑު ކާރުތައްގަނެއް، ބުރޯ ބުރޯ ލަވް ބުރޯ މީހުން، ވަރަށް ގިނައިން ފެނިފަ އެބަހުރި ތިކާރު ދުއްވާ މީހުން ކިރިޔާ މީހުންގައިގަ ނުޖެހި ގޮސްފައި ހުރި ތަން އަނިޔާވި މީހާއަށް އަވަސް ޝިފާއަކަށް އެދެނ
މަކަރު
21 August 2022
ހުސްދޮގު ތީގެ އެއްގޮލާ ވެއްޖެ ކޮޗިންގަ، ހަމަތިގޮތައް ރިޕޯޓު ހަދާފަ އޮތީ.. އެކަމަ ޓަރމިނަލްގަ އުޅުނީ ހިގާފަ، ހަމަގަދަ ފަދަ، ނެތް ކޫރުމެއް ވެސް، ތަހުގީގައް ފިލިޔަސް އަހަރެމެންގެ އާސަންދާ ލާރި ނުނަގާތިބޭ