ޚަބަރު / އިމްރާން އަބްދުﷲ، ހޯމް މިނިސްޓަރު

ޖަލުތަކުގައި އަނިޔާކުރުމުގެ ސަގާފަތް މާޒީވެއްޖެ: އިމްރާން

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 51 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އިސްލާމީ މަރުކަޒުގައި ރޭ ބޭއްވި ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

07 ސެޕްޓެމްބަރ 2022 - 11:09

2 comments

ޖަލުތަކުގައި ގައިދީންނަށް އަނިޔާކުރުމުގެ ސަގާފަތެއް އޮތް ނަމަވެސް މިހާރު އެކަން މާޒީވެއްޖެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 51 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި އިމްރާން ވިދާޅުވީ ޖަލުތަކުގައި ނުރައްކާތެރި ގައިދީން ބެލެހެއްޓުމަކީ ބިރުވެރި، ދަތި އުނދަގޫ އަދި ގޮންޖެހުން ބޮޑުކަމެއް ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރަން ތިބީ ކުޅަދާނެ އޮފިސަރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަލުތައް ރިފޯމްކުރަން ފާއިތުވި 50 އަހަރުގެ ތެރޭގައި މަސައްކަތް ނުކުރާ ވަރަށް މި ސަރުކާރުން މަސައްކަތްކޮށް ބަދަލުތައް ގެނެސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ މާނައަކީ، އިމްރާން ވިދާޅުވި ގޮތުގައި، ޖަލުތަކުގައި ގައިދީންނަށް ނިކަމެތި ގޮތްތަކާ ކުރިމަތިލާން ޖެހިފައިވާ އޮތް އޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ސަރުކާރުން މާޒީގެ ސަފްހާތަކުގެ ތެރެއަށް ދޫކޮށްލުމެވެ.

އޭނާ ވިދާޅުވީ ޖަލުތަކުގައި ގައިދީއަކަށް ގަސްތުގައި އެނގިހުރެ އަނިޔާކުރާ އެއްވެސް އޮފިސަރަކަށް ޖާގައެއް ނޯންނާނެ ކަމަށެވެ. އެކަން ހުރިހާ އޮފިސަރުންނަށް އިނގޭނެކަން މިނިސްޓަރު ވިދާޅުވި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 51 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ޕްރިޒަން ކޮމިޝަނަރު އަހްމަދު މުހައްމަދުފުޅު ބައިވެރިވެ ވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޖަލުތަކުގެ ހާލަތު ބަދަލުކުރަން ސަރުކާރުން ކުރާ އެންމެ މުހިއްމު ކަމަކީ ރިހިބިލިޓޭޓްކުރުން ކަމަށާއި މި ސަރުކާރު ހަވާލުވިއިރު ރާއްޖޭގެ ޖަލުތަކުގެ ރިހިބިލިޓޭޝަން ނިޒާމް އޮތީ ވަރަށް ރަނގަޅުކުރަން ޖެހިފައި ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެންގެ އަމާޒަކީ ކަރެކްޝަންގެ ބެލުމުގެ ދަށުގައި ޖަލުގައި ތިބޭ ހުރިހާ ގައިދީންނަކީ ވެސް ރިހިބިލިޓޭޓް ވާން ޖެހޭނެ މީހުން ކަމުގައި ހެދުން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހަގީގަތުގައި އިމްރާން ޖަލަށް ލިޔަސް, ރައީސް ޔާމީން ޖަލަށް ލެވުނަސް ރިހިބިލިޓޭޓް ޕްރޮގްރާމްގައި ބައިވެރިވާން ޖެހޭނެ. އެއީ އެކަން އޮތްގޮތް،" ރައީސާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އަދި ޖަލު އޮފިސަރުން ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 51 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ރޭ ބޭއްވި ޖަލްސާގައި ކަރެކްޝަންސްގެ އޮފިސަރުން ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"އެ ތަނަށް ދަނީ ކޮންމެވެސް މައްސަލައެއް ހައްލުކުރަން ވެގެން. ކޮންމެވެސް މައްސަލައެއް އޮވެގެން އެ ތަނަށް ދިޔައީމަ އެތަނުގެ ތެރެއިން ކޮންމެ ވެސް ޕްރޮގްރާމެއްގައި ބައިވެރިވެ ކޮންމެ ވެސް ފިލާވަޅެއް, ދަރުސެއް ލިބިގެން އަނބުރާ މުޖުތަމައުއަށް އަންނަން ވާނީ. އެކަން ކަށަވަރުކޮށް ދިނުމަކީ ކަރެކްޝަންގެ ޒިންމާއެއް, މަސްއޫލިއްޔަތެއް. ވާޖިބެއް ކަމަށް އަޅުގަނޑު ދެކެނީ."

މި ސަރުކާރުން މަސައްކަތް ފެށީ ޖަލުތަކުގެ އިންފްރާސްޓްރަކްޗަރަށް އިންގިލާބީ ބަދަލެއް ގެންނަ ފަދަ ތަސައްވަރަކާ އެކު ކަމަށް ވިދާޅުވެ، އިމްރާން ވިދާޅުވީ ކޮވިޑުގެ ދަތިކަމާ އެކު, ގޮންޖެހުންތައް ބޮޑުކަމުން އެކަމުގައި ކުރަންޖެހޭ ވަރާ ގާތަށް މަސައްކަތް ނުކުރެވުނު ކަމަށެވެ. އެކަމަކު، ކޮވިޑުގެ ދަތިތަކާއެކު ވެސް މިދިޔަ ތިން އަހަރާއި ބައިގެ ތެރޭގައި ގާތްގަނޑަކަށް 250 އެއްހާ ޖާގަ ޖަލުތަކުގައި އިތުރުކޮށްފައިވެ އެވެ.

ހުޅުމާލެ ޖަލުގެ މަސައްކަތް މި އަހަރު ފެށުމުން، އެ ކޮމްޕްލެކްސް ވާނީ ރާއްޖޭގެ ޖަލުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ ޕްރޮޖެކްޓަކަށް ކަމަށް އިމްރާން ވިދާޅުވި އެވެ.

2 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

48343

07 September 2022

މިގައުމުގާ އެންމެ މާތްމީހުުންނަކީ ތިމީހުން. ދެން މަގުމަތީގާ ހައްޔަރުނުކުރެވިފާތިބޭ ޕާޓޭއިން. އެއަށްފަހު ގޮޅިޖެހުބޭފުޅުން.

The name is already taken The name is available. Register?

ސަސ

07 September 2022

މިވަރުގެ ޤާބިލް މީހަކު މިރާއްޖޭގެ ރައީސްކަމަށް ކުރިމަތި ނުލާންވެގެން މި އުޅެނީ. އެހެން ވީމަ 2033 އެއްނޫން 2023ގަ އިމްރާނުު ވާނެ ވެރިކަމަށް ކުރިމަތިލާން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454