މަންޓާއެއާގެ އާ އެއާކްރާފްޓް، ބީޗްކްރާފްޓް 1900ޑީ ހޯރަފުށި އެއާޕޯޓުގައި، މިއީ ފުރަތަމަ ދަތުރު ---ފޮޓޯ: ޑަބަލްޑޮޓް & އަޖޫ ފޮޓޯގްރަފީ
06 ސެޕްޓެމްބަރ 2022 - 11:03
މަނަފަރު ރިސޯޓާ އެކު އެއްބަސްވުމެއްގެ ދަށުން، މަންޓާއެއާ އިން ހއ. ހޯރަފުއްޓަށް ޗާޓަރު ފްލައިޓް ދަތުރުތަކެއް އިއްޔެ ފަށައިފި އެވެ.
އެ އެއްބަސްވުމުގެ ދަށުން މަންޓާއެއާއިން ހޯރަފުއްޓަށް ކޮންމެ ދުވަހަކު ދެ ފްލައިޓް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މަންޓާއެއާ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ދަތުރުތަކުގައި ބޭނުން ކުރާނީ އެ އެއާލައިނުން އެންމެ ފަހުން ތައާރަފްކުރި 18 މީހުންގެ ޖާގައިގެ ބީޗްކްރާފްޓް 1900ޑީ އެއާކްރާފްޓެވެ.
ހޯރަފުއްޓަށް އިއްޔެ ކުރި ފުރަތަމަ ދަތުރުގެ ފަސިންޖަރުންނަށް ހާއްސަކޮށް އެ އެއާޕޯޓުގައި ވަނީ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގޮސްފަ އެވެ. އޭގެތެރޭގައި، ބޮޑު ބެރު ޖެހުމާއި، ކައުންސިލާއި ރީޖަނަލްސް އެއާޕޯޓްސް ގުޅިގެން ކުރިއަށް ދިޔަ ހަފްލާއަކާއި ހާއްސަ މަލާފަތް ފާހަކޮށްލެވެ އެވެ.
އިއްޔެ ބޭވި ފުރަތަމަ ދަތުރުގެ ބައިވެރިންނާ ހަފްލާގެ ބައިވެރިން ---ފޮޓޯ: ޑަބަލްޑޮޓް: އަޖޫ ފޮޓޯގްރަފީ
"އަޅުގަނޑުމެންނަށް ޔަގީން މި ދަތުރުތަކާ އެކު މަނަފާރު ރިސޯޓުގެ އިތުރުން، ހޯރަފުއްޓަށާއި، ކައިރި ރަށްތަކުގައި ދިރިއުޅޭ މީހުންނަށާއި އަދި ވިޔަފާރިތަކަށް ގިނަ މަގުތަކެއް ފަހިވެގެން ދާނެ،" މަންޓާއެއާގެ ސީއީއޯ މުހަންމަދު ހަލީލް ވިދާޅުވި އެވެ.
އެ އެއާލައިންގެ މާކެޓިން މެނޭޖަރު މޫބީން ޖަލީލް ވިދާޅުވީ އެ ރަށަށް ބާއްވާ ޗާޓަރު ފްލައިޓްތަކުގައި ޖާގަ ހުންނަ ވަރަކުން އާންމުންނަށް ވެސް ދަތުރު ކުރެވޭނެ ކަމަށެވެ.
"މަނަފަރު ރިސޯޓުން ވެސް ބޭނުން ވަނީ ޗާޓަރު ފްލައިޓްތަކުގައި އިތުރު ޖާގަ ހުރި ނަމަ އާންމުންނަށް ދޭން. އެ ދަތުރުތަކުގެ ސަބަބުން އާންމުންނަށް ވެސް ފައިދާތަކެއް ކުރަން،" މޫބީން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާރީ
06 September 2022
ތިޔަކުން ރަށްއިތަކަށް ވާނެ ފައިދާ އެއް ނެތް. 18 ޖާގަ ފުލުވާނެ ގެސްޓްން ނަށް އެކަނި ވެސް
ަސދަސދަ
06 September 2022
ދުވާލަކު 18ޖާގައިގެ ދެފްލައިޓް ފުލްކޮށް ދަތުރުކުރަން ރަށު މިހުން ނުވަތަ ކައިރި ރަށްރަށުގެ މީހުން އެހާވަރަށް ލިބޭނެ ؟ ކަމެއް ރަނގަޅަށް ކުރަން އުޅުނަސް ބަލައެއް ނުގަނޭ. ފުލްކޮށް ގެސްޓުންވެސް ނުލިބޭނެ. ވީމާ ދުވާލަކު 5 މީހުންނަށް ދެވުނަށް ސްކޫލް ޗުއްޓީދުވަސްވަރު ނޫނީ މާބޮޑު ދަތިކަމެއް ނޯންނާނެ.
ސާމިހް
06 September 2022
ތި އޭޓީއާރުގަ އަޅަންޖެހޭ ފްލައިޓެއް. މަށަށް އަވާސްނުދޭން ބީޗްގަ އަޅަނީ. އެކަކުވެސް ބީޗަށް ނާރާތި.
ހަނީފް
06 September 2022
އިސްކޮޅަށް ބަލާފައެއްނޫން އަވާރސް ދެނީ. ހަމަހަމަކޮށް ކުރާކަމެއް އެއީ.
ކަސިމާ
06 September 2022
އެއްވެސް އުފަލެއްނެތް އިންތިހާއަށް ޓިކެޓް އަގުބޮޑު
އޮނަރަބްލް އަފީފު ދީދީ
06 September 2022
ޤައުމީ އެއަރލައިންގެ ޗެއަރމަންކަންކުރެއްވި ބޭފުޅުންގެއާއިލީ އެއަރލައިންތައް ކާމިޔާބުކަމާއިއެކު ބާރުމިނުގައި ދަނީ ކުރިއަރަމުން. # ބޮޑު މުސާރަ ދީފައިތިބި ޤައުމީ އެއަރލައިންގެ ސީނިއަރ މެނޭޖްމަންޓަށާއި ބޯޑް މެންބަރުންނަށް މިއީ ކަންބޮޑުވާވަރުގެ ކަމަކަށް ނުވެދާނެ. އެހެން ނަމަވެސް އަހަރުމެން ކަންބޮޑުވަނީ "ބަޤުރޫޓްވުމުގެ ދިގު މާޒީއެއްއޮތް" ޤައުމީ އެއަރލައިން އަނެއްކާވެސް ބިމުގައި ބަނޑު ޖަހައިގެން އޮންނާން ޖެހިދާނެތީ. ސަރުކާރުން މިކަމަށް ނުވިސްނަނީތޯ؟
ރަދީފްއޮފިޝަލް
06 September 2022
ދާއިރާގެ މެމްބަރު ކެމްޕެއިން މެޓީރިއަލްގަ ޖަހާލަން ސަޅި އެއްޗެއް ލިބިއްޖެ.ހެހެހެހެހެހެ