ޚަބަރު / ހޯރަފުށީ ސިއްހީ މަރުކަޒު

ހޯރަފުށީގައި ހުރި ޑޮކްޓަރު "އަބަދު ނިދާފައި"!

ހޯރަފުށީ ޑޮކްޓަރު، ކޮންސަލްޓޭޝަން ރޫމުގައި ނިދާފައި.

ހުންގަދަވެގެން ހއ. ހޯރަފުށީ ހެލްތު ސެންޓަރަށް ގެންދިޔަ ކުއްޖަކަށް ފަރުވާނުދީ ޑޮކްޓަރު ކޮޓަރީގައި "ރެސްޓްކުރަން" އޮތް މައްސަލައެއް ފެންމަތިވެފައިވަނިކޮށް ބަލި މީހުން ބަލަމުން، އެކި ދުވަސްމަތިން އޭނާ ނިދާފައި އޮންނަ ފޮޓޯތަކެއް އާންމުވެއްޖެ އެވެ.

ރޭ މައްސަލަ ބޮޑުވީ ވަރަށް ބޮޑަށް ހުން ގަދަވެގެން ޑޮކްޓަރަށް ދައްކަން ދިޔަ އެއް އަހަރުގެ ކުއްޖަކަށް ފަރުވާދިނުން ލަސްކުރުމުންނެވެ. ނަރުހުންނާއި ކުއްޖާގެ ބައްޕަ ވަނީ އެ ކުއްޖާ ވަރަށް ބޮޑަށް ހުން އައިސްފައި އޮތުމުން ފަރުވާދޭން ތަކުރާރުކޮށް އެދިފަ އެވެ. އެކަމަކު ޑޮކްޓަރު ބުނެފައި ވަނީ އޭނާ "ރެސްޓްކުރަނީ" ކަމަށެވެ.

ޑޮކްޓަރުގެ ކޮޓަރީގެ މޭޒު މަތީގައި ބޯއަޅާލައިގެން ޑޮކްޓަރު ނިދަން އޮތް ފޮޓޯ އެ ކުއްޖާގެ ބައްޕަ ސޯޝަލް މީޑިއާގައި އާންމުކޮށް ނުރުހުން ފާޅުކޮށްފަ އެވެ. އާދޭސްކޮށްފައި ކުއްޖާ ބަލައިދޭން އެދުމުން ވެސް ޑޮކްޓަރު އަޅާނުލާ އޮތުމުން ވަރަށް ބޮޑަށް ހިތްހަމަނުޖެހިގެން ކުއްޖާގެ ބައްޕަ ވާހަކަ ދެއްކި އެވެ.

އެ މައްސަލައާ އެކު ދެން އާންމުވެފައި ވަނީ އެކި ދުވަސް މަތިން ޑޮކްޓަރު ކޮޓަރީގައި މޭޒުގައި ބޯއަޅާލައިގެން ނިދަން އޮންނަ ފޮޓޯތަކެވެ. ބެލެވޭ ގޮތުގައި އެ ފޮޓޯތަކަކީ އެތަނަށް ޑޮކްޓަރަށް ދައްކަން ވަން މީހުން ނަގާފައިވާ ފޮޓޯތަކެވެ.

އޭގެ ތެރެއިން ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި ދުވަސްވީ ބަލި މީހަކު ޑޮކްޓަރުގެ މޭޒު ކައިރީ، އިށީނދެގެން އިން ވަގުތު ވެސް ޑޮކްޓަރު އޮތީ މޭޒުގައި ބޯއަޅައިގެން ލޯމަރާލައިގެންނެވެ.

ހޯރަފުށީ ހެލްތު ސެންޓަރަށް މިދިޔަ ޖުލައި މަހު ޑޮކްޓަރަށް ދެއްކުމަށް ދުވަސްވީ މީހަކު ގޮސް އިންއިރު ވެސް ޑޮކްޓަރު މޭޒުގައި ބޯއަޅާލައިގެން.

ނައިޖީރިއާ އަށް ނިސްބަތްވާ އެ ޑޮކްޓަރާ ގުޅިގެން ރޭ ކަންބޮޑުވުން ފާޅުކުރުމުން ހެލްތު ސެންޓަރު ހިންގުމާ ހަވާލުވެ ހުންނެވި އިބްރާހިމް ރަޝީދު ވިދާޅުވީ، އެ ޑޮކްޓަރާ ގުޅިގެން އެކަހަލަ ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމަށެވެ. އެހެންވެ އޭނާއަށް ކުރިން ނޯޓިސް ދީފައިވަނިކޮށް އަނެއްކާ ރޭ އެ މައްސަލަ ފެންމަތިވުމުން އެކަން ހެލްތު މިނިސްޓްރީއަށް އަންގާފައިވާ ކަމަށް ރަޝީދު ވިދާޅުވެ އެވެ.

އެ ޑޮކްޓަރާ ހަވާލާދީ ރަޝީދު ވިދާޅުވީ ޑޮކްޓަރު އޮތީ ބަލި މީހުން ބެލުމަށް ފަހު ވަރުބަލިވެގެން ކަމަށެވެ.

60 ކޮމެންޓް, 35 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 40%
icon angry icon angry 51%
icon wow icon wow 3%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަސްތާ

24 August 2022

ޑރ އެކަންޏެއް ނޫން، ޑރންގެ ކަންކަން ބަލަން ހަވާލުކޮށްފަ އެއަށްވުރެ މަތީގަ ތިބޭ ބޮޑެތި މުސާރަ ލިބޭ މީހުންވެސް ނިދާފަ ތިބޭތީ ތިޔަ ކަހަލަ ކަންކަން އެހާ ގިނަ ދުވަހު ހައްލެއް ނެތި ހިނގަމުންދަނީ.

The name is already taken The name is available. Register?

ލައިން

24 August 2022

އޭނަ އެނބުރާ ގައުމަށް ފޮނުވާލާ. ތިވާނީ މަސްތުގެ ހާލުގައި ހުންނަނީ ކަމަށް.

The name is already taken The name is available. Register?

ގފދތރެެ

24 August 2022

އޯކޭ، މި ހިންގާލަނީ އިނގޭ

The name is already taken The name is available. Register?

މީ ގޮތެއް ފޮތެއް ނެތް ބަޔެއް

24 August 2022

ރާއްޖެއަށް ކިޔަވައިގެން ކުދިންވެސް އަންނަނީ ނަން ހޯދަން. ހިދުމަތް ކުރާކަށް ނޫން. މުއްސަނދި ވެއްޖިއްޔާ ޑޮކްޓަރު. ހިދުމަތް ދޭއިރު ރުޅިވެރި މޫނެއް. ކޮޓަރިއަށް ވަންނައިރު ނިދާފަ. އިމަޖެންސީގަ ގޭގަ އޮފް ނަގައިގެން. މަށާ ދިމާވި ޒުވާން ޑޮކްޓަރެއް، ވަންއިރު ޗުވިންގަމް ހަފާލާ ހަފާލާ. ވާހަކަ ދެއްކިއިރުވެސް އެ އަނގައިގަ އޮތީ. މީ ރާއްޖެ.

The name is already taken The name is available. Register?

ސަންދުރޯސް

24 August 2022

ތި ޑޮކްޓަރުވާ ހޮސްޕިޓަލެއް ދޭތާ ނިދަން ނަމަވެސް . ރައްޔިތުން ގެ ޙައްޤުގައި ވަކާލާތު ކޮށް ދޭ ނަމޭ ބުނެ މަޖްލިހަށް ހޮވި އެތަނަަށް ވަދެ ނުލާ މުސާރަ ނަގާ މެމްބަރުން ތި ޑޮކްޓަރަށް ވުރެ މަށަަށް މާ ބުބައި.

The name is already taken The name is available. Register?

ައަލިތޯފީ

24 August 2022

ތިޔައީވެސް ނިދަންމިއަރުގެ ވައްތަރެއް.

The name is already taken The name is available. Register?

ރަހުމާއަހުމަދު

23 August 2022

ނިދުމުގެ ގޮތުން ކަންނޭގެ ތިޔަ މީހާ ޑޮކްޓަރުކަން ނެގީ

The name is already taken The name is available. Register?

ޖުމައިލާ

23 August 2022

ރަނގަޅުތާ ނިދިޔަސް ބަރާބަރަށް މުސާރަ ލިބޭ ނުން.އަނެއްކާ ބަސް ދޭހަކުރަން ތިބޭ ކުދިންނަށްވެސް ރެސްޓް ލިބޭނެ ނުން.

The name is already taken The name is available. Register?

އަލީ ރިޔާޒު

23 August 2022

ސަލީމް ކޮންމެވެސް އެއްޗެއް ބުނެބަލަ.

The name is already taken The name is available. Register?

ހޭބަލި

23 August 2022

އަނެއްކާ ހިނދުކޮޅުއަންނަ ޑޮކްޓަރަކީބާ؟

The name is already taken The name is available. Register?

ށަވިޔަނި

23 August 2022

މަގޭ ހިތަށް އަރަނީ ޑޮކްޓަރު އިންޑިއާ މީހަކަށްވިނަމަ ކޮމެންޓްތައް ހުންނާނެގޮތް.

The name is already taken The name is available. Register?

ނޫނު

24 August 2022

އަދި އިތުރުކޮއްލާ... އިންޑިއާ ޑރ އެއްނަމަ ސަރުކާރުންވެސް ތެޅިފޮޅިގަނެފަ އަވަހަށް އެމީހަކު ޑިޕޯޓު ކޮއްލާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454