އެމްޓީސީސީގެ އާރްޓީއެލް މިނީ ބަސް: އަންނަ ހޯމަ ދުވަހު މާލޭގައި ދަތުރުތައް ފަށަން ތައްޔާރުވަނީ
02 ސެޕްޓެމްބަރ 2022 - 18:17
މިނީ ބަހުގެ ހިދުމަތުގެ ޓެސްޓް ދަތުރުތައް އަންނަ ހޯމަ ދުވަހު މާލޭގައި ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
އެ ކުންފުނިން ބުނީ ޓެސްޓް ދަތުރުތައް ދެ ހަފްތާ އަށް ކުރިއަށްދާނެ ކަމަށާއި އެ މުއްދަތުގެ ތެރޭ ކަސްޓަމަރުންނަށް ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ. މާލެތެރޭގެ ދަތުރުތަކުގެ އަގަކީ ހަތް ރުފިޔާ އެވެ.
މިނީ ބަހުގައި ތިން އަހަރުން ދަށުގެ ކުދިންނަށާއި 65 އަހަރުން މަތީގެ މީހުން އައިޑީކާޑު ދެއްކުމުން ބަހުގައި އަބަދު ވެސް ހިލޭ ދަތުރުކުރެވޭނެ އެވެ. އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ކާޑު އޮންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެ ކާޑު ދެއްކުމުން ބަހުގައި ވެސް ހިލޭ ދަތުރުކުރެވޭނެ އެވެ. އޭގެ އިތުރުން، ސްކޫލް ދަރިވަރުން ޔުނީފޯމުގައި ކުރާ ދަތުރުތަކަކަަށް ވެސް އަގެއް ނުނަގާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.
ރާއްޖޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް އެމްޓީސީސީން ވަނީ 41 ބަސް ރާއްޖެ ގެނެސްފަ އެވެ. އޭގެ ތެރެއިން މާލޭގައި ބޭނުންް ކުރާނީ 18 ބަސް ކަމަށް އެ ކުންފުނިން ބުންޏެވެ.
އަމީނީ މަގު މާފަންނު ޕޮލިސް ސްޓޭޝަން ކުރިމަތީ އަޅާ ޕާކިން ޒޯން
މާލޭގެ ބަސްދަތުރުތައް ނުފެށި ލަސްވެގެން ދިޔައީ ބަސް ދަތުރުކުރަން ހަމަޖެހިފައިވާ ރޫޓުތަކުގައި ދިމާވެފައިވާ ޕާކިންގެ މައްސަލަތައް ހައްލުކުރުމުގެ ގޮތުންނެވެ. އެގޮތުން، މިހާރު ވަނީ މަޖީދީ މަގުގައި ޕާކުކުރުން މަނާކޮށްފަ އެވެ. އަދި އަމީނީމަގާއި އޯކިޑުގެ ޕާކިން މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
ބަހުގެ ހިދުމަތް މާލޭގައި ކުރިއަށް ގެންދަނީ ތިން ރޫޓަކަށް ބަހާލައިންނެވެ. އެގޮތުން، ސޯސަން ރޫޓުގައި އަށް ސަރަހައްދަކަށް ބަސް ހުއްޓާނެ ކަމަށް އެމްޓީސީސީން ބުންޏެވެ. ދެން ހިމެނޭ އަމީނީ ރޫޓް އަދި އޯކިޑު ރޫޓުގައި 18 ސަރަހައްދަކަށް ބަސް ހުއްޓަން ވަނީ ހަމަޖެހިފަ އެވެ.
މާލޭގެ އެކި ހިސާބުތަކަށް ކޮންމެ 10 މިނެޓަކުން ބަސް ދަަތުރުކުރާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
އާރްޓީއެލް މިނީ ބަސްތަކަކީ 16 މީހުންގެ ޖާގައިގެ ބަސްތަކެކެވެ. އަދި އޭގައި ކޮޅަށް 10 މީހުންނަށް ހުރެވޭ ހެން ހޭންޑްލްތަކެއް ވެސް ހުރެ އެވެ. އޭގެ އިތުރުން، އާރްޓީއެލް ބައެއް ބަސްތަކަކީ ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށް ވެސް ފަސޭހައިން ބޭނުން ކުރެވޭނެ ބަސްތަކެއް ކަމަށް އެމްޓީސީސީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެބެންގެދަރި
03 September 2022
ސަލާންޖަހަން އަރާ ފޭކު މީހުންގެ ކިބައިން ސަލާމަތްވާނެބާ؟
ޝަރީގާސިމް
03 September 2022
7 ރުފިޔާ ބޮޑު، 5 ރުފިޔާ ރަގަޅު.
ކުޗީ
03 September 2022
ހާސްކަނޑާލާ. ކުރިއަށްއޮތީ 2023. ހެޔޮފުޅުކަމުން 5ރ. ތިރިވާނެ.
ޖޯޖް
03 September 2022
ބޮޑުވެގެން ނާރަންޏާމު އަމިއްލަ އުޅަނދަކުން ދޭ ނެތިއްޔާމު ހިނގާފަ ދާތަނަކައް ދޭ
ބަރާބަރު
03 September 2022
މިއީ ވަރަށް ބަރާބަރު ކަމެއް. ހަމަ މިއާއެކު ބިލްޑިންގ ކޯޑުގައިވާ ގޮތަށް ޕާކިންގއަށް ޖާގަ ނެތްނަމަ އެ އިމާރާތެއްގައި ފިހާރައާއި ގުދަން ހަދައިގެން ހިންގުމަށް ހުއްދަ ނުދީ ސިޓީ ކައުންސިލުން ހިފަހައްޓަންޖެހޭ. ޚާއްޞަކޮށް އަލަށް ހަދަމުންދާ އިމާރާތްތަކަށް މިގަވާއިދު ހިންގަންޖެހޭ. ގަވާއިދެއް އޮތަކަށް އެގަވާއިދެއް އަމިއްލައަކަށް ތަންފީޒެއް ނުވާނެ. ތަންފީޒުވާނީ ސިޓީކައުންސިލުން ގަވާއިދަށް އަމަލުކޮށްގެން.
ޙޙ2022
03 September 2022
ޢަމީމަގު އޯކިޑްމަގު މުހިއްމީ އެހެންނޫނީ ނޯވޭ.ބޮއިހަލަކި
އެމްސް
03 September 2022
ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށް ފަސޭހައިން ބަހަށް އަރާ ފޭބޭނީ ބަސް ސްޓޭންޑްތައް ވަކިގޮތަކަށް ހުރެގެން! ޑްރައިވަރުންގެ އަޚްލާގީ މިންގަނޑުވެސް މިހާރަށްވުރެ ރަގަނޅު ވެގެން، ޚާއްސަކޮށް ނައްޓާލާ މަޑުކުރުމުގަ!
ޙޙ2022
03 September 2022
ޢޯކިޑް ބަސްރޫޓް ބާއްވައްޗޭ.... އާރްޓީ.... ބޮއިހަލަކި
ސައި
03 September 2022
އެތެރޭގެ ދަތުރަކަށް 7 ރުފިޔާއަކީ ބޮޑުއަގެއް
އެމްސް
03 September 2022
ދުނިޔޭގެ ނިސްބަތުންވެސް ވަރަށް ބޮޑު އަގެއް! ޢާއްމުކޮށް ދިވެހިން ގޮސް އުޅޭ (މެލޭޝިއާ، ތައިލެންޑް، އޮސްޓރޭލިއާ ފަދަ) އެތައް ޤައުމުތަކެއްގަ އެންމެނަށް ހިލޭވެސް ބަސްދަރުތައް އޮވޭ! ބޭނުމަކީ އެހެން ޓްރެފިކްތައް މަދުކުރުމާއި ރަައިއްޔަތުންނަށް ލުޔެެއް ދިނުން!
ޖޯޖް
03 September 2022
އަގު ބޮޑުވެގެން ނާރަންޏާމު ދަތުރު ނުކޮއް ހިނގާފަ ދޭ
އޯޕީ k
03 September 2022
އެމްސް ކަލޯ އޮވޭ ގޭގަ ދެފައި ދަމާފަ. ޙުރިހާ އެއްޗެއް ހިލޭ ދޭތީ މީހުން ހަލާކު ވަނީމި. އަތުން ފައިން ކަމެއް ކުރަން ނުކެރޭ ދިވެހިންނަށް. ތަބަކަށް ލާފަ ދޭން ވިއްޔަ ޖެހެނީ
ހަމަ ސަޅި
03 September 2022
ޢަޅުގަޑުގަބޫލުކުރާގޮތުގައި މިކަހަލަ ކުޑަބިމަކަށް މިއީ މާކުރީންވެސް މާލެ ބޮއްސުންނުލަނީސް ކުރަންޖެހުނު ކަމެއް. މިހާލަހުންވެސް ކުރާކަން ރަގަޅު. އެކަމަކު ރަގަޅަށް ފެށުމުގެކުރީގައި ކާރުތަކާއީ 4×4 ބޮޑެތިކާރާއި ޖީޕްތައް މަދުކުރުމުގެ ރަގަޅު ހަރުދަނާ ޕޮލިސީއާއި ޕްލޭންތައް ހަދަންޖެހޭ. ހަގީގަތުގައި ދުއްވާތަކެތި މަދުކުރެވޭނީ މީހުން މަދުކުރެވިގެން. މީހުން މަދުކުރެވޭނީ ކުދިމަގުތަކުގައި ހުރި ބްލޮކުތައް ހުރިގޮތައްނަގާ ރައްވެހީން އެހެންރަށަކަށް ބަދަލުކޮށްގެން.
ހައްލުވާނެ
03 September 2022
ހައްލުވާނީ ބިލްޑިންގ ކޯޑަށް އަމަލުކޮށްގެން. ބިލްޑިންގ ކޯޑާ އެއްގޮތަށް ނެތިއްޔާ ފިހާރައާއި ގުދަން ހަދަން ހުއްދަ ނުދީ ހިފެހެއްޓިގެން.