ހއ. ހޯރަފުށީގައި މަސައްކަތްކުރާ ޑޮކްޓަރަކު ނިދާފައި.
24 އޯގަސްޓް 2022 - 11:11
ހއ. ހޯރަފުށީ ހެލްތު ސެންޓަރަށް ގެންދިޔަ ކުއްޖަކަށް ފަރުވާދޭން އިންކާރުކުރި ޑޮކްޓަރު ސަސްޕެންޑް ކޮށްފައިވާ ކަމަށް އެ ސެންޓަރުން މިއަދު ބުނެފި އެވެ.
ނައިޖީރިޔާގެ އެ ޑޮކްޓަރު ސަސްޕެންޑް ކުރީ އިއްޔެ ރޭ ވަރަށް ބޮޑަށް ހުން ގަދަވެގެން އޭނާ އަށް ދައްކަން ދިޔަ އުމުރުން އެއް އަހަރުގެ ކުއްޖަކަށް ފަރުވާދިނުން ލަސްކުރި މައްސަލަ ކުއްޖާގެ ބައްޕަ ސޯޝަލް މީޑިއާގައި އާންމުކުރި ފަހުންނެވެ. އެއާއެކު، ގިނަ ބަޔަކު ވަނީ އެކި ދުވަސްމަތިން ހެލްތު ސެންޓަރުގެ ކޮޓަރީގައި އެ ޑޮކްޓަރު ނިދާފައި އޮންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.
އެ މައްސަލަ ހޫނުވުމުން، ޑޮކްޓަރު އިއްޔެއިން ފެށިގެން ހުރީ ސަސްޕެންޝަނުގައި ކަމަށް ހެލްތު ސެންޓަރުގެ ވެރިޔާ އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ޑޮކްޓަރުގެ އިތުރުން ވެސް މިސްރުގެ ޑޮކްޓަރަކު އެ ހެލްތު ސެންޓަރުގައި މަސައްކަތް ކުރެ އެވެ. އެކަމަކު މި ވަގުތު އެ ޑޮކްޓަރު ރޯގާ ޖެހިގެން އުޅޭތީ، ހދ. ކުޅުދުއްފުށީގައި މަސައްކަތް ކުރަމުން އަންނަ ޕާކިސްތާނުގެ ޑޮކްޓަރަކު ހޯރަފުށި ސެންޓަރަށް ގެންގޮސް ބަލި މީހުން ބަލަން ފަށާފައިވާ ކަމަށް ރަޝީދު ވިިދާޅުވި އެވެ.
ބަލި މީހުން ނުބަލައި ޑޮކްޓަރު ނިދާ މައްސަލައާ ގުޅިގެން އޭނާ ސަސްޕެންޑްކުރިއިރު، އެކި ދުވަސް މަތިން ޑޮކްޓަރު ކޮޓަރީގައި މޭޒުގައި ބޯ އަޅާލައިގެން ނިދަން އޮންނަ ފޮޓޯތަކުން ފެންނަ ގޮތުގައި ބަލި މީހުން ކައިރީގައި ތިބޭ ވަގުތު ވެސް އޭނާ އޮންނަނީ މޭޒުގައި ބޯއަޅައިގެން ލޯމަރައިގެންނެވެ.
ޑޮކްޓަރުގެ މައްސަލަ އިއްޔެ ފެންމަތިވުމުގެ ކުރިން ވެސް ގިނަ ޝަކުވާތަކެއް އެ ޑޮކްޓަރާ ގުޅިގެން ލިބި، އޭނާ އަށް ނޯޓިސް ވެސް ދިން ކަމަށް ރަޝީދު ވިދާޅުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާބެ
26 August 2022
ޢޭނަ ބަދަލްކުރަންވީ
ޢަރުތަ
24 August 2022
"ޑޮކްޓަރ ނިދާ" އަހުން ހީކުރީ އިންޑިއާ ޑޮކްޓަރެއްކަމަށް...........ސަކަރާތެއްނު.
އެފްބިސީ
24 August 2022
ތިކަންހިނގާތާ އެތަކެއްދުވަހެއްވެއްޖެ. ހޮސްޕިޓަލުގެ މެނޭޖްމަންޓަކަށް ފިޔަވަޅެއްނުއެޅުނު. މެނޭޖްމަންޓުވެސް ސަސްޕެންޑުކޮށް ވަޒީފާއިން ވަކިކުރަންވީ. ހިންގޭފެންވަރުގެ ދަރިންއެބަތިބި.
ލޯލީ
24 August 2022
ދިވެހިންނަށް ވަނީ އާދައިގެ ހުމެއް އަޔަސް އެބޮޑު ކަމަކަށް ހަދައިގެން ގޮސް ހޮސްޕިޓަލަށް ފުރަތަމަވެސް ދައްކަން. ގޭގައި ދެވޭ ފަރުވާ ޓުރައި ކޮއްލައި ގެންވެސް ނުވޭ. ކެމިކަލް ބޭހެއް ކައިނުލާ ހިތްހަމަ ނުޖެހޭ ދިވެހިން މިޙާރު ވަރަށް ގިނަ. އެއީ ފެކްޓް. ތަނެއްގައި ކޫރުމެއް އެޅުނަސް ގޮސް ހޮސްޕިޓަލުގައި. ދިވެހިން މި ދެން ތަހްޒީބު ނުވާ ބަޔެކޭ. މިހާރު ތަރައްގީ ގައުމުތަކުގައި އޮންނަނީ ފުރަތަމަ ހޯމް ރެމެޑި. ކެމިކަލް ބޭހާ އެމީހުން ވީހާވެސް ދުރުން އުޅެވޭތޯ އެބަލަނީ
މިލާން
24 August 2022
ތެދެއްތީ.. ކެމިކަލް ބޭސްތަކާ ޔޫރަޕް މީހުން ވަރަށް ދުރުވާނެ
ޢަރުތަ
24 August 2022
ދިވެހިން މިހާރު ތިބީ ތަރައްގީވެ ތަހުޒީބުވެ ލޯހުޅުވިފަޔޯލަ ބުރިޖެއް އެޅިފަހުން، އެކަމަކު ބޮލުރޮދި ކެނޑިފަ ތިމޭހުން ކުރާ ޒާތުގެ ކަންކަން ކުރާ މީހުން މަދެއްނުވޭ. އަނެއްކާ އަނެއް ބުރިޖު އަޅަން ބަޔަކު ހޭބޯނާރާ.......
ސެލްފިޝް ދިވެހިން
24 August 2022
އަދިވެސް 2000 ނުވަތަ 1000 އާ މީހުން ދިރިއުޅޭ ރަށްރަށަށް 1 ޑޮކްޓަރު ލާފައި އެމީހާ ކޮންމެ ދުވަހަކު ޑިއުޓީ ކޮއްފައި މާބޮޑު އަރާމެއް ނެތި ތެޅި ބާލަން ބަހައްޓާ. ދެން ގެއަށް ގޮސްވެސް 24 ގަޑިއިރު އޮން ކޯލްގައި ރަށު މީހުން ގައިގައި މަދިރިއެއް ހެފިއަސް ގުޅާލަ ގުޅާލާ. މަ މީ ތިޔަ ޑޮކްޓަރު ނަމަ މިހާރު އޮންނާނީ ހޭނެތިފައި. އަނެއްކާ ރަށްރަށަށް ދާ ޑޮކްޓަރުން އެރަށަކަށް އެޖަސްޓު ވެލަންވެސް ވަގުތު ނުދެޔޭ. ބަލަ އެމީހުން އެއަންނަނީ އެމީހުން ގައުމާ އާއިލާ ދޫކޮއްފައޭ
ޔައު
24 August 2022
ކަލޯ ބުންޏަސް ފިސާރި ތެދެއްތީ! މަ ހަމަ %100 ތާއީދު.
ފަސް ކުޅަނދު
24 August 2022
ރާއްޖެތެރޭގެ 2000 މީހުންގެ އާބާދީ އޮންނަ ރަށްރަށުގައި 2 ޑޮކްޓަރުން ބައިތިއްބަން ވީމަ ބަޖެޓުގައި ރުފިޔާ ހުންނަ ކަމަކަށް ނުވޭ، ސިޔާސީ މަގާމުތަކަށް އެތައް ހާހަކުން މުސާރަ ދޭންވީމަ ބަޖެޓު އުތުރި އަރަނީ. ކީއްތޯ ކުރާނީ؟ ގިނަ ދިވެހިން ކުޅަނދު މަދުވީމަ ހަމަ އަނެއްކާވެސް މިވެރިންނަށް މާދަމާވެސް ދިވެހިން ވޯޓު ދޭނެ. ސިކުޑިން ވިސްނައިގެން ލޯ ހުޅުވައިގެން ބެލީމާ ސޯލިހުމެން ހިންގާ ޖަރީމާ އެހެރީ ފެންނަން ލޯ ކުރިމަތީ. ވިސްނަބަލަ ދިވެހިންނޭ!!!
ނިދާ
24 August 2022
ނިދިފަތަ؟ ނޫނީ ޑޮންޑޮން ހިއްޕަވައިގެން ނިދިކުރައްވާފަތަ؟
އައްޔަ ބޮޑޭ
24 August 2022
ކަމަކައްފިޔަވަޅެއް އެޅެނީ ސޯސަލްމީޑިޔާގަ އާއްމުވެ ފޮޓޯތައް ދައުރުވެ ރައްޔިތުން ރަތައްއަރާ ކޮންޓުރޯލުން ނައްޓާހިސާބުން ކުޑަފިޔަވަޅެއްވެސް މިއެޅެނީ,އޭނާގެ ސަކުވާ އެތައްފަހަރަކު ކުރީމަވެސް އެތާބަހައްޓާފަ ހުންނަނީ އެެއީ ސަރުކާރައް ވާރުތަ އަރާފަ ހުރިމީހެއްތަ,
ކޮބާ ހަމަ ދިވެހިންގެ ވެސް ފެންވަރު އެއީ
24 August 2022
ދިވެހި ޑޮކްޓަރުން އެބަހުރި ކުދިންނަށް ނުބައިބޭސްތަކެއް ކާންދީފަ. ދުޅަވެގެން އެހެން ޑޮކްޓަރެއް ކައިރިއަށް ދިޔައިމަ ބުނީ އެއީ އެ އުމުރާ ނުގުޅޭ ބޭސްތަކެއްކަމައް.ކިރިޔާ އެކުއްޖާ މަރު ނުވެ އެއޮތީ.މިކަހަލަ ކަންކަމެއް ހައްލެއް ބޭނުންވޭ.މެޑިކަލް ޑިގްރީއެއް އޮތީމަ އެމީހުނަކީ ގަވާއިދެއްވެސް ހިނގާ ބައެއްނޫން.މައްސަލަ ޖެއްސީމަ ބުނީ އޮޅުމަކުންނޭ. އޮޅިގެން ދެން މީހުންވެސް މަރުވާނީ.ނުހުރޭ ކުލުނެއް އަޅާލުމެއްވެސް.މަތީތައުލީމު ހާސިލު ކުރާވަރާކައް އާހިލްގެ ދަށަށް
ޛޮލޫ
24 August 2022
އެއީވެސް އިންސާނުން. ނަފްސާނީ ކަމެއް ދިމާވުމަކީ ވެސް ވެދާނެ ކަމެއް. ކޮންމެ ކަމެއް ފިތުނަ ކުރުން އެއީ އެންމެ ރަނގަޅުގޮތް ކަމުގައި ނުވެދާނެ.